ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް މިއަދު ހެނދުނު މި ކުރެއްވި ޒިޔާރަތުގައި އެތަނުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލައްވައި، އެ ޔުނިވަރސިޓީގެ މެނޭޖްމަންޓާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އެ ޔުނިވަރސިޓީގެ އިސްވެރިން ވަނީ ޔުނިވަރސިޓީއާ ބެހޭ ބައެއް މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އަރުވައިފައެވެ.