بســم اللّـه الرّحمـن الرّحيــم

 

السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

އެންމެ ފުރަތަމަވެސް މި ޢީދުގައި، ދުޅަހެޔޮ ހަށިހެޔޮ ޢީދުގެ ގޮތުގައި މިފާހަގަކުރެވުނު ހަވީރުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ފަށްފަށުން އަޅުގަނޑު ޝުކުރު ދަންނަވަން.

 

އަޅުގަނޑަށް މިއަދު މިތަނުން ފެނިގެން މިދިޔައީ، ދުޅަހެޔޮކަމާއި ރަނގަޅު ޞިއްޙަތުގައި އަދި އެކުވެރިކަމާއެކީގައި ކުރިއަށްދާން ތިބި ރައްޔިތުންތަކެއް ތިބިތަން. މިކަމުގައި އެންމެ ޅަފުރާއިން، ޒުވާނުން، ދުވަސްވީ މީހުން ހިމެނޭ. އަޅުގަނޑުމެން މި ޢީދު މި ފާހަގަކުރީ، ހަމައެކަނި އެންމެ ފަހަރަކު މިކަން ކުރާގޮތަކަށް ނޫން. އިރާދަކުރެއްވިއްޔާ، މީގެ އިތުރު އިވެންޓްތައް އަޅުގަނޑުމެން ބާއްވާނަން.

 

މިއަދުގެ މި އިވެންޓް މިހާ ފުރިހަމަކޮށް ހިނގައި މިދިޔައީ އެތައް ބައެއްގެ ވަރަށްގިނަ މަސައްކަތުން. އެކަމަށްޓަކައި މި އިވެންޓް އިންތިޒާމު ކުރެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު އިޚްލާޞްތެރިކަމާ އެކުގައި ފަށްފަށުން ޝުކުރު ދަންނަވަން.

 

ވަރަށް ބޮޑަށް ޝުކުރިއްޔާ، ހުރިހާ ބޭފުޅުންނަށް.

 

އަޅުގަނޑުމެންގެ މި އިވެންޓް މިއަދު އަދި ނިމިގެންދިޔަޔަސް އަދި މިރޭވެސް އެބައޮތް މީގެ އެއްބައި. އެއީ، އެންމެންނަށް ހުޅުވައިލެވިގެން އޮތް ޖާފަތެއް. ކެއުމެއް. އެކަމުގައިވެސް ތިޔަ ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެންދެއްވުމަކީ، އަޅުގަނޑުމެންގެ މި އެކުވެރިކަމާއި އެއްބައިވަންތަކަމާއެކީގައި އަޅުގަނޑުމެން މިކުރާ މަސައްކަތަށް ލިބޭނެ ވަރަށްބޮޑު ހިތްވަރަކަށްވެގެންދާނެ.

 

އެހެންކަމުން، ތިޔަ ހުރިހާ ބޭފުޅުންނަށް އެ ދަޢުވަތު އަރުވަމުން، އަދި އެހިސާބުން އަދި އަޅުގަނޑުމެންނަށް ނިންމައިލެވޭކަށް ނެތް. މާދަންރޭ އެބައޮތް ގަލޮޅު ދަނޑުގައި، އެހާރާއި މިހާރުގެ ބޭފުޅުންގެ ފުޓްބޯޅަ މެޗެއް. އޭގައިވެސް ތިޔަ ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެން ދެއްވުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް.

 

އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.