ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" ގެ މެންބަރުކަމަށް ގަލޮޅު ނޫމަރާވިލާ އަލްއުސްތާޛާ ޝީރީން ނާހިދާ ލަޠީފާއި، މާފަންނު ގަސީމު ފާޠިމަތު ރަޝީދާ 21 ޖަނަވަރީ 2019 ގައި ޢައްޔަންކުރައްވައިފިއެވެ.

މި ދެބޭފުޅުން މި ކޮމިޓީގެ މެންބަރުކަމަށް ޢައްޔަނުކުރައްވާފައިވަނީ އެ ކޮމިޓީގެ މެންބަރުކަމުން އައްޑޫ ސިޓީ މީދޫ، ގްރީންވިލާ ފާޠިމަތު ސާއިރާ،އާއި ގަލޮޅު ދާސްތާން ނުޒްހާ ޢަލީމް އިސްތިޢުފާ ދެއްވާފައިވާތީއެވެ.

"ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" މިހާރު ހަމަޖެހިފައިވާގޮތް ތިރީގައި މި ދަންނަވަނީއެވެ.

1. އަލްފާޟިލް މުޙައްމަދު މުޢިއްޒު އަދުނާން، މ.ގުލްފާމްގެ
2. އަލްއުސްތާޛާ ޝީރީން ނާހިދާ ލަޠީފު، ގ.ނޫމަރާވިލާ
3. އަލްފާޟިލާ ފާޠިމަތު ރަޝީދާ، މ.ގަސީމު
4. އަލްފާޟިލް އަޙްމަދު ޠަލާލް، މއ.އަންޑާޕޫލްއާގެ
5. އަލްއުސްތާޛު ޢަލީ ޝުހައިލް މުޙައްމަދު، މ.ފެންގަސް
(އެޓަރނީ ޖެނެރަލް އޮފީހުގެ ވަކީލެއްގެ ހައިސިއްޔަތުން)