ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މާލެ އަތޮޅު ކާށިދޫއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި ކާށިދޫގެ ސްކޫލަށާއި ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް އޮޅުންފިލުއްވައި، އެތަންތަނުގެ މިހާރުގެ ހާލަތު ބައްލަވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކާށިދޫއަށް ކުރެއްވި މި ޒިޔާރަތުގައި ކާށިދޫ ކައުންސިލް މެންބަރުންނާ ވެސް ވަނީ ބައްދަލުކުރައްވައިފައެވެ. މީގެ އިތުރުން އެމަނިކުފާނު ކާށިދޫގެ ކުނިކޮށްޓާއި، އެރަށުގެ ދަނޑުހައްދާ ސަރަހައްދަށް ޒިޔާރަތްކުރަށްވައި އެތަންތަންވެސް ބައްލަވައިލެއްވެވިއެވެ.