މިންތީގެ ނަޒަރަކުން ވިސްނުމުގެ މުހިންމުކަމާބެހޭ މަޢުލޫމާތު ވަޒީރުންނަށް މިއަދު އަރުވައިފިއެވެ. 

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އިސްނަންގަވައިގެން ކުރިއަށް ގެންދެވި މި ސެޝަނުގައި މިންތީގެ ހަމަހަމަކަމާއި ގުޅުންހުރި މަފްހޫމްތަކާއި، މިކަމަށް އޮންނަ ޤާނޫނީ އޮނިގަނޑާއި، ބައިނަލްއަޤްވާމީ މުއާހަދާތައް އަދި އެއްބަސްވުންތަކާއި، މިންތީގެ ނަޒަރުން ވިސްނުމުގެ މުހިންމުކަމުގެ މައްޗަށާއި، މިންތީގެ ނަޒަރިއްޔާތުން ނުވިސްނުމުން ނިކުންނަ ނަތީޖާއާއި ބެހޭ މަޢުލޫމާތު ވަނީ ހިއްސާ ކުރައްވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ސެޝަންގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.