ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަލުން އަބުނރާ މުޖުތަމަޢަށް ގެނައުމުގެ ބޭނުމުގައި ހިންގާ ހާފްވޭ ހައުސްއަށް ޒިޔާރަތް ކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިޔަށްދާގޮތް މިއަދު ބައްލަވައިލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހާފްވޭ ހައުސްއަށް މިއަދު މި ކުރެއްވި ޒިޔާރަތުގައި އެ މުއައްސަސާގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލައްވައި ތަނުގެ މަޢުލޫމާތު އޮޅުންފިލުއްވައިފައިވެއެވެ. އަދި މުއައްސަސާގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ތަނުގެ އިސްވެރިން މަޢުލޫމާތު އަރުވާފައިވެއެވެ.