ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިޓަލީވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ރޯމާއި މިލާންގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން، ތަފާތު ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށް، ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މަޢްލޫމާތާއި، ރާއްޖޭގެ އެކި ދާއިރާތަކުގައި އިންވެސްޓް ކުރުމަށް ބޭނުންވާ އިންވެސްޓަރުންނަށް އިންވެސްޓް ކުރުމަށް ހުޅުވާލެވިފައިވާ ފުރްޞަތުތަކުގެ މަޢްލޫމާތު، އިޓަލީވިލާތުގެ ޓުއަރ އޮޕަރޭޓަރުންނަށާއި އިންވެސްޓަރުންނަށް ދެއްވިއެވެ. އަދި މިދަތުރުފުޅުގައި ރާއްޖެއާއި އިޓަލީވިލާތާ ދެމެދު ބައެއް އެއްބަސްވުންތަކުގައިވެސް ސޮއި ކުރެއްވިއެވެ.