ހަވަލިގެ ނަމުގައި ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ މަދަނީ ޖަމްޢިއްޔާތަކުގެ ފެއަރއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

މި ފެއަރ އަކީ މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ގުޅިގެން މާރިޗު މަހުގެ 16 އިން 18 އަށް ކުރިޔަށް ގެންދާ ފެއަރ އެކެވެ. މި ފެއަރއަކީ ވިޔަފާރިތަކާއި، މަދަނީ ޖަމްޢިއްޔާތަށް ގުޅުވައިދިނުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދާ ފެއަރ އެކެވެ. މި ފެއަރގައި 100 އަށް ވުރެ ގިނަ ޖަމްޢިއްޔާއިން ވަނީ ބައިވެރިވެފައެވެ.