ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޤަޠަރުގެ ވަލީ ޢަހުދު ޝައިޚު ތަމީމް ބިން ޙަމަދު އައްޘާނީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ޤަޠަރާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި، މިގުޅުން އިތުރަށް ތަރައްޤީ ކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީއާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދާއި، ރައްޔިތުންގެ މަޖިލީހުގެ ފާދިއްޕޮޅު މެންބަރު އަލްފާޟިލް އިބްރާހީމް މުޙަންމަދު ޞާލިޙާއި، ކޮޅުމަޑުލު މެންބަރު އަލްފާޟިލް ޙަސަން ޢަފީފާއި، ހައްދުންމަތީ މެންބަރު އަލްފާޟިލް މޫސާ މަނިކު ބައިވެރިވެވަޑައިގެންނެވިއެވެ.