ފުރަމާނަ ދަތުރުފުޅެއްގައި މިހާރު ސްރީލަންކާއަށް ވަޑައިގެން އުޅުއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞާލިޙްގެ ޝަރަފުގައި ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނަ މިއަދު ބޭއްވެވި މެންދުރުގެ ފަރިއްކޮޅެއްގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންފިއެވެ.
ސްރީލަންކާގެ ރައީސްގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އެޤައުމަށް ކުރައްވާ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުދުވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ދިވެހި ވަފުދަށް ސްރީލަންކާ ސަރުކާރުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މިދަތުރުފުޅުގައި ދެޤައުމުގެ ވެރިން ބޭއްވެވި މަޝްވަރާތަކުގެ ސަބަބުން ދެޤައުމުން ޝައުޤުވެރިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިވެގެންދާނެއެވެ.