ޕްރެޒެންޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް:

 

السّــلام عليــكم!

 

ޓީ.ވީ ބައްލަވަން ތިއްބެވި އެންމެހާ ބޭފުޅުންނަށް، އެންމެ ފުރަތަމަވެސް މަރުޙަބާ ދަންނަވަން.

 

އާދެ، ރައީސް ޔާމީންގެ ވަރަށް ޚިދުމަތްތެރި ރިޔާސީ ފަސް އަހަރު ނިމިގެން މިދާއިރު، އަދި އާ ރިޔާސީ ދައުރަކަށް އެމަނިކުފާނު ކުރިމަތިލައްވައިގެން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާއިރު، މިވަގުތަކީ ވަރަށް ޚާއްޞަ ވަގުތުކޮޅެއް.

 

އާދެ، މިވަގުތު ޓީ.ވީ މޯލްޑިވްސްއަށް، އަދި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އެމަނިކުފާނު މި ދެއްވަނީ ވަރަށް ޚާއްޞަ ވަގުތުކޮޅެއް. އާދެ، ބައެއް ސުވާލުތައް އަޅުގަނޑުމެން އެމަނިކުފާނުގެ އަރިހުގައި ދަންނަވައިލުމަށްޓަކައި، އަޅުގަނޑުމެންނަށް މި ވަގުތުކޮޅު ދެއްވީތީ، އެންމެ ފުރަތަމަވެސް ވަރަށް މަރުޙަބާ ދަންނަވަން. އަދި ވަރަށް ޚާއްޞަ ޝުކުރެއް މަނިކުފާނަށް ދަންނަވަން އިނގޭތޯ.

 

ދެން ވަރަށް ޚިދުމަތްތެރި، ވަރަށްގިނަ މަސައްކަތްޕުޅުތަކެއް މަނިކުފާނު ކުރައްވާފައި އަދި މަނިކުފާނުގެ މަސައްކަތްޕުޅުތަކާއި، ސިޔާސަތުތަކާ ބެހޭގޮތުން ވަރަށްގިނަ ވާހަކަފުޅުތައް ދައްކަވާފައި ވަނީ އިނގޭތޯ. މި ކެމްޕެއިންގެ ތެރޭގައި، ޚާއްޞަކޮށް، ވަރަށް ގިނައިން އަޅުގަނޑުމެންނަށް މަނިކުފާނުގެ ވިސްނުންފުޅާއި، ސިޔާސަތާބެހޭ ވާހަކަތައް އިވެމުންދަނީ. އަޅުގަނޑު ހިތަށްއަރަނީ، މި ވަގުތުކޮޅު ދެއްވީމާ، އޭގެތެރެއިން ބައެއް ވާހަކަތަކުގެ އިތުރަށް، އަދި ތަފާތު ބައެއް ސުވާލުތައްވެސް އަޅުގަނޑު ކޮށްލާނަމޭ، މަނިކުފާނު އިޒުނަ ދެއްވައިފިއްޔާ. އެހެންވީމާ، އެގޮތަށް އަޅުގަނޑު ކުރިއަށް ގެންދާނަން އިނގޭތޯ.

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

 

بســم اللّـه الرّحمـن الرّحيــم

 

ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އަޅުގަނޑަށް މިކަހަލަ ވަގުތުކޮޅެއް ދެއްވީމާ.

 

ޕްރެޒެންޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް:

 

މަނިކުފާނުގެ އަމިއްލަފުޅު ތަޢާރުފު، ނުވަތަ އަމިއްލަ ނަފްސަށް މަނިކުފާނަކީ ކޮންކަހަލަ ބޭފުޅެއްކަން ވިދާޅުވާން، އެހެން ބޭފުޅުންނަށް ދަންނަވާލަން ފުރްޞަތެއް ލިބިވަޑައިގެންފިއްޔާ، ކުރުކޮށް ކީކޭތޯ ވިދާޅުވާނީ؟

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

 

ވަރަށް ކުރުކޮށް ދަންނަވަންޏާ އަޅުގަނޑު ހަމަ ދަންނަވާނީ، އަޅުގަނޑު މިއީ ކަމެއް ހަވާލުވެގެން، އެކަމެއް ހަމަ ޑިލިވަރ ކުރަން އައިސްފައި ހުރި މީހެކޭ. އެހެންވީމާ، އަޅުގަނޑަށް މިއަދު ހަވާލުވެފައި މިއޮތީ ހަމަ ރައްޔިތުންނަށް ދަތިވެފައި ހުރި ކަންތައްތަކެއް ފުއްދައިދިނުން. އެހެންވީމާ، އަޅުގަނޑުގެ ޕްރިއޮރިޓީއެއްގެ ގޮތުގައި، އެންމެ އިސްކަމެއްދޭ ގޮތުގައި، އަޅުގަނޑުގެ ވަޒީފާއަށް ސަމާސާކުރުމެއްނެތި އަޅުގަނޑު ހަމަ ވަރަށް ވަރުގަދައަށް މި މަސައްކަތް ކުރަނީ. އަޅުގަނޑާ ހަވާލުވެފައި މިއޮތް ޓާސްކް ހަމަ ރައްޔިތުންނަށް ފުރިހަމަކޮށްދޭން.

 

ޕްރެޒެންޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް:

 

ބައެއްފަހަރަށް ޒުވާނުންގެ ތެރޭގައި، ޚާއްޞަކޮށް އެކަކު އަނެކަކާ ދިމާވީމާ އަހާލާނެ، ކޮފީބޯ މީހެއްތޯ، ސައިބޯ މީހެއްތޯ އިނގޭތޯ. ކޮފީ ޕަރސަންއެއްތޯ، ޓީ ޕަރސަންއެއްތޯ؟ މަނިކުފާނުގެ އަރިހުގައި ކޮފީ ޕަރސަންއެއްތޯ، ޓީ ޕަރސަންއެއްތޯ ދަންނަވާލައިފިއްޔާ، ކޮބައިތޯ ޖަވާބަކީ؟

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

 

ހަމަ ސްޓްރިކްޓްލީ ކޮފީ ޕަރސަންއެއް.

 

ޕްރެޒެންޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް:

 

ވަރަށް ގަޑިއަށް މަނިކުފާނު އޮފީހަށް ވަޑައިގަތުން. އެއީ މިނިސްޓަރު ކަމުގައި ހުންނެވީއްސުރެވެސް އަޅުގަނޑުމެންނަށް އެނގިފައި އޮންނަ ކަމެއް. އަނެއްކާ ގަޑިއަށް އޮފީސް ނިންމަވައިލެއްވުން. އޮފީހުގެ ކަންކަން އެހާ ބަރާބަރަށް، ގަޑިންގަޑިއަށް މެނޭޖް ކުރެއްވުމުގައި ކޮންގޮތަކަށްތޯ ވިސްނުންފުޅު ގެންގުޅުއްވަނީ؟

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

 

އަޅުގަނޑުގެ ވިސްނުމަކީ ހަމަ އެފިޝަންސީ އިނގޭތޯ. އަޅުގަނޑުގެ ކައިރީގައި މަސައްކަތް ކުރެވޭނީވެސް އެފިޝަންޓް މީހުންނަށް. އަޅުގަނޑެއް ގަބޫލެއްނުކުރަން، އޮފީސްތަކުގެ ވެރިންނަށް މަސައްކަތް ނުކުރެވިގެން، ނޫނީ އެމީހުން އަމިއްލަ ކަންތައްތަކަށް އެޓެންޑްކޮށްފައި، އެމީހުންނާހެދި އިތުރުގަޑީގައި އެހެން ހުރިހާ މުވައްޒަފުން ތިބެންޖެހޭނެ ކަމަށް. އެއީ އަޅުގަނޑު ގަބޫލުކުރާ ކޮންސެޕްޓެއް ނޫން. ދެން އަޅުގަނޑު ގަބޫލުކުރަނީ، ސަރުކާރުގައި މަސައްކަތް ކުރާއިރު، ޚާއްޞަކޮށް، ހަމަ ވަޒީފާއަށް ވަރަށް ފަރުވާތެރިކަމާއެކީ މަސައްކަތް ކުރަންވާނޭ.

 

އެހެންވީމާ، އަޅުގަނޑުގެ ހަމަ އެންމެ ޒުވާންއިރުއްސުރެ އާދަޔަކީ އެއީ. ދެން ޓްރޭޑް މިނިސްޓަރު ކަމުގައިވެސް އަޅުގަނޑުމެންގެ އޮފީހަކީ އެންމެ އެފިޝަންޓް އޮފީސް. އަޅުގަނޑުމެން ހަމަ އޭރު އެއްގަޑިބައިގައި ނިމޭއިރު، ހަމަ އެއްގަޑިބައިގައި އޮފީސް ނިންމާނެ. އަނެއްކާ ޚިދުމަތްވެސް ހަމަ ތިން ދުވަހުގެ ތެރޭގައި ޓްރޭޑް މިނިސްޓްރީން ޚިދުމަތް ނުލިބޭ އެއްވެސް ކަމަކަށް ރައްޔިތުންނެއް ނާންނާނެ. ވިޔަފާރިވެރިޔަކުވެސް ނާންނާނެ.

 

އެހެންވީމާ، މިހާރުވެސް އަޅުގަނޑު ގަބޫލުކުރަނީ އެގޮތުގައި. އަދި އަމުދުން ރައީސް އޮފީހުގައި މަސައްކަތް ކުރާއިރު، އަޅުގަނޑު މިތަނަށް އައިއިރު، މިތާ ކަންތައްތައް ހުރިގޮތަށް ބަލާފައި، ދެން އަޅުގަނޑަށް ހަމަ ގަބޫލުކުރެވުނީ މިތަނަށް، މެނޭޖްމަންޓަށް އެންމެ ރަނގަޅު ކަމަކީ ހަމަ އެފިޝަންޓް މެނޭޖްމަންޓެއް ގެނައުމޭ. ދެން އަބަދުވެސް އަޅުގަނޑަކީ ހަމަ މަސައްކަތަށް ވަރަށް ފަރުވާބަހައްޓާ މީހެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިހާރުވެސް ހަމަ ބަލަމުން މިގެންދަނީ، ހަމަ ކޮންމެ ދުވަހަކުވެސް ނުވައެއްގެ ކުރިން އޮފީހަށް އައިސްފައި، ހަމަ ދޭއް ޖަހާއިރު އޮފީސް ނިންމަން އަޅުގަނޑު މަސައްކަތް ކުރަނީ. އެއީ ދެގަޑިބައިގައި އެހެން މުވައްޒަފުންނަށް، އެހެން ވެރިންނަށް އޮފީސް ނިންމެވޭނީ އަޅުގަނޑު ދޭއް ޖަހާއިރު ނިންމައިގެން ކަމަށް ގަބޫލުކުރެވޭތީ.

 

ދެން އަޅުގަނޑުގެ ވެރިންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ގާތަށް މައްސަލަތައް ފޮނުއްވަން ގަޑިތަކެއް ހަމަޖައްސާފައި އޮންނާނެ. ދުވާލަކު ހަތަރު ގަޑީގައި، ހަތަރު ދަންފަޅީގައި މައްސަލަ ބޮނޑި ފޮނުއްވާނީ. އަޅުގަނޑު އޮފީހުން ދާއިރު، އަޅުގަނޑުގެ މޭޒުމައްޗަކު ނުނިންމާ މައްސަލައެއް ނުހުންނާނެ. އެހެންވީމާ، އެގޮތަށް މަސައްކަތް ކުރަން ހަމަ ހުރިހާ އެންމެންވެސް އާދަކުރީމާ އެއީ ހަމަ ވަރަށް ރަނގަޅު ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

 

އެހެންވީމާ. ހަމަ އެ ޕްރެސިޝަންއާއި އެފިޝަންސީއަކީ އަޅުގަނޑުމެންގެ ސަރުކާރުގެ ހަމަ އަޅުގަނޑު ގަބޫލުކުރަނީ ހަމަ އެންމެ ވަރުގަދަ ޕޯލްމާރކް ކަމަށް.

 

ޕްރެޒެންޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް:

 

ރަސްމީ މަސައްކަތްޕުޅު ނިންމަވާފައި ގެޔަށް ވަޑައިގަންނަވާއިރު، ދެން އަޅުގަނޑަށް އެނގޭ، ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅަކީ ސައުވީސް ގަޑިއިރުގެ މަސައްކަތްޕުޅެއް. އަޅުގަނޑަށް ހީވަނީ ގެޔަށް ވަޑައިގަތަކަސް ހަމަ ވަޒީފާގެ ރަސްމީ ޒިންމާގެ އެތައް ކަމެއް ހުންނާނެހެން. ކިހިނެއްތޯ ދެން އޭގެފަހަށް އެ އަންނަ ވަގުތުތައް މެނޭޖް ކުރައްވަނީ؟ އަވަހާރަފުޅު ލެއްޕެވުން، އަޅުކަން ކުރެއްވުން، ޢާއިލާއަށް ވަގުތު ދެއްވުން، ފަރީއްކުޅުއްވުން. ކިހިނެއްތޯ؟ ކަސްރަތު ކުރެއްވުން. ކިހިނެއްތޯ ވަގުތު މެނޭޖް ކުރައްވަނީ؟

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

 

އިކްރާމް! ކީކޭތޯ ތިޔަ އައްސަވަނީ؟ އިންސާނެއް ވެއްޖިއްޔާ ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުވެސް ކުރާނެ. ފާޚާނާއަށްދޭތޯ. ހަމަ ދަމޭ އިނގޭތޯ. ހަމަ ކާގަޑީގައި ކާނެ ދޮގެއްތޯ.

 

ދެން ވާގޮތަކީ ޙަޤީޤަތުގައި، އަޅުގަނޑު މިއީ ވަރަށް ޒިންމާދާރުކަމާއެކީ، އަޅުގަނޑަށް މީހުން ފޮނުވާ މެސެޖަށް ވަރަށް ފަރުވާތެރިކަމާއެކީ ޖަވާބުދެވޭތޯ ބަލާ މީހެއް. ދެން އެމީހުންނަށް އަޅުގަނޑުދޭ ޖަވާބުގައި، ފަހަރުގައި ހިތްހަމަނުޖެހޭ، ނޫނީ އެދޭގޮތަށް ކަންކަންނުވެ ހިނގައިދާނެ. އެހެންނަމަވެސް، އަޅުގަނޑަކީ ހަމަ ފޯނުތަކަށް ޖަވާބުދޭ މީހެއް. މެސެޖަށް ޖަވާބުދޭ މީހެއް. އެހެންވީމާ، އަޅުގަނޑުގެ ރަސްމީ މަސައްކަތް، އަޅުގަނޑު ހިތުން ގެޔަށް ގޮސްފައިވެސް ހަމަ ވަރަށްގިނަ ވަގުތު މި ކުރަނީ. ވަކި ގަޑިއެއްނޯވޭ. ހަމަ ފަތިސްނަމާދަށް ހޭލާއުޅޭއިރުވެސް މެސެޖް އަންނާނެ އިނގޭތޯ. އެހެންވީމާ، އެ ހުރިހާ ކަމެއް ހިނގާނެ ދޮގެއްތޯ.

 

އެހެންވީމާ، އަޅުގަނޑު މި ބަލަނީ، ރައީސުލްޖުމްހޫރިއްޔާ، އޭގެކުރީގައި ސިޓީން، މީހުން ފޮނުވާ މައްސަލަތަކަށް، މިހާރު ސިޓީއަށްވުރެ ފަސޭހަވޭ މެސެޖުން ދޮގެއްތޯ. މެސެޖުން އައިމާ. އެހެންވީމާ، އެއީ ހަމަ ރަސްމީ މަސައްކަތް ކަމަށް ދެކެނީ. އެހެންވީމާ، ނުރަސްމީ ގަޑީގައިވެސް މިކަންކަން އޮންނާނެ. ދެން އެއާއެކީ ހަމަ ކޮންމެވެސްވަރަކަށް ކަސްރަތުވެސް ކުރެވޭތޯ ބަލަން. ޢާއިލާއަށްވެސް ވަގުތު ދެވޭތޯ ބަލަން. އެކަމަކު މިހާރު އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުގެ ޢާއިލާގައި ވަގުތު ބޭނުންވާ މީހަކު ނެތް ޙަޤީޤަތުގައި. އެއީ އަޅުގަނޑަށްވުރެ މުރާލިކޮށް ފަސްޓްލޭޑީ އެބަ އުޅުއްވާ. އަޅުގަނޑުގެ އަންހެނުން އެބައުޅޭ މަސައްކަތުގައި. އެހެންވީމާ، ޙަޤީޤަތުގައި އަޅުގަނޑު ގޭގައި އުޅޭ ގިނަ ވަގުތުތަކުގައި، ނިދާ ގަޑީގައި ގިނަފަހަރު ދިމާވާނީ. ކާގަޑީގައިވެސް މަދުން ދިމާވާނީ އިނގޭތޯ. މިހާރު ހަމަ ވަރަށް މުރާލިކޮށް ފާތު އުޅުއްވާތާ ތިން ހަތަރު އަހަރަށްވުރެ ގިނަވެގެން މިދިޔައީ ދޮގެއްތޯ.

 

ދެން އަޅުގަނޑުމެންގެ ބަލަހައްޓަންޖެހޭ މިހިރީ އެންމެ ކުޑަ ކުއްޖެއް. ބާރަ އަހަރުގެ ކުއްޖެއް. އޭނާ ހަމަ ވަރަށް ބިޒީ ކުއްޖެއް. ހަމަ ކުޅިވަރުގައިވެސް އެހާ ވަރުގަދަޔަށް ސްކޫލް ގަޑިތައް. އަނެއްކާ ލޭންގްއޭޖް ކްލާސް ކަހަލަ. އެހެންވީމާ، ޙަޤީޤަތުގައި ގޭގައި މިގޮތަށް ޢާއިލާއަށް ލިބެނީ ވަރަށް ކުޑަވަގުތު. އެހެންނަމަވެސް، މިހާރު އަޅުގަނޑަށް ކާފަ ދަރިފުޅަކު ލިބުނީމާ، އަޅުގަނޑު އެންމެ އެންޖޯއި ކުރާ ކަމަކީ ހަމަ ކޮންމެ ދުވަހަކުވެސް، އަޅުގަނޑު މާލޭގައި ހުރިއްޔާ ހަމަ ކޮންމެ ދުވަހަކުވެސް އޭނާ އައިސް އުޅޭނެ އަޅުގަނޑުމެންގެ ގޭގައި. އެހެންވީމާ، ދެގަޑިއިރެއްހާއިރު ކޮންމެ ދުވަހަކުވެސް ހަމަ އަޅުގަނޑުގެ ކާފަ ދަރިފުޅާއެކީ ޓައިމް ސްޕެންޑް ކުރަން. އެހެންވީމާ، އެވަގުތަކީ ހަމަ ހޯދާ ވަގުތެއް. އެހެންވީމާ، ހަމަ ވަރަށް މަޖާ ވަގުތަކަށް، އުފާވެރި ވަގުތަކަށްވޭ. އެހެންވީމާ، ހަމަ ހުރިހާ އެންމެން މަސައްކަތްކުރާގޮތަށް، ހުރިހާ ކަމެއްވެސް އަޅުގަނޑު ކުރަން. އެހެންނަމަވެސް، ވަގުތަކީ އެމީހެއްގެ ތަރުތީބުން އިންތިޒާމު ކުރެވޭނެ ކަމެއް ދޮގެއްތޯ.

 

ދެން ހަމަ ކަސްރަތަށްވެސް، ކޮންމެ ދުވަހަކު ނޫނަސް، ހަފްތާގެ ތެރޭގައި އެކަށީގެންވާ ވަގުތު އަޅުގަނޑު ހޯދަން.

 

ޕްރެޒެންޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް:

 

ބުރަކޮށް މަސައްކަތްޕުޅު ކުރައްވާއިރުގައި، އަދި ޚާއްޞަކޮށް، އަޅުގަނޑަށް ހީވަނީ މަނިކުފާނުގެ ވަޒީފާގެ ގޮތުން، ނުވަތަ މަސައްކަތްޕުޅުގެ ގޮތުން ވަރަށް ވަރަށް ވަރަށް ފިކުރުފުޅު ކުރައްވާނެ، ކަންތައްތަކާ ދޭތެރޭގައި. އެންމެބޮޑު ހިތްޕުޅުހަމަޖެހިވަޑައިގަތުމެއް މަސައްކަތްޕުޅުގައި، ޚާއްޞަކޮށް ބުރަކޮށް އުޅުއްވާއިރު ލިބިވަޑައިގަންނަވަނީ ކޮންކަހަލަ ކަމެއް މެދުވެރިވީމާތޯ؟

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

 

އެންމެ ހިތްހަމަޖެހޭ ކަމަކީ ހަމަ އަބަދުވެސް ޗެލެންޖިންގ، ވަރުގަދަ ކަމެއް ކުރުން އިނގޭތޯ. ދެން އެކަމެއްގެ ނަތީޖާއަށް އަޅުގަނޑު އިންތިޒާރު ކުރަން. އެހެންވީމާ، އެކަމަކަށް ކުރަންވާ މަސައްކަތް އަޅުގަނޑު ކޮށްފައި، ދެން އެންމެ ހިތްހަމަޖެހެނީ ޙަޤީޤަތުގައިވެސް އަޅުގަނޑު އެދޭގޮތަށް އެކަމެއް، އިން ނޯ ޓައިމް، ވަރަށް އަވަހަށް އެކަން ފުދިގެންދިޔައިމާ. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަކީ ޙަޤީޤަތުގައި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި، އެހެން މީހުންނާ ތަފާތެއް، ޑިފަރެންސެއް ގެންނަ ކަމަށްވަންޏާ، މި ދެންނެވި ކަހަލަ ޗެލެންޖް، ކުރިމަތިލާންޖެހޭނެ ދޮގެއްތޯ. އެހެންވީމާ، ޙަޤީޤަތުގައިވެސް އެންމެ ހިތްހަމަޖެހެނީ ހަމަ ޓޮޕް ސޭޓިސްފެކްޝަން ލިބިގެން ދިޔައިމާ އެންމެ ހިތްހަމަޖެހެނީ. މިހާރު އަޅުގަނޑުގެ ހުރިހާވެސް ކަމަކީ ހަމަ ޙަޤީޤަތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމު. ވަޒީފާ އިނގޭތޯ.

 

އެހެންވީމާ، އެއިން ރައްޔިތުންނަށް އަޅުގަނޑުމެން ޚިދުމަތްކޮށްދީފައި، ދެން އުފާވޭ އިނގޭތޯ، ހަމަ ޙަޤީޤަތުގައިވެސް ބޮޑެތި ކަންތައްތަކެއް ފުދިގެންދާތަން ފެނިގެން ދިޔައިމާ. ދިވެހިރާއްޖެ މުޅިން ބަދަލުވެގެން މިދަނީ ދޮގެއްތޯ.

 

އެހެންވީމާ، މިވަގުތު ވަޒީފާއިން ލިބޭ ނަތީޖާއިން ލިބޭ ހިތްހަމަޖެހުމަށްވުރެ އިތުރު ހިތްހަމަޖެހުމެއް ގެނެސްދޭ ވަކި އެހެން ކަމެއްނެތް.

 

ޕްރެޒެންޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް:

 

ވަރަށް ފޮތް ވިދާޅުވާކަމަށް އިނގޭތޯ، އަޅުގަނޑުމެންނަށް އެނގިފައި އޮންނަނީ. ދެން އަޅުގަނޑަށް ހީވަނީ ފޮތްތައް ވިދާޅުވާކަމަށްވަންޏާ، އެކިއެކި ބޭފުޅުންގެ ތާރީޚު، އެކި ބޭފުޅުން ކަންކަން ކުރައްވާގޮތް، ޚާއްޞަކޮށް، މަނިކުފާނު މަޤާމުގައި ހުންނަވާއިރުގައިވެސް، ކަންކަން ކުރެއްވުމުގައި ބައްލަވާ ނަމޫނާތަކެއް ހުންނާނެހެން. މަނިކުފާނަށް އެންމެ އިންސްޕަޔަރ ލިބިވަޑައިގަންނަވާ ލީޑަރަކީ، ނުވަތަ މަނިކުފާނު އެބޭފުޅެއްގެ ކަންކަން އެންމެ ބޮޑަށް ބައްލަވާ، އެބޭފުޅެއްގެ ކިބައިން އެންމެ ހިތްވަރު ލިބިވަޑައިގަންނަވާ ލީޑަރަކީ، ޚާއްޞަ ބޭފުޅަކީ ކޮބައިތޯ؟

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

 

އަޅުގަނޑު ކުރީގައި ފޮތް ބެލިން އިނގޭތޯ. އެ މާނައިގައި ފޮތް ކިޔައި ހެދިން. އެކަމަކު މިހާރު ކޮންމެވެސްވަރަކަށް ރިސަރޗް ކުރާނީ ދޮގެއްތޯ. މިހާރު ހަމަ އެކި ދާއިރާތަކަށް އަޅުގަނޑު ރިސަރޗް ކުރަން. އަމިއްލަ ރިސަރޗް ކުރާނެ. ދެން އަޅުގަނޑުގެ މި އޮފީހުގެ ސްޓާފަރުންވެސް އަޅުގަނޑަށް ރިސަރޗް ކޮށްދެއްވާނެ. އެހެންނަމަވެސް، އަޅުގަނޑަކީ އަމިއްލަ ރިސަރޗްކުރާ މީހެއް އިނގޭތޯ.

 

ދެން ތިޔަ ވިދާޅުވި މަޤްޞަދުގައި އަޅުގަނޑަށް އެންމެ އިންސްޕަޔަރިންގ، ނޫނީ އެންމެ ހިތްވަރު ލިބޭ ލީޑަރަކީ ހަމަ ޙަޤީޤަތުގައިވެސް ލީކް އަން ޔޫ އިނގޭތޯ. އެއީ އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ ޤައުމެއް. ވަރަށް އާދައިގެ ގޮތަކަށް ފެށުނު ޤައުމެއް. ތަރައްޤީކުރި ގޮތާއި، އޭނާ ގޯ ތްރޫ ކުރެއްވި ޗެލެންޖްތަކާއި، ގޮންޖެހުންތަކާ، އެ އަޅުގަނޑު ހަމަ ވަރަށް އިންސްޕަޔަރިންގ އިނގޭތޯ. އަޅުގަނޑަކަށް އިންސްޕަރޭޝަނަލް ލީޑަރުންނެއް، ލީކް އަން ޔޫ ފަދަ ލީޑަރުންނެއް ޙަޤީޤަތުގައި ހުޅަނގަކުން ނުފެނޭ އިނގޭތޯ. ހުޅަނގުގެ ތަހުޒީބާއި މަދަނިއްޔަތަކީ ވަރަށް ތަފާތު އެއްޗެއް ދޮގެއްތޯ. އެހެންވީމާ، އަޅުގަނޑުމެންގެ މި ފަހުގެ ތާރީޚުގައި، މިދިޔަ ދުއިސައްތަވަރަކަށް އަހަރުގެ ތެރޭގައި، ހުޅަނގުގެ އެއްވެސް ޤައުމެއް މިއަދު ދުނިޔޭގައި މަތީ ރޭންކްތަކުގައި އެއުޅޭ އެއްވެސް ޤައުމެއް، ދިވެހިރާއްޖެ އޮތް މިހިސާބަކު، ޙާލަތަކު، ނޫނީ ސިންގަޕޫރު، މިނިވަންކަމުގެ ކުރިން އޮތް ޙާލަތަކު އެއްވެސް ޤައުމެއްނޯވޭ އިނގޭތޯ.

 

އެހެންވީމާ، ޙަޤީޤަތުގައި ޗެލެންޖަކީ، ހަމަ ނެތުމުގެ ތެރެއިން އެއްޗެއް އުފެއްދުން. ދެން އެހެންވީމާ، އަޅުގަނޑަށް ހަމަ އެންމެ އިންސްޕަޔަރިންގ، ނޫނީ އަޅުގަނޑު ހަމަ އެބޭފުޅަކަށްޓަކައި، ނޫނީވިއްޔާ އެބޭފުޅެއްގެ މިޒާޖާއި އެބޭފުޅަކު ކަން ކުރެއްވިގޮތް ނަކަލުކުރަން ހަމަ ބަލާ ބޭފުޅަކީ ލީކް އަން ޔޫ. އެންމެ އިންސްޕަޔަރިންގ ލީޑަރަކީ.

 

ޕްރެޒެންޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް:

 

މަނިކުފާނުގެ މަސައްކަތްޕުޅުތަކުގައި، ކުރިންވެސް އިޝާރާތް ކުރައްވައިފި. ވަރަށް ބުރަކޮށް މަނިކުފާނުގެ އަނބިކަނބަލުން މަސައްކަތްޕުޅު ކުރައްވަނީ އިނގޭތޯ. އަދި މަނިކުފާނުގެ ޢާއިލާއަކީ، ޚާއްޞަކޮށް، މަނިކުފާނުގެ ދެކަނބަލުންނަކީ، ވަރަށް އެއްބޭފުޅަކުދެކެ އަނެއް ބޭފުޅަކު ލޯބިފުޅުވެވަޑައިގަންނަވާ ދެބޭފުޅުން ކަމަށް އަޅުގަނޑުމެންނަށް މި ފެންނަނީ އިނގޭތޯ. އަނބިކަނބަލުންގެ މަސައްކަތްޕުޅުތަކާއި އަދި އަނބިކަނބަލުންނާމެދު މަނިކުފާނުގެ ހިތްޕުޅުގައި އޮތް ޝުޢޫރުތަކާ ދޭތެރޭގައި ސުވާލެއް ކޮށްފިއްޔާ، ކީކޭތޯ މަނިކުފާނު ވިދާޅުވާނީ؟

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

 

އަޅުގަނޑާ ކޮންމެ މީހަކު ކޮންމެ ސުވާލެއްވެސް ކުރަންވީ. އަޅުގަނޑު ޖަވާބު ދިނުމަކީ އަޅުގަނޑުގެ ކަމެއް ނޫންތޯ. އެހެންވީމާ، ސުވާލުކުރައްވާ! ދެން މީގައި އިނގޭތޯ. ކުޑަ ސަމާސާ ވާހަކައެއްވެސް ދަންނަވާލާނަން.

 

އަޅުގަނޑު ފުރަތަމަ ރިޔާސީ އިންތިޚާބަށް ނުކުތްއިރު، ނުކުންނަން މަސައްކަތް ކުރިއިރު، އަޅުގަނޑުގެ އަންހެނުންނާއި، އަޅުގަނޑުގެ އޭރު ހަމަ ބޮޑުވެފައި ތިބި ދެ ކުދިން، އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކާ. ދޮށީ ކުއްޖަކީ ފިރިހެން. މި ތިން މީހުންވެސް މިކަމާ ދެކޮޅު އިނގޭތޯ. އަޅުގަނޑު ސިޔާސީ މަސައްކަތުގައި އުޅެން ދެކޮޅު މިމީހުން އިނގޭތޯ. އެއީ އަޅުގަނޑަށް ޑީ.އާރު.ޕީ.ގެ ތެރޭގައި އަދި ސިޔާސީ މަސައްކަތުގެ ތެރޭގައި، އަޅުގަނޑަށް ކަންކަން ދިމާވެފައި ހުރިގޮތް، އެންމެ ގާތުން އެނގޭނެ މީހުންނަކީ މިއީ ދޮގެއްތޯ. އެހެންވީމާ، ހަމަ މި ތިންމައިންވެސް ވަރަށް ދެކޮޅު އިނގޭތޯ. އެހެންނަމަވެސް، މިހާރު ހަމަ ވަރަށް ސަޕޯޓިވް އިނގޭތޯ. ވަރަށް ސަޕޯޓިވް. އަޅުގަނޑަށް އެންމެ ސަޕޯޓިވް މަސައްކަތެއް ކޮށްދެއްވަނީ ހަމަ އަޅުގަނޑުގެ އަންހެނުން، ފަސްޓްލޭޑީ ދޮގެއްތޯ.

 

ޕްރެޒެންޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް:

 

ވަރަށް ފިޓްކޮށް މަނިކުފާނު މިހާރު ހުންނަވާތީ ފެންނަނީ އިނގޭތޯ. މިހެން މި ދެންނެވި ގޮތަކީ، މީގެ ފަސް އަހަރު ކުރިން، އޭރު ރިޔާސީ އިންތިޚާބަށް މަނިކުފާނު ކެމްޕެއިން ކުރެއްވިއިރަށްވުރެ މާބޮޑަށްވެސް ފިޓްކޮށް އިނގޭތޯ. ކޮބައިތޯ އޭގެ ސިއްރަކީ؟

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

 

ވަރަށް ސާދާ ޖަވާބެއް އިނގޭތޯ. މީގެ ފަސް އަހަރު ކުރިން އަޅުގަނޑު ރިޔާސަތާ ޙަވާލުވީއިރު، ޤައުމު އެހާ ފިޓެއް ނޫން. އެހެންވީމާ، އޭރު އަންނަ ރައީސް އެހާ ފިޓްވާކަށް ނުޖެހޭ ދޮގެއްތޯ. އެހެންވީމާ، ޤައުމު މިއަދު މިހިސާބަށް މިއައި ތަރައްޤީ ގެންނަ ކަމަށްވަންޏާ، ޤައުމުގެ ރައީސް ފިޓްވާން މަޖުބޫރު ނޫންތޯ. އެހެންވީމާ، އަޅުގަނޑު ހަމަ ފިޓްކޮށް ހުންނަންޖެހޭނެ ނޫންތޯ. ދެން އަޅުގަނޑު ދެންނެވި ގޮތަށް، އަޅުގަނޑު ހަމަ ކުޅިވަރުގެ ތެރޭގައި އުޅެން އިނގޭތޯ. އަޅުގަނޑަށް ލަފާކުރެވެނީ، ހަފްތާގެ ތިން ދުވަހަކަށް ބަހާލައިގެން، ކޮންމެ ހަފްތާއެއްގެ ތެރޭގައި މަދުވެގެން އަށް ގަޑިއިރު އަޅުގަނޑު ފުޓްބޯޅަ ކުޅެން އިނގޭތޯ. މަދުވެގެން އަށް ގަޑިއިރު އަޅުގަނޑު ފުޓްބޯޅަ ކުޅެން. އެހެންވީމާ، ފުދޭވަރަކަށް ކަސްރަތުގައި އުޅެންޖެހޭ އިނގޭތޯ. އެހެންވެގެން ތަންކޮޅެއް ފިޓްކޮށް ހުންނަ ކަމަށް ތިޔަ ލަފާކުރެއްވެނީ.

 

ޕްރެޒެންޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް:

 

އާދެ، ބައެއްފަހަރަށް ޢުމުރުން ގާތްގަނޑަކަށް ފަންސާހަށް، ނޫނީ ފަންސާހުން މައްޗަށް ދިޔައިމާ، ބައެއް މީހުން ހިތަށްއަރާކަމަށްވަނީ، ތިމަންނާގެ ޒުވާން ދުވަސްވަރު އެނބުރި އައިސްފިއްޔާ، ދެން ޒުވާންކަމެއް އެނބުރިއެއް ނާންނާނެ. އެހެންނަމަވެސް، އެހެންނަމަ މިވެނިކަހަލަ ކަންކަން ތިމަންނާ އަދި ކޮށްލާނަމޭ. ނުވަތަ މިވެނިކަހަލަ ބަދަލުތައް ތިމަންނާގެ ޙަޔާތަށް ގެންނާނަމޭ. އަލުން އަނބުރާ ޒުވާން ދުވަސްވަރަށް ވަޑައިގެންފިނަމަ، ނުވަތަ އެދުވަސްތަކަށް ވަޑައިގެންފިނަމަ، އަލުން މަނިކުފާނުގެ ދިރިއުޅުއްވުމަށް ކޮންކަހަލަ ކަންތައްތަކެއް، ބަދަލުތަކެއް ގެންނަވާނެ ކަމަށް ހިތްޕުޅުގައި އޮވޭތޯ؟

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

 

އަޅުގަނޑުގެ ދިރިއުޅުމަކަށް އަޅުގަނޑު ރިގްރެޓެއް ނުކުރަން އިނގޭތޯ. އަމިއްލަ ދިރިއުޅުމަކީ އަމިއްލަ ޒާތީ ކަމެއްގެ ގޮތުގައި އަޅުގަނޑު މި ދެކެނީ އިނގޭތޯ. އެކަމަކު އަޅުގަނޑުގެ ދިރިއުޅުމުގެ ރަސްމީ މާނައިގައި، އެއީ މަސައްކަތުގެ ދާއިރާގައި، ވަޒީފާގެ ދާއިރާގައި، ސިޔާސީ މަސައްކަތުގައި ދޮގެއްތޯ، އަޅުގަނޑަކީ ވަރަށް ޒުވާންއިރުއްސުރެވެސް ސިޔާސީ މަސައްކަތުގައި އުޅޭ މީހެއް. ތިޔަ ފުރްޞަތު އަޅުގަނޑަށް އަނބުރާ ލިބިއްޖެ ކަމަށްވަންޏާ، އަޅުގަނޑު އެންމެބޮޑު މަސައްކަތެއް ކުރާނީ، އަޅުގަނޑާއެކީ އުޅުނު މީހުންނާއި، ވަކިވެގެންދިޔަ މީހުން، އެމީހުންގެ ޝަޚްޞިއްޔަތު ދަސްކުރެވޭތޯ. އެއީ އަޅުގަނޑަށް ހަމަ ނުކުރެވެމުންދިޔަ ކަމެއް އިނގޭތޯ. ކޮންމެ މީހަކަށްވެސް، އަޅުގަނޑު ކައިރީގައި އުޅޭ ކޮންމެ މީހަކަށްވެސް، އެމީހާ ގޯސް ހަދަންދެން ފުރްޞަތު އެބަދެން. އަނެއްކާވެސް ރަނގަޅުވީކަމަށް ބަލާފައި ފުރްޞަތު އެބަދެވޭ.

 

އެހެންވީމާ، މީގެތެރޭގައި އަޅުގަނޑު ވަރަށްގިނަ މިސްޓޭކްސް ހަދައިފިން އިނގޭތޯ. އެހެންވީމާ، އަޅުގަނޑަށް ފުރްޞަތެއް ލިބިއްޖެ ކަމަށްވަންޏާ، އަޅުގަނޑުގެ ދިރިއުޅުމުގައި އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ކޮންޓެންޓް، ވަރަށް ހެޕީ އިނގޭތޯ. ވަރަށް އުފާވޭ. އެހެންނަމަވެސް، އަޅުގަނޑުގެ ރަސްމީ މަސައްކަތުގައި އަޅުގަނޑު އެބަހުރި ފިލާވަޅު، ނޫނީ ޢިބްރަތް ހޯދަންޖެހޭ ކަންކަން. އެހެންވީމާ، އެ ފިލާވަޅުތައް ނެގުން ވާނީ، ދެންވެސް ކުރިއަށް އޮތް ތަނުގައި އަޅުގަނޑު ހަމަ އެންމެ ޝައުޤުވެރިކަމާއެކީ ކުރަން ބޭނުންވާ ކަމަކަށް.

 

ޕްރެޒެންޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް:

 

ފަސް އަހަރުގެ ރިޔާސީ ދައުރު، ފުރަތަމަ ފަސް އަހަރު މަނިކުފާނު ކުރިއަށް ގެންދަވާއިރުގައި، މިއަދާ ހަމަޔަށް އަޅުގަނޑުމެން ކަންކަން، ހާދިސާތައް ނިއުޅާލާއިރުވެސް ވަރަށް ދަތިފުޅު، ވަރަށް އުނދަގޫ އެކި ޙާލަތްތަކެއް އެބަހުރި މެދުވެރިވެފައި އިނގޭތޯ. އޭގެތެރެއިންވެސް އެކި ކަންކަން، އެކި ޙާލަތްތައް ކުރިމަތިވެވަޑައިގެންނެވިއިރުގައި، އެންމެ ދަތިފުޅު ނިންމެވުމެއް ނިންމަވަން ޖެހިވަޑައިގެންނެވީ ކޮން ވަގުތެއްގައިތޯ؟

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

 

އެންމެ އުނދަގޫ ނިންމުމަކަށް އަޅުގަނޑަށް ޙަޤީޤަތުގައިވެސްވީ އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި، ރައީސް މައުމޫނާއި އަޅުގަނޑުމެންނާ ދޭތެރޭގައި އުފެދިގެންދިޔަ މައްސަލަ، ޙަޤީޤަތުގައި އެންމެ ދަތި މައްސަލައަކީ. ދެން އެ މައްސަލަ ގޮތަކަށް ނިންމާފައި އޮއްވައި، މުޅި ޕާޓީގެ ޙައްޤުގައި، މުޅި ރައްޔިތުންގެ ޙައްޤުގައި، ޤައުމުގެ ޙައްޤުގައި، އަޅުގަނޑުމެން ރައީސް މައުމޫނާ ދޭތެރޭގައި އަޅަންޖެހުނު ފިޔަވަޅަކީ އެންމެ ދަތިވި ފިޔަވަޅު އިނގޭތޯ. އެއީ ސިޔާސީގޮތުން އަޅުގަނޑަށް އެންމެ ދަތިވި ފިޔަވަޅު. އެހެންނަމަވެސް، އަޅުގަނޑަށް ދިމާވެފައި ހުރި ކަންތައްތަކަށް ބަލާކަމަށްވަންޏާ، މިއަށްވުރެ މާ ނުރައްކާތެރި ކަންކަން ދިމާވި ދޮގެއްތޯ. އެކަމަކު އެއީ އަޅުގަނޑަށް އެނގިގެން އަންނަ ކަންކަމެއްނޫން. އޭގައި ދެން ﷲގެ ރަޙްމަތް ތަނަވަސް އިނގޭތޯ. އެހެންވީމާ، އަޅުގަނޑަކަށް އެއަށް ފިޔަވަޅުއަޅާކަށް ނޭނގޭނެ. އެކަމަކު އެނގިގެން، ފެނިގެން އައި ކަންކަމުގެ ތެރޭގައި، އެންމެދަތިވި ކަމަކީ ޙަޤީޤަތުގައިވެސް އިންތިޒާރު ކުރަމުން، މިގޮތަށް ބިލްޑްވަމުން އަންނަކަން ހަމަ އެނގޭ. އަނެއްކާ އެކަންކަން ޙައްލުކުރަން ވަރަށް ވާހަކަވެސް ދެކެވޭ. ވަރަށް މަސައްކަތްވެސް ކުރެވުނު. އެހެންނަމަވެސް، ހަމަ އެނގިގެން، ފެނިގެން ދުރާލާ އައި ކަމަކަށްވާތީ، އެންމެދަތިވި މައްސަލައަކީ ޙަޤީޤަތުގައި، އާޚިރުގައި މުޅި އަޅުގަނޑުމެންގެ ސަރުކާރު ދިފާޢު ކުރުމާއި، ދައުލަތް ދިފާޢު ކުރުމުގައި ޕާޓީ ދިފާޢު ކުރުމުގައި ކުރަންޖެހުނު މަސައްކަތެއްގެ ގޮތުން، ރައީސް މައުމޫން އަޅުގަނޑުމެންގެ ޕާޓީން ވަކިވެވަޑައިގަންނަވަން މެދުވެރިކުރަންޖެހުނު ސަބަބު އެއީ އަޅުގަނޑަށް އެންމެދަތިވި ކަންތައް.

 

ޕްރެޒެންޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް:

 

ވަރަށްގިނަ އެޗީވްމަންޓްތަކެއްވެސް އެބަހުރި އިނގޭތޯ. ވަރަށްގިނަ ކާމިޔާބީތަކެއް، މި ފަސް އަހަރުގެ ތެރޭގައި، މަނިކުފާނުގެ ވެރިކަމުގެ ޒަޢާމަތުގައި، ލީޑަރޝިޕްގައި ދިވެހިރާއްޖެއަށް ހާސިލުވެފައި. އެންމެ ފަޚްރުވެރިވެވަޑައިގަންނަވާ ކަމަކީ ކޮބައިތޯ؟ އެންމެ އުފާކުރައްވާ ކަމަކީ އޭގެތެރެއިން.

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

 

އެންމެ އުފާވާ ބައިވަރު ކަންތައް އިނގޭތޯ. އެންމެ އުފާވާ ހަމަ ބައިވަރު ކަންތައް އިނގޭތޯ. އަޅުގަނޑަކަށް ކުޑަ އުފަލެއްނޫން އިނގޭތޯ. ނުކުރެވޭނެ ކަމަށް މީހުން ގޮންޖަހާފައި، ޗެލެންޖްކޮށްފައި ހުރި ކަންތައްތައް ހާސިލުވެގެންދިޔުން އިނގޭތޯ. ބައިވަރު ކަންތައް ދޮގެއްތޯ. މިސާލަކަށް، ބުރިޖަކީ އަޅުގަނޑު ވަރަށް އުފާވާ ކަމެއް. ކޯޑް F ގެ ރަންވޭއެއް އަޅާފައި، A380 ޖެއްސުމަކީ އަޅުގަނޑު ވަރަށްއުފާވާ ކަމެއް. އަޅުގަނޑުމެންގެ ޒުވާން ޤައުމީ ޓީމު، ފުޓްބޯޅައިގައި ސާފްގެ ޓްރޮފީ ހިއްލައިލުމަކީ އަޅުގަނޑު ވަރަށް އުފާވާ ކަމެއް އިނގޭތޯ. މާލޭގައި ހަމަ ކުންޏާހެދި ދިރިއުޅެން ވަކި ސަރަޙައްދެއްގައި އުޅޭ ބަޔަކަށް ނުކުޅަދާނަވެފައި އޮތް ކުނިގޮނޑު ނަގައި، އިންޑަސްޓްރިއަލް ވިލެޖެއް ހެދުމަކީ ހަމަ ޙަޤީޤަތުގައިވެސް ވަރަށް އުފާވާ ކަމެއް އިނގޭތޯ. މިހާރު މާލެއަކީ ވަރަށްރީތި ތަނެއް. ކުރީގައި މާލޭގައި މި ހިތްފަސޭހަކޮށްލާނެ، މާލެ ތޮއްޖެހިފައި އޮތްކަމަށް އެންމެން ދެކެނީ ދޮގެއްތޯ.

 

އެހެންވީމާ، މިހެންހުރި ބޮޑެތި މައްސަލަތަކަށް ޙައްލު ލިބިގެންދިޔުމަކީ އަޅުގަނޑު ހަމަ ޙަޤީޤަތުގައިވެސް އެންމެ އުފާވާ ކަންތައް އިނގޭތޯ. އަޅުގަނޑު ހިތަށްއަރަނީ މީހުންނަށް ހަމަ އެޕްރިޝިއޭޓް ކުރެވޭބާވައޭ. ހަނދާންހުރޭބާވައޭ، މީގެ ފަސް އަހަރު ކުރިން މިކަހަލަ ކަންތައްތައް، ޚާއްޞަކޮށް، މާލޭގަޔާއި ރާއްޖޭގައި ވަކި އުފާކުރުންކުޑަތޯ؟ މިއީ ރާއްޖޭގައި އިރާދަކުރެއްވިއްޔާ މިހާރު، އަޅުގަނޑު ވެރިކަމަށް އައިއިރު އެއޮތް ނާމާން ވެށްޓާ މިހާރު އަޅައިބަލާއިރު، ނިސްބަތުން ހަމަ ރައްޔިތުންނަށް، ރާއްޖޭގެ ހުރިހާ ދިމާއެއްގައިވެސް ދިރިއުޅެން ވަރަށް ފަސޭހަ ދޮގެއްތޯ. 

 

އެހެންވީމާ، މި ހުންނަނީ ހަމަ ވަރަށް ބޮޑެތި އެޗީވްމަންޓްސް. ދެން ހަމަ ޒުވާނުންދެކެ އަޅުގަނޑުވާ ލޯބި. ޒުވާނުންނަށް ޚިދުމަތް ކުރުމުގައި، ޒުވާނުންނަށް ކަންތައްތައް ފަހިކޮށްދީ، އަދި ޒުވާނުން އަޅުގަނޑަށް އިތުބާރުކުރާ ކުރުމާއި، ބޯހިޔާވަހިކަން ޙައްލުވެގެންދިޔުމާއި، ދެން ހަމަ މުޅި ދިވެހިރާއްޖޭގެ، މި ދެންނެވީ ދިވެހިރާއްޖޭގެ ޝުހުރަތު، އަޅުގަނޑު ގަބޫލުކުރާގޮތުން ވެއްޖިއްޔާ، ދުނިޔޭގެ ކުރިމަތީގައި އުފުލިގެން ހިނގައްޖެ. އަޅުގަނޑުމެންނަކީ އެއްގޮތަކަށްވެސް، ބަޔަކު އެދޭހާގޮތަކަށް، ކަންކަން ކުރާނެ ބައެއްނޫންކަންވެސް އެމީހުންނަށް ކަށަވަރުވާނެ.

 

އެހެންވީމާ، މިކަހަލަ ބައިވަރު ކަންތައް އެބަހުރި އިނގޭތޯ. ދައުލަތެއްގެ ހައިސިއްޔަތުން، މިވަގުތު ދައުލަތް ހަވާލުވެ ހުރި މީހަކަށް އަޅުގަނޑު ހުންނާތީޔާއެކީ، އަޅުގަނޑު ހަމަ އުފާކުރުން ޙައްޤު. ﷲ އަށް ޙަމްދުކުރުން ޙައްޤު، ބައިވަރު މިކަހަލަ ކަންތައް އެބަހުރި އިނގޭތޯ. މީގައި ލިސްޓަކީ ހަމަ ވަރަށް ދިގު ލިސްޓެއް.

 

ޕްރެޒެންޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް:

 

ވަރަށް ބައިވަރު ގޮންޖެހުންތައްވެސް އެބަހުރި. އަޅުގަނޑު ކޮންމެވެސްވަރަކަށް އަލިއަޅުވާލައިފިން ކުރިންވެސް އިނގޭތޯ. ކުރުކުރުކޮށް ދަންނަވަންޏާ، ވެރިކަން ބަދަލުކުރަން، ޚާއްޞަކޮށް މިއަށްވުރެ ގިނައިން ބަޔަކު، މިއޮތް ވެރިކަން ބަދަލުކުރަން މަސައްކަތްކުރި ދުވަސްވަރެއް ނާންނާނެހެން އަޅުގަނޑަށް ހީވަނީ. މި ދައުރު. މީހުން މަގުމައްޗަށް އެއްކޮށް، އެކަން ކުރަން އުޅެފި. ކޯޓުގެ އެކިއެކި އަމުރުތައް، ޤާނޫނާ ޚިލާފަށް ނެރެގެން، އެކަން ކުރަން އުޅެފި. އޭގެއިތުރުން، މަޖިލީހުގެ ތެރެއިން ވެރިކަން ބަދަލުކުރަން އުޅެފި. މަނިކުފާނުގެ ހަށިކޮޅަށް، ފުރާނަޔަށް ނުރައްކާވާފަދަ ޙަމަލާދީގެން، އެކަން ކުރަން މަސައްކަތްކޮށްފި. އަދި އޭގެއިތުރުން، ޕާޓީގެ ތެރެއިންވެސް އެފަދަ ބައެއް މަސައްކަތްތައް ކޮށްފި. ޝަރުޢީ ދާއިރާއިން، މަޖިލީހުގެ ތެރެއިންވެސް އެފަދަ ބައެއް މަސައްކަތްތައް ހިނގައިފި. އެކަމަކު މިކަހަލަ ކޮންމެ ޚުޠޫރަތްތެރި ޙާލަތެއްގައިވެސް ވަރަށް ހިތްވަރުފުޅުގަދަކޮށް މަނިކުފާނު ހުންނަވާތީ އަޅުގަނޑުމެންނަށް ފެންނަނީ. އަދި ހަމަ ވަރަށް ހިތްވަރާއެކީގައި އެއްވެސް މެދުކެނޑުމެއްނެތި، ރައްޔިތުންނަށް މި ދެއްވާ ޚިދުމަތްތައް ދެއްވަމުންދާތީ އަޅުގަނޑުމެންނަށް ފެންނަނީ. މި ހިތްވަރު، މި ޢަޒުމް، މަނިކުފާނު ހޯއްދަވަނީ ކޮންގޮތަކުންތޯ؟

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

 

ދެން އެއީ އަޅުގަނޑަށް ގަބޫލުކުރެވެނީ އަޅުގަނޑުގެ ތަރުބިއްޔަތު އިނގޭތޯ. ހިތްވަރު ނެތް މީހަކު ވެރިކަމާ ކުރިމަތިލާން އުޅޭ އެއްޗެއްވެސް ނޫން އިނގޭތޯ. ހިތްވަރު ނެތް މީހަކު ވެރިކަމަށް އަންނަން އުޅޭ އެއްޗެއްވެސް ނޫން. އަދި އަމުދުން ދިވެހިރާއްޖެ ކަހަލަ މި ކުޑަކުޑަ ޤައުމެއްގައި އިނގޭތޯ، ވަރަށް ވަރުގަދަ ގޮންޖެހުންތައް ދޮގެއްތޯ މި ހުންނަނީ. އެހެންވީމާ، ހިތްވަރު ނެތިއްޔާ، މިކަމަކާ ކޮންމެހެން  ރައްޔިތުން ކައިރީގައި ބުނެ އާދޭސްކޮށްގެން، އޭނާއަށް އޭނާގެ ޒަޢާމަތުގައި ރައްޔިތުންނަށް ތަފާތެއް ގެނެސްނުދެވޭ ކަމަށްވަންޏާ، އަދި، ކިރިޔާ ކަމެއް ދިމާވާއިރަށް ރައްޔިތުން ދޫކޮށްލާފައި ދާ ޚިޔާލުގައި ހުންނަ މީހެއް ކަމަށްވަންޏާ، އަދި ނުވޭ މިހިސާބަށް އަންނަން މަސައްކަތްކުރާކަށް އިނގޭތޯ. އެހެންވީމާ، ދެން އަޅުގަނޑުގެ ކެރެކްޓަރ އެއީ އިނގޭތޯ. އަޅުގަނޑަކީ ކަންކަމާ ކުރިމަތިލާ މީހެއް އިނގޭތޯ. އަޅުގަނޑަކީ އެހާ ފަސޭހައިން ބަލި ގަބޫލުކުރާނެ މީހެއް ނޫން އިނގޭތޯ. 

 

ޕްރެޒެންޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް:

 

މަނިކުފާނުގެ މިޒާޖުގައި، މަނިކުފާނަކީ ތަންކޮޅެއް ކޯފާގަދަ ބޭފުޅެކޭ، މީހުން ކިޔާ ވާހަކަ އިނގޭތޯ. ތަންކޮޅެއް ކޯފާގަދަ ބޭފުޅެކޭ. އަނެއްބައިފަހަރަށް ބައެއް މީހުން ކިޔާތީ އިވޭ، ސީރިއަސް ބޭފުޅެކޭ އިނގޭތޯ. އެކަމަކު އަޅުގަނޑުމެންނަށް ފެނޭ، ޕޯޑިއަމްތަކުގައި ވާހަކަފުޅު ދައްކަވާއިރުވެސް ވަރަށް މަޖާކޮށް، ވަރަށް ސަކަކޮށް، ބައެއްފަހަރު މަނިކުފާނު ވިދާޅުވާ ވާހަކަފުޅުތަކުގެ މާނަ، މުޅިން އެހެން ގޮތަކަށް ނަގައިގެންވެސް މީހުން އެބަ މަސައްކަތްކުރޭ. މިޒާޖު ސިފަކުރައްވަންޏާ، ކޮންކަހަލަ މިޒާޖެއްގެ ބޭފުޅެއް ކަމަށްތޯ މަނިކުފާނު ދެކެވަޑައިގަންނަވަނީ؟

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

 

އަޅުގަނޑު ހަމަ ގަބޫލުކުރާނީ އިނގޭތޯ، އިންސާނެއްގައި ހުންނަންވާ ހުރިހާ ސިފައެއް އަޅުގަނޑުގެ ހުންނާނެ އިނގޭތޯ. އަޅުގަނޑަށް ދައްކަވަބައްލަވަ، އެއްވެސް އިންސާނަކު، އޭނާގެ ލައިފްގައި އެންމެ ދުވަހަކުވެސް ރުޅި ނައިސްފައި، ސައުވީސް ގަޑިއިރު ހޭދަކުރާ އިންސާނެއް ދައްކަވާ! ނުހުންނާނެ އިނގޭތޯ. އަޅުގަނޑު ހަމަ ރުޅި އަންނަންވީމާ ރުޅި އަންނާނެ. އެއީ އަޅުގަނޑަކީ ސީރިއަސް މީހެއް. އަޅުގަނޑަކީ ކަންކަން، އަޅުގަނޑު ބޭނުންވާގޮތަށް، ނޫނީވިއްޔާ އަޅުގަނޑު ބުނާގޮތަށްވުރެ މޮޅަށް ނިންމަން އެދޭ މީހެއް އިނގޭތޯ. އެހެންވީމާ، އަޅުގަނޑަށް މިކަހަލަ ކަންކަމުގައި، ކަންކަން ނުވެދާކަމަށްވަންޏާ އަޅުގަނޑު ހުންނާނެ ބައެއްފަހަރު އަޅުގަނޑު އަމިއްލަ ނަފްސުދެކެ ރުޅި އައިސްފައިވެސް އިނގޭތޯ. ދެން ސީރިއަސް މީހެއް. ޝައްކެއްވެސްނެތް. ޤައުމުގެ ރައީސްކަން ކުރަން އަންނާނީ ސީރިއަސް މީހެއް ދޮގެއްތޯ. އެހެން ނޫނީވިއްޔާ ދެން އެކަން ކުރަން ކުރިމަތިލާނެ ކަމެއްނެތް. އަޅުގަނޑަކަށް އަޅުގަނޑުގެ ވަގުތު ނަގައެއްނުލެވޭނެ، ރަސްމީ މަސައްކަތަށް އެޓެންޑްނުކޮށް، އޭގެ ނަތީޖާ ހާސިލުކުރަން މަސައްކަތްތަކެއް ނުކޮށް، އަދި އަޅުގަނޑު ހޯދަން ބޭނުންވާ ނަތީޖާއަކަށް، އެ މަސައްކަތުގެ ސްޓްރެޓީޖީ އަޅުގަނޑަށް އެނގެންވާނެ ދޮގެއްތޯ.

 

އެހެންވީމާ، އެކަންކަން ކުރާއިރު އަޅުގަނޑަކަށް ނުލިބޭނެ، ރަސްމީ މޭޒުކައިރީގައި އިނދެގެންނެއް، ތިޔަ ވިދާޅުވި ހުރިހާ ކަމެއް ކުރާކަށް. އެހެންވީމާ، އަޅުގަނޑަކީ ޓާގެޓެއް އޮވެގެން ޓާގެޓަކަށް މަސައްކަތްކުރާ މީހެއް. އެހެންވީމާ، އަޅުގަނޑު ހަމަ ގިނަވަގުތު ސީރިއަސްވާނެ އިނގޭތޯ. އަޅުގަނޑަކީ ހަމަ ސީރިއަސް މީހެއް. އެ ސީރިއަސްވަނީ އަޅުގަނޑުގެ ލައިފްގައި އަޅުގަނޑު ދެކެނީ އަޅުގަނޑު މިއައީ ހަމަ ޓާސްކެއް ފުރިހަމަކުރާށޭ. އެހެންވީމާ، ސީރިއަސްކަންނެތި އެކަމެއް ނުވާނެ. އަޅުގަނޑަކަށް ކޮންމެ ކަމެއް، ކޮންމެގޮތަކަށް ދާކަށް ހެވެއްނުވާނެ. ހަމަ ވަރަށް ސިމްޕްލީސެޓް އިނގޭތޯ. ވަރަށް ކުރުކޮށް ދަންނަވާ ކަމަށްވަންޏާ، ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދާކަށް އަޅުގަނޑު ގަބޫލެއްނުކުރާނަން. އަޅުގަނޑަކީ އަމިއްލަ އުޞޫލުތަކެއް ހުންނަ މީހެއް. ދެން އަޅުގަނޑު ގަބޫލުކުރާ އުޞޫލުތައް، އަޅުގަނޑު ގަބޫލުކުރާ ވަކި ކަމެއްގައި އެއަށްވުރެ ރަނގަޅު އުޞޫލެއް، އެހެން ބަޔަކު ދައްކައިފި ކަމަށްވަންޏާ، އަޅުގަނޑު އެއަށް ތަބާވާނަން. އެހެން ނޫންކަމަށްވަންޏާ، އޭޒް އައި އޭމް ދަ ބޮސް. މައި ވޭ ގޯޒް އިނގޭތޯ. އެހެންވީމާ، އެ ސީރިއަސްކަން އަންނަނީ. ސީރިއަސް މަސައްކަތެއް ކުރާތީ.

 

ދެން އަޅުގަނޑަކީ ހަމަ މަޖާވެސްކުރާ މީހެއް އިނގޭތޯ. ކިހިނެއްތޯ މަޖާނުކޮށް އުޅެނީ؟ އަޅުގަނޑުގެ ރަޙްމަތްތެރިން ބައިވަރު އިނގޭތޯ. އަޅުގަނޑުގެ ރައްޓެހިން ދަންނާނެ، އަޅުގަނޑަކީ ކޮންކަހަލަ މީހެއްކަން. އެކަމަކު ރަޙްމަތްތެރިކަމުގެ މަޙެފިލެއްގެ ތެރޭގައިވެސް ސީރިއަސް ކަންތައް އައިމާ ހަމަ ސީރިއަސްވެސްވާނެ. ދެން ސީރިއަސް ކަންކަމުގެ ތެރޭގައި ހަމަ ސަމާސާކުރަން ޖެހުނީމާ، ސަމާސާވެސް ކުރާނެ ދޮގެއްތޯ.

 

ދެން ޕޯޑިއަމްތަކުން އެ ފެންނަނީ އަޅުގަނޑުގެ މުޅިން އެހެން ސިފައެއް ދޮގެއްތޯ. އެއީ ސިޔާސީ މަސައްކަތް. އެ ސިޔާސީ މަސައްކަތުގައި، އަޅުގަނޑުގެ މިޒާޖު އެ ފެނިގެންދަނީ ޙަޤީޤަތުގައި އަޅުގަނޑު ކުރާ މަސައްކަތުގެ އިތުރަށް ހަމަ ޕޯޑިއަމްގައި އެޑްރެސް މި ކުރަނީ ރައްޔިތުންނަށް ދޮގެއްތޯ. އެހެންވީމާ، އޭގެތެރޭގައި ތިބޭނެ އެކި މިޒާޖުގެ މީހުން. އެކި ގިންތީގެ މީހުން. އެކި ޢުމުރުފުރާގެ މީހުން ދޮގެއްތޯ. އެހެންވީމާ، ކިހިނެއްތޯ އެންމެންނާ އެއްގޮތަކަށް ރިލޭޓް ކުރާނީ؟

 

ދެން އަޅުގަނޑަށް ވަރަށް ބޮޑަށް އަންނަ، ބަހުގެ ބޭފުޅުން އަޅުގަނޑަށް އަބަދުވެސް ހަމަ ކުރިމަތިކުރައްވާނެ މި މައްސަލަ. މަދަރުސާ ކުދިންގެ، އޭ ލެވެލް އިމްތިޙާނު ހަދާ ކުދިންގެ ޕްރައިޒް ފަންކްޝަނަކަށް ގޮސްފައި އިނގޭތޯ، އިނާމު ޖަލްސާއަކަށް ގޮސްފައި އަޅުގަނޑު ވާހަކަ ދައްކާއިރު، އިނގިރޭސްބަސް ބޭނުންކުރާތީ، ނޫނީ އިނގިރޭސިބަހުން ބައިބައިދާތީ، އަޅުގަނޑުގެ ގާތް ރައްޓެހިން ހަމަ ވަރަށް ދެރަވެގެން ވިދާޅުވާނެ އިނގޭތޯ. އެކަމަކު އަޅުގަނޑުގެ ހިތަށްއަރާ، ދެން މިއީ އެވަރުގެ ކަންކަންބާވައޭ. އަޅުގަނޑު މިދަނީ އަދަބީ މުބާރާތަކަށް ނޫން. އަޅުގަނޑުގެ އަދަބިއްޔާތު، ފަނޑިޔާރުންގެ ކުރިމަތީގައި ދައްކާކަށްނޫން މިދަނީކީ. އަޅުގަނޑު މިދަނީ އެތާތިބި ޒުވާން ކުދިންނާ ކޮމިއުނިކޭޓް ކުރަން. ވާހަކަ ދައްކަން ދޮގެއްތޯ. އަޅުގަނޑަށް ޖަލްސާއަށް ދަޢުވަތު ލިބެނީ ކިހިނެއްތޯ؟ އިނާމު ޖަލްސާއަކަށް ނޫން ދަޢުވަތު ލިބެނީ. ޕްރައިޒް ޑޭއަށް ދަޢުވަތުވެސް މި ލިބެނީ. އެހިސާބުން އެއޮތީ ދެބަސް އެއްވެފައި ދޮގެއްތޯ. ދެން އަޅުގަނޑުމެން ވަރިހަމަ، އިނގިރޭސިބަސް ބޭނުންކުރީމަ. ޢަރަބި ކިތަންމެ ލަފްޡެއް ބޭނުންކުރިޔަސް އެއީކީ މައްސަލައެއް ނޫން އިނގޭތޯ.

 

އެހެންވީމާ، މިކަހަލަ ހިޕޮކްރަސީއެއްގެ ތެރޭގައި އަޅުގަނޑުމެން މިއުޅެނީ. އަޅުގަނޑު މިދަނީ އަޅުގަނޑުގެ އޯޑިއެންސާ ވާހަކަ ދައްކަން. އަޅުގަނޑު މިދަނީ ޓީ.ވީ ބަލަން ތިއްބަވާ، ނޫނީ އަޅުގަނޑު ދައްކާ ވާހަކަ ދިރާސާ ކުރައްވާ ބޭފުޅުންނަކާ މުޢާމަލާތް ކުރާކަށްނޫން މިދަނީ. އެހެންވީމާ، އަޅުގަނޑު ގޮސްފައި އޯޑިއެންސާ އަޅުގަނޑާ ކޮމިއުނިކޭޓް ކުރެވޭކަން އަޅުގަނޑަށް އެނގޭ އިނގޭތޯ. އެ މެސެޖް އެމީހުންނަށް ދޭން ބޭނުންވަނީ. އެއީ އަޅުގަނޑު ބޭނުންވަނީ އެމީހުންގެ ފަރާތުން ޤައުމަށް ޚިދުމަތް ކުރުމާއި، އެމީހުންގެ އެޗީވްމަންޓް އަޅުގަނޑު އެޕްރިޝިއޭޓް ކުރާކަމާ. އެހެން ނޫންތޯ. އެހެންވީމާ، އެކަން އަޅުގަނޑަށް ކުރެވޭކަމަށްވަންޏާ، އަޅުގަނޑުގެ މަޤްޞަދު ހާސިލުވޭ. ދެން އަދަބީ ބުސްތާނުގެ ތެރެއިން ކަމެއް ކުރާކަށްނޫން. އެއީ މުޅިން އެހެން ކަމެއް ދޮގެއްތޯ. އެހެން ނޫންތޯ. މިހާރު މިސާލަކަށް، ބުރިޖް ހުޅުވި ރޭ އިނގޭތޯ. އަޅުގަނޑު އިނގިރޭސިބަހުން ބޮޑުބައި ދިޔައިމާ، މިއީ ހަމަ ވަރަށްގިނަ ރައްޔިތުން ކަންބޮޑުވާ ކަމަކަށްވެއްޖެ. މި ފެންވަރުގެ ބޭފުޅުން އިނގޭތޯ. އެކަމަކު ކޮބައިތޯ އަޅުގަނޑުގެ އޯޑިއެންސަކީ؟ އަޅުގަނޑުގެ އޯޑިއެންސަކީ ޒުވާނުން. މިއީ ޒުވާނުންގެ އުއްމީދުތަކާ ގުޅިފައި އޮތް ކަމެއް. މިއިން ގުޅައިދެނީ ކާރޫބާރޫ ބޮޑު، މާލޭގެ ބިމުގެ ތޮއްޖެހުން ބޮޑުވެ އިންތިހާއަށް ގޮސްފައި، ޒުވާނުންނަށް، މާލޭގައި ގެދޮރުނެތިފައި ތިބި ޒުވާނުންނަށް، އެމީހުން އުއްމީދުކުރާ ޝަހަރަށް އެމީހުންނަށް އަޅައިދިން ފާލަން މިއީ. އެހެންވީމާ، އަޅުގަނޑުގެ ޓާގެޓް ގްރޫޕަކީ ޒުވާނުން. އެހެންވީމާ، އަޅުގަނޑުގެ މެސެޖްތައް، އަޅުގަނޑު ދޭން ބޭނުންވާ ގޮތަށް، ވާހަކަ ދައްކާއިރު ފަސޭހަ، ވަރަށްގިނަ އިޞްޠިލާޙުތައް ހަމަ އިނގިރޭސިބަހުން ބުނަން އިނގޭތޯ. އެ މެސެޖްތައް އެގޮތަށް އަޅުގަނޑަށް އުނދަގޫ، ދިވެހިބަހަށް ބަދަލުކޮށްގެން ދޭން. އަނެއްކާ އެ ޕްރިސިޝަން، ނޫނީވިއްޔާ އަޅުގަނޑު ބުނަން އުޅޭ އެއްޗެއްގެ ސީދާކަން، ނޫނީ ސައިންޓިފިކް މާނަ، ނޫނީވިއްޔާ ހަމަ ތެދުތެދަށް އެބުނާ ބަސް، ހަމަ ގެންނަން އުނދަގޫ ބައެއްފަހަރު އިނގޭތޯ. ހަމަ ގެންނަން އުނދަގޫ އިނގޭތޯ. ހަމަ ވަރަށްގިނަ ބޭފުޅުންނަށް މައްސަލައަކަށްވޭ، ބްރިޖަށް [ބުރިޖު] ކިޔާތީ. އެކަމަކު ތަރުމޯޒަށް [ތަރުމޯޒު] ކިޔައިގެން އުޅެނީ. މިއީ މިއޮއްހާ ދުވަސްވީއިރު މައްސަލައެއް ނޫން. އެހެންވީމާ، މިކަހަލަ އުނދަގޫތައް އެބަހުރޭ. އެކަމަކު ދެން އަޅުގަނޑު މާބޮޑަކަށް މައިންޑެއް ނުކުރަން. ދެން އަޅުގަނޑު އެބޭފުޅުންނަށްވެސް ހަމަ، އެބޭފުޅުން ހިތްޕުޅުހަމަޖެހޭ ޖަވާބެއް ދީފައި އަޅުގަނޑު ކުރިއަށްދަނީ. އަޅުގަނޑު ދަންނަވަނީ، އަޅުގަނޑުގެ އޯޑިއެންސަކީ މިއީ ނޫންތޯއޭ. އެހެންވީމާ، އަޅުގަނޑު މިދަނީ ޒުވާން ކުދިންނާ ވާހަކަ ދައްކާށޭ.

 

ދެން ޒުވާން ކުދިންނާ ވާހަކަ ދައްކާއިރު، ތެދެއް، އަޅުގަނޑުމެން ޒުވާންއިރު، އަޅުގަނޑުމެންގެ މުދައްރިސުންވިޔަސް، އަދި އަޅުގަނޑުމެންނަށް ތަޤްރީރު ކޮށްދެއްވަން ވަޑައިގަންނަވާ ބޭފުޅުންވެސް، ގާރލް ފްރެންޑޭ ކިޔައިގެން ވާހަކަވެސް ނުދައްކާނެ އިނގޭތޯ. މިއަދު ޙާލަތު ބަދަލުވެއްޖެ ދޮގެއްތޯ. އެކުދިންނާ ވާހަކަ ދައްކާއިރު ގާރލް ފްރެންޑޭވެސް ބުނާނެ. ގާރލް ފްރެންޑް ސައިކަލެއް ފަހަތަށްލައިގެން ދާ ވާހަކަވެސް ދައްކާނެ. އަޅުގަނޑުމެން ޒުވާންއިރު ނުފެންނާނެ އެކަހަލަ ކަންކަމެއް އިނގޭތޯ. އެހެންވީމާ، މި ރާއްޖެއަށް އަންނަ ބަދަލާއި، މީހުންގެ ވިސްނުމަށް އަންނަ ފިކުރު މިބޭބޭފުޅުން، އިސް ބޭފުޅުން، އަޅުގަނޑުމެންގެ މެންޓޯސް ގޮތަށް ތިއްބަވާ ބޭފުޅުން އިނގޭތޯ. މުޝީރުންގެ ގޮތުގައި ތިއްބަވާ ބޭފުޅުން އެއަށް ޖާގަ ދެއްވަން، ހޯއްދަވަންވީ އިނގޭތޯ. އަބަދު ދިވެހިރާއްޖެ، އެއް ފެންވަރެއްގައި އެއްގޮތަކަށް ނޯންނާނެ ދޮގެއްތޯ. އަދަބީ މަސައްކަތަކީ، އަދަބީ މަސައްކަތް. އެކަން ކުރުމުގައި ހަމަ އެބޭފުޅުން ކުރިއަށް ވަޑައިގަންނަވަންވީ. އަޅުގަނޑަށް ދެވޭ ހިތްވަރެއްދެން. އަޅުގަނޑަކީވެސް ހަމަ ދިވެހިބަހަށްވެސް ވަރަށް ޝައުޤުވެރިކަން ހުންނަ މީހެއް. އަދި ވަކިން ބޮޑަށް ދިވެހި ތާރީޚަށް ޝައުޤުވެރިކަން ހުންނަ މީހެއް. އެހެންވީމާ، އަޅުގަނޑު ކުރާ ރިސަރޗްގައި، ބަލާ ފޮތްތަކުގައި، ދިވެހި ތާރީޚުގެ ފޮތްފޮތް އަޅުގަނޑު ބަލާނެ.

 

ދެން އަޅުގަނޑު ކުރާ ރިސަރޗަކީ ހަމަ އަޅުގަނޑުގެ ރަސްމީ މަސައްކަތާ ގުޅޭ ރިސަރޗް އިނގޭތޯ. މަސައްކަތް ރަނގަޅު ކުރުމަށް ކުރާ މަސައްކަތް އިނގޭތޯ. އަނެއްހެން ފޮތް ކިޔާކަށް އަޅުގަނޑަކަށް ވަގުތުތަކެއް ޙަޤީޤަތުގައި ނުވެސް ލިބޭ އިނގޭތޯ.

 

ޕްރެޒެންޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް:

 

މަނިކުފާނު އެންމެ ހަމަހިމޭންކަން، ހިތްޕުޅުހަމަޖެހުން އިޙްސާސްވާ ވަގުތަކީ، ނުވަތަ މަނިކުފާނުގެ ކޮމްފަރޓް ޒޯނަކީ ކޮބައިތޯ ސުވާލުކޮށްފިއްޔާ، ކޮބައިތޯ ޖަވާބަކީ؟

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

 

ހަމަ ޗެލެންޖިންގ މަސައްކަތާ ކުރިމަތިލާފައި، އެކަން ކާމިޔާބުވެގެންދިޔުން. ހަމަ ޗެލެންޖިންގ މަސައްކަތް އިނގޭތޯ. އަޅުގަނޑަށް ހަމަ އެންމެ ބޮޑަށް ބޭނުންވަނީ، ސިޔާސީ ވަރުގަދަ މީހުން މިކުރާ ކަންކަމާ ކުރިމަތިލުން އިނގޭތޯ. އެއީ އަޅުގަނޑެއް ބޭނުމެއްނުވޭ އެޑްރެސް ނުކުރެވިދާކަށް. އަދި އަމުދުން އަޅުގަނޑަށް މި އަންނަ އިލްޒާމްތައް އަޅުގަނޑު އެހާ ލައިޓްލީ ދުލެއްނުކޮށްލާނަން އިނގޭތޯ. އަޅުގަނޑަށް އަންނަ ކަންކަން އަޅުގަނޑު ހަމަ ކޮންފްރަންޓް ކުރާނަން އިނގޭތޯ. އެއީ އަޅުގަނޑުގެ އަބުރު ކަތިލާކަށް މީހުން މަސައްކަތް ކުރާނެ ކަމެއްނެތް އިނގޭތޯ. އެއީކީ ވާނެ ކަމެއްނޫން. އެއީ އަޅުގަނޑު މިއަދު މިހިސާބަށް އަންނާކަށް، މި ގޮނޑިޔަކާ ކުރިމައްޗެއްނުލީމުސް، އަޅުގަނޑުގެ ފަހަތުގައި ކޮރަޕްޝަން އޮތް ކަމަށްވަންޏާ އިނގޭތޯ. އަދި އަޅުގަނޑު މި ގޮނޑިޔަކާ ކުރިމައްޗެއްނުލީމުސް، އެއްވެސް މީހެއްގެ ޖީބުގައި، އެއްވެސް ވިޔަފާރިވެރިއެއްގެ ޖީބުގައި އަޅުގަނޑު ހުރިނަމަކަ ނޫނީ އެއިން މީހަކަށް އަޅުގަނޑު އަޅުވެތިވާވަރުގެ ކަމެއް އަޅުގަނޑު އެއިން މީހެއްގެ ފަރާތުން އެވަރުގެ އެހީއެއް ހޯދާފައި އޮތްނަމަ، އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރާކަށް ކުރިމައްޗެއްނުލާނަން. އަޅުގަނޑަށް އެނގޭ އެ ޚިދުމަތް ނުކުރެވޭނެކަން، ކުރިމަތިލައިގެން އިނގޭތޯ. މިއަދު ކީއްވެގެންތޯ، ބައެއް މީހުން، ބައެއް މުއްސަނދިންގެ އަޅުންނަށްވެގެން މިއުޅެނީ؟

 

އެހެންވީމާ، އަޅުގަނޑެއް، އަޅުގަނޑުގެ ކެރެކްޓަރއެއް، އަޅުގަނޑުގެ އިންޓަރގްރެޓީ ކޮމްޕްރޮމައިޒްކުރުން އެއްކަމެއްވެސް ނުކުރާނަން އިނގޭތޯ.

 

އެހެންވީމާ، މިއަދުވެސް އަޅުގަނޑު މި ދަންނަވަނީ، މިހާރު މިއުޅޭ ލީޑަރުންގެ ތެރޭގައި، އަޅުގަނޑުގެ ކެރެކްޓަރ، ނޫނީ އަޅުގަނޑުގެ އިންޓަރގްރެޓީއާ ކައިރިކުރާވަރުގެ މީހަކުވެސް ނާންނާނެ އިނގޭތޯ. އަޅުގަނޑު މިކުރަނީ، ހަމަ ސިންގަލް ހެންޑަޑްލީ އަޅުގަނޑު މިކުރަނީ، އަޅުގަނޑު ވެރިކަން ކުރަން ބޭނުންވާގޮތް އިނގޭތޯ. އަޅުގަނޑު ކުރާ ކަމެއްގައި އަޅުގަނޑަށްވުރެ މޮޅަށް އެކަން ކުރަން ވިދާޅުވާ ބޭފުޅަކު އަޅުގަނޑަށް މަޝްވަރާ ދެއްވާ! އެކަމަކު އަޅުގަނޑުގެ ކެރެކްޓަރ، ނޫނީ އަޅުގަނޑުގެ އިންޓަރގްރެޓީ ކޮމްޕްރޮމައިޒް ވެގެންނެއް، އެ ދައްކާނެ މީހަކު ނާންނާނެ އިނގޭތޯ. އެއީ އެކަމެއް ނުކުރެވޭނެ އިނގޭތޯ. އެއީ ވާނެ ކަމެއްނޫން.

 

ޕްރެޒެންޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް:

 

ވަރަށް ޒުވާނުންނަށް ކަންތައްތައް ކޮށްދެއްވުމުގައި، ޒުވާނުންނަށް ޚާއްޞަގޮތެއްގައި ދިވެހިރާއްޖޭގެ ކަންކަން ފަހިކޮށްދެއްވުމަށް މަނިކުފާނުގެ ސިޔާސަތުތައް ބިނާކުރައްވަމުން ގެންދަވަނީ. އަދި ޚާއްޞަގޮތެއްގައި، ކޮންމެ ކަމެއްގައިވެސް، ކޮންމެ ރަސްމިއްޔާތެއްގައިވެސް ޒުވާނުންގެ ވާހަކަފުޅު މަނިކުފާނު ދައްކަވާ. ކޮބައިތޯ ޒުވާނުންނަށް މަނިކުފާނު ދެއްވަން އޮތް އެންމެ ޚާއްޞަ ނަސޭހަތަކީ؟ 

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

 

އަޅުގަނޑު ޒުވާނުން ގާތުގައި ބުނަން ބޭނުންވަނީ، ޒުވާނުންނަށް ބޭނުންވާ ވަރަށްގިނަ ކަންތައްތައް އަޅުގަނޑުމެން މިގެންދަނީ ކޮށްދެމުންނޭ. އަޅުގަނޑު އެންމެ ބޮޑަށް ޒުވާނުން ލައްވައި ކުރުވަން ބޭނުންވާ ކަމަކީ، ރާއްޖޭގެ ތަރައްޤީގައި އެމީހުންގެ ބޮޑު ޙިއްޞާ އޮތުން. ރާއްޖެ އަޅުގަނޑުމެން ބޭނުންވާގޮތަށް ބައްޓަން ކުރުމުގައި އެމީހުންގެ ބޮޑު ޙިއްޞާ އޮތުން އިނގޭތޯ. އެއީ ކޮންމެހެން ކުޅިވަރު އެކަންޏެއްވެސް ނޫން. ކުޅިވަރަކީ ޝައްކެއްވެސްނެތްގޮތުގައި، ހަމަ ކުޅިވަރުގެ ގިނަ ޒުވާނުން އުޅެފައި، ދިވެހިރާއްޖެއަށް ޝަރަފުވެރި އިނާމުތަކާއި މެޑެލްތަކާއި ވަނަތައް ހޯދުމަކީ އަޅުގަނޑު އެންމެ އެދޭ ކަންތައް، ކުޅިވަރުގެ ދާއިރާއިން އިނގޭތޯ.

 

ދެން އެކަމަކު އަޅުގަނޑު ބޭނުންވަނީ، ޒުވާނުން ކުރާ ކޮންމެ ކަމެއްގައި ހަމަ ދިވެހިރާއްޖޭގައި ކުޅިވަރުން އެ ގެންނަ ރަން ވަނަތައް ހޯދުން އިނގޭތޯ. އަޅުގަނޑުމެން ކީއްކުރަންތޯ، މިވަރުގެ އިޤްތިޞާދެއް ބިނާކޮށް، ދިވެހިރާއްޖެއަކީ މިހާ ވަރުގަދަ ތަނަކަށް ހަދަން މިއުޅެނީ. ކީއްކުރަންތޯ، ކޮންބަޔަކަށް ވަޒީފާދޭންތޯ؟ މީގެކުރިން ޒުވާނުންނަކީ އަޅައިނުލެވި ތިބި ބައެއް އިނގޭތޯ. އެ އަޅުގަނޑު ނުބުނަން، ސަރުކާރުތަކަކުންނެއް ގަސްދުގައި އިހުމާލުކޮށްލާފައެކޭ އަޅުގަނޑު ބުނާކަށްނެތިން އިނގޭތޯ. އެކަމަކު ކޮންމެގޮތަކަށް އެކަންދިޔަސް، ނަތީޖާއަކީ ޒުވާނުންނަކީ ނާއުއްމީދުވެފައި ތިބި ބައެއް. ޒުވާނުންގެ ކަންތައްތަކެއް، ބޭނުންތަކެއް ހުންނާނެ ކަމެއް ގަބޫލެއްނުކުރެވޭ. ގެދޮރު ބޭނުންވާނެކަމެއް ވިސްނިފައެއްނެތް. ހަމަގައިމުވެސް ޕްލޭނިންގ ފޯކަސްގެ ތެރޭގައި އެ ބައިބައެއް އައިސްފައެއްނެތް އިނގޭތޯ. އެހެންވީމާ، އާބާދީގެ ބޮޑުބައި ޒުވާނުން، އަޅުގަނޑުމެން ހަމަ އަބަދުވެސް އެކަމަކު ތަންތަނުގައި ވާހަކަ ދައްކާއިރު ބުނާނެ، ކަލޭމެންނަކީ ދިވެހިރާއްޖޭގެ މުސްތަޤްބަލޭ. އެކަމަކު ދިވެހިރާއްޖޭގެ މުސްތަޤްބަލޭ ބުނަނީ ވާހަކަ ދައްކާއިރު. މުސްތަޤްބަލްކަން ދެނެގެންނެއް އެމީހުންނަށް ކަންތައްތައް ކޮށްދޭކަށް މަސައްކަތް ކުރެވިފައެއްނެތް.

 

އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި މިއުޅޭ ހުރިހާ ހަމަނުޖެހުމަކާއި، ހުރިހާ ވިޔާނުދާ ކަންތައްތައް ކުރުވާކަށްނޫން ޒުވާނުން ބޭނުންކުރަންވާނީ އިނގޭތޯ. ޒުވާނުން ބޭނުންކުރަންވާނީ ޕްރޮޑަކްޓިވްކޮށް، އެމީހުންގެ ދައުރު، ޤައުމު ބިނާކުރުމުގެ ހުރިހާ ދާއިރާއެއްގައި އިނގޭތޯ. އެ ވަރިހަމަ، އޭ.ޓީ.ސީ.ގެ ޓަވަރުގައި އިންނަން ކަމަށްވީނަމަވެސް. އެ ވަރިހަމަ ލޯންޗް ދުއްވިޔަސް. އެ ވަރިހަމަ ދަނޑުވެރިކަން ކުރަންވިޔަސް. އެ ވަރިހަމަ އެމް.އެން.ޔޫ.ގެ ކޯސް ހެދިޔަސް އިނގޭތޯ.

 

އެކަމަކު މިއީ ޤައުމުގައި އިސް ދައުރެއް އަދާކުރަންޖެހޭ ބައެއްކަން، ތަރުބިއްޔަތުގެ އެންމެ ޅަފަތުގައި އެމީހުންނަށް ގަބޫލުކުރެވެންވާނެ. އެ ކޮންވިކްޝަން އެމީހުންނަށް ލިބެންވާނެ. އެކަން ރައީސް މިކޮށްދެނީ. ރައީސް އެކަން ކޮށްދޭއިރު، ޒުވާނުންނަށް އެނގެންވާނެ، ތިމަންނާމެން މި މަސައްކަތުގައި އުޅޭކަމަށްވަންޏާ، ތިމަންނާމެންނަށް ބޭނުންވާ ކަންތައްތައް ރައީސް އެބަ ކޮށްދެޔޭ. ނަފްސުގެ އިތުބާރު، ކޮންމެ މީހެއްގެ މައްޗަށް އޮންނަންވާނެ ދޮގެއްތޯ.

 

މިއަދު މިއޮތީ ވޯޓާ ހަމަޔަށް އައިސްފައި. މިއަދު ވޯޓާ ހަމަޔަށް އަންނައިރު އަޅުގަނޑުމެން އެންމެން މި ދައްކާ ވާހަކަޔަކީ، އަޅުގަނޑުމެންގެ ނަފްސުގެ މައްޗަށް އިތުބާރުކޮށްފައި، ރަނގަޅު ގޮތް އިޚްތިޔާރު ކުރާށޭ. މީހެއްގެ ނުފޫޒުގެ ދަށަށް ނުދާށޭ. އަދި އަމުދުން ފައިސާ، ނޫނީވިއްޔާ މިކަހަލަ މާއްދިއްޔަތުގެ ނުފޫޒަށް ނުދާށޭ. މިއީ ޤައުމެއްގެ ކުރިމަގާ ދޭތެރޭގައި މި ވިސްނަނީ، އެހެން ނޫންތޯ.

 

އެހެންވީމާ، ކޮންމެ ޒުވާނަކަށްވެސް އެބަ ލިބެންޖެހޭ އެ ކެރެކްޓަރ. ދެން އަޅުގަނޑު ބޭނުންވޭ، އަޅުގަނޑުގެ ކެރެކްޓަރ، ހަމަ ކޮންމެ ޒުވާނަކަށްވެސް ލިބެން އިނގޭތޯ. އޭރަށް ހުރެވޭނެ އިނގޭތޯ. އޭރަށް ހުރެވޭނެ، މީހެއްގެ އަޅުވެތިކަމުގައި ނޫޅެ، އަޅުގަނޑުމެންނަށް ތިބެވެންވާނެ އިނގޭތޯ. ހަމަގައިމުވެސް މި ގޮނޑިއަށް އެސްޕަޔަރ ކުރާ މީހުން، ދައުލަތުގެ އެންމެމަތީ ގޮނޑިޔަށް އެސްޕަޔަރ ކުރާ މީހުން ވެއްޖިއްޔާ، އަޅުގަނޑު ހަމަ ބުނާނީ، ކެރެކްޓަރ ކޮމްޕްރޮމައިޒް ނުކުރާށޭ. އިންޓެރގްރިޓީއާއެކީ އަންނަންވާނީ އިނގޭތޯ. އަޅުގަނޑުމެންގެ ކެރެކްޓަރ ކޮމްޕްރޮމައިޒް ވެގެންނުވާނެ، ބޭރުގެ ދައުލަތްތަކުގެ ލީޑަރުންގެ ކުރިމަތީގައިވެސް އިނގޭތޯ. އެ ދައުލަތްތަކުގައިވެސް އަޅުގަނޑު ގަބޫލުކުރަން، އެއީ އަޅުގަނޑުމެންނަށްވުރެ މާ ވަރުގަދަ މީހުން. އެކަމަކު އެ ދައުލަތްތަކުގެ ރައްޔިތުން، ހަމަ އެ ދައުލަތްތަކުގެ ކަންތައް، ރައްޔިތުން ބޭނުންވާގޮތަށް އިންތިޚާބުކުރި މީހުން އެއީ. މި ދައުލަތުގެ ރައްޔިތުން، މި ޤައުމުގެ ރައްޔިތުން، މި ޤައުމުގެ ކަންތައް ކުރިއަށް ގެންދަން އިންތިޚާބުކުރި މީހަކީ އަޅުގަނޑު.

 

އެހެންވީމާ، މި ވިސްނުމުން ވިސްނާކަމަށްވަންޏާ، އަޅުގަނޑަކަށް މިސާލަކަށް، ބަރަކް އޮބާމާ، ނޫނީ ލީކް އަންޔޫ، ނޫނީވިއްޔާ އެހެންވެސް ބޭފުޅަކާ ހަމަ އެއްވެސް ތަފާތެއްނެތް. ޚިދުމަތާއި ޒިންމާއަށް ބަލާކަމަށްވަންޏާ ދޮގެއްތޯ. އެހެންވީމާ، އެމީހުންގެ ރައްޔިތުން، އެ ރައީސުންގެ ފަރާތުން އެދޭ ކަންކަން، އަޅުގަނޑުގެ ރައްޔިތުން، އަޅުގަނޑުގެ ފަރާތުން އެދޭނީ. އެހެން ނޫންތޯ.

 

އެހެންވީމާ، ޒުވާނުންނަށް އަޅުގަނޑު ދޭން ބޭނުންވާ ނަސޭހަތަކީ، ރައީސާއެކީ މަސައްކަތްކުރާށޭ. ރައީސް މިގެންދަނީ ހަމަ ޒުވާނުންނަށް ފުރްޞަތު ހޯދައިދެމުން. ޒުވާނުންނަކީ މީހުންނަށް ޑިޕެންޑްނުކޮށް، އަބުރުވެރިކަމާއި މުރުއްވަތްތެރިކަމާއެކީ އުޅެވޭވަރުގެ ދިރިއުޅުމެއް އާރާސްތު ކުރެވޭވަރުގެ ބަޔަކަށް ހަދަން، ރައީސް އެ ރިސޯސް މި ހޯދަނީ.

 

އެހެންވީމާ، ދެން ކީއްކުރަންތޯ ޒުވާނުން މިކަން ދޫކޮށްލާފައި، ކުށްކުރަން ދާންވީ އިނގޭތޯ. އަބަދުވެސް ވަގުތީ ކަމެއްގައި ޒުވާނަކަށް ލިބޭ، ނޫނީ ހުށަހެޅޭ އިނާމު ބޮޑުވެދާނެ. އެއީ އަބަދުވެސް ކަންތައް ވާނެގޮތް. އެކަމަކު އެހިސާބުން އެކަންދިޔައީ ދޮގެއްތޯ. އެހިސާބުން އެކަންދިޔައީ. އެހެންނަމަވެސް، ދާއިމީކޮށް ޒުވާނުން މަސައްކަތުގައި ވަގުތު ނަގައިގެން، ގިނަ ވަގުތު ޤައުމު ބިނާކުރުމުގެ ކަންކަމުގައި އުޅޭކަމަށްވަންޏާ، އެއަށްވުރެ އުފާވެރި ދުވަހެއް ދިވެހިރާއްޖެއަކަށްވެސް، އަދި އެހެން އެއްވެސް ދައުލަތަކަށް ނުލިބޭނެ ދޮގެއްތޯ.

 

ޕްރެޒެންޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް:

 

ޤައުމެއްގެ ވަލިއްޔުލްއަމުރެއްގެ މަޤާމުގައި އިނގޭތޯ، އެންމެ އިސް މަޤާމެއްގައި ހުންނަވާއިރު، އަޅުގަނޑު ގަބޫލުކުރާގޮތުގައި، އެންމެ މުހިއްމު ކަމަކަށްވާނީ، ނިންމެވުންތައް ނިންމެވުން. ޑިސިޝަންތައް ނެގުން. މި ޑިސިޝަންތައް ނެގުމުގައި، ނިންމެވުންތައް ނިންމެވުމުގައި، މަނިކުފާނު ވިސްނަވާ ވަކި އޭންގަލްތަކެއް، ގޮތްތަކެއް، ނުވަތަ މަނިކުފާނު ފޮލޯ ކުރައްވާ ވަކި ލީޑަރެއް، ވަކި ލީޑަރެއްގެ ނިންމެވުންތަކެއް، ޚާއްޞަ ގޮތްތަކެއް، އުޞޫލުތަކެއް ހުރޭތޯ، ނިންމެވުންތައް ނިންމެވުމުގައި؟

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

 

ނޫން. ނޫން. އަޅުގަނޑު ހަމަ ބޮޑެތި މައްސަލަތައް ނިންމަނީ ހަމަ ފުދޭވަރަކަށް މަޝްވަރާކޮށްފައި އިނގޭތޯ. ބޮޑެތި މައްސަލަތައް ނިންމަނީ ފުދޭވަރަކަށް މަޝްވަރާކޮށްފައި. އަދި އަމުދުން ޚާއްޞަ ފަންނީ މައްސަލަތަކުގައި އަޅުގަނޑު މަޝްވަރާ ކުރަން އިނގޭތޯ. އެ ބޭނުމުގައި، ކެބިނެޓުގެ ދެ ކައުންސިލް އަޅުގަނޑު އުފެއްދީ އިނގޭތޯ. ކެބިނެޓް ޖަލްސާއަކަށް ކުރީގައި ދިވެހިރާއްޖޭގައި އޮންނަ އުޞޫލުން ކެބިނެޓް ޖަލްސާއަކަށް ދައުލަތުގައި ހުރި ބޮޑެތި މައްސަލަތައް ގެނެސްގެން ނިންމާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ސަރުކާރުން މި ގެންދިޔަ ބާރުމިނުގައި އެއްވެސް ކަމެއް ނުކުރެވޭނެ އިނގޭތޯ. އަޅުގަނޑުވެސް މިއީ ކެބިނެޓްގައި އެތައް ޒަމާނެއް ވަންދެން އުޅުނު މީހެއް އިނގޭތޯ. ކެބިނެޓުގެ ޖަލްސާތައް، މަހަކު ދެ ޖަލްސާ، ނޫނީވިއްޔާ ތިން ޖަލްސާ، ދެ ހަފްތާއިން އެއް ހަފްތާ ޖަލްސާއެއް އޮވެދާނެ. ގިނަވެގެން، ހަމަ ބޮޑެތި މައްސަލަތައް ވެއްޖިއްޔާ، ތިން މައްސަލަވެސް ދުވާލަކު ނުނިމޭނެ އިނގޭތޯ.

 

އެހެންވީމާ، އަޅުގަނޑުގެ ވިސްނުމުގައި، ހަމަ މެނޭޖްމަންޓް އެފިޝަންސީ ގެންނަން މިޖެހެނީ. ހިންގުމުގެ ވައްޓަފާޅިއަށް މި ބަދަލު އަންނަން މިޖެހެނީ އިނގޭތޯ. އެހެންވީމާ، އަޅުގަނޑު ހަމަ ޒަޢާމަތާ ފުރަތަމަ ހަވާލުވެފައި، އިޤްތިޞާދީ މަސައްކަތާއި، ޒުވާނުންނާއި ކުޅިވަރުގެ މަސައްކަތް އެއީ އަޅުގަނޑުގެ އެންމެ ފޭވަރިޓް ދާއިރާވީމާ، އެބައި ވަކިކޮށްލީ. އެއީ ހަމަ ވަކި މިނިސްޓަރުންކޮޅެއް ތިއްބަވަނީ އެ ދާއިރާތަކުގައި. ވަޒީރުން ތިއްބަވަނީ. ދެން އެ ޗެއަރވެސްކުރީ އަޅުގަނޑު އިނގޭތޯ. ދެން އަނެއް ދާއިރާއަކީ އިޖުތިމާޢީ ދާއިރާ. އެ ދާއިރާއަކީ، ޞިއްޙީ ދާއިރާއާއި ތަޢުލީމާ، މިހެންހުރި އިޖުތިމާޢީ ހުރިހާ ދާއިރާ. އެ ދާއިރާ ވަކިކޮށްލާފައި ނައިބު ރައީސް ބަލަހައްޓަވާ ގޮތަށް އިނގޭތޯ.

 

އެހެންވީމާ، މިއަދު ބައެއް ނައިބު ރައީސުން، އަޅުގަނޑު މިއީ އިޤްތިޞާދީ ކައުންސިލް ބަލަހައްޓާފައި ހުރި މީހެއް ނޫނޭ ބުނާއިރު، އެމީހުން ހަނދާންވާނެ، އެމީހުންނަށް ނައިބު ރައީސްކަން ލިބިގެން، އިޖުތިމާޢީ ކައުންސިލް ހަވާލުވާށޭ ބުނީމާ، ރައީސޭ، ތިމަންނާ ދަންނަ ދާއިރާއެއް ނޫނޭ، ތިމަންނާއަކަށް ތިކަމެއް ނުކުރެވޭނޭ ބުނީމާ، ރައީސް އެމީހުންނަށް ޖާގަދޭން، ރައީސްގެ ފޭވަރިޓް ދާއިރާ ދޫކޮށްލީ އެމީހުންނަށް. މިއަދު އެއްވެސް މީހަކަށް، އެއްވެސް މީހަކަށް މިތަނުން ކްރެޑިޓް ނެގޭނެ މީހަކު ނުހުންނާނެ އިނގޭތޯ. އިޤްތިޞާދީ ކައުންސިލުން އަޅުގަނޑު ޗެއަރގައި ނެތި ނިންމިޔަސް، އިޖުތިމާޢީ ކައުންސިލުގައި، އަޅުގަނޑު އަމުދުން ނީންނާނެ. ނިންމާ ނިންމާ ކަމެއް ވެއްޖިއްޔާ ރައީސްގެ މޭޒަށް އައިސްފައި ނޫނިއްޔާ، ބޮޑު އެއްވެސް މައްސަލައެއް ނިމިގެނެއް ނުވާނެ އިނގޭތޯ.

 

އެހެންވީމާ، ރައީސްގެ މޭޒަށް ގެންނަންޖެހޭނެ މައްސަލަތައް. ރައީސްގެ މޭޒަށް ނައިސް ނިންމާފައި ހުރި މައްސަލަތައް އެއީ، މިސާލަކަށް ކައުންސިލަކުން ނިންމަވަނީ، ނައިބު ރައީސަކު އިންނަވައިގެން. ދެން މިތަނުން ސިޓީ ނުދެއެކޭ ނޫން. ހިނގާފައި އެބަހުރި ސިޓީ އިނގޭތޯ. އެކަހަލަ ބައެއް ކަންތައް ހުރޭ. އެކަމަކު އެއީ ގޯސް. ރައީސާ ހަމައަށް އަންނަންޖެހޭނެ. މިއީ ރައީސަށް މަޝްވަރާދޭ ދޮގެއްތޯ. ޤާނޫނުއަސާސީގައި މި ބުނަނީ ރައީސް މަޝްވަރާ ހޯދަން، ވަޒީރުންގެ މަޖިލީހެއް އޮންނަން ދޮގެއްތޯ. އެހެންވީމާ، މި މަޝްވަރާ. އެހެންވީމާ، ޙަޤީޤަތުގައި މި ދެ ކައުންސިލް މި އުފެއްދީ ހަމަ މެނޭޖްމަންޓް އެފިޝަންސީ ގެނައުމަށްޓަކައި.

 

އެހެންވީމާ، މި ތަންތަނުގައި ނިމިގެން މިދަނީ ހަމަ ބޮޑެތި މައްސަލަތައް. މި މައްސަލަތައް ނިމޭއިރު، އަޅުގަނޑު މި ދެންނެވި ގޮތަށް، ދައުލަތަށް، ނޫނީ އާބާދީގެ ބޮޑު ބަޔަކަށް، ރަށެއްގެ ރައްޔިތަކަށް ދަތިވާ ގިނަ ކަންކަން ވެއްޖިއްޔާ، ހަމަ މި ހުންނަނީ ވަރަށް ބްރޯޑްކޮށް މަޝްވަރާ ހޯދިފައި މި ހުންނަނީ.

 

އެކަމަކު އަޅުގަނޑަކީ ކޮންމެ މައުޟޫޢަކަށް ވަކި ވަގުތެއް ކަނޑައަޅައިގެން މަސައްކަތްކުރާ މީހެއް. އެހެންވީމާ، އިޤްތިޞާދީ ކައުންސިލަށް އަންނަ ބޮޑު މަޝްރޫޢެއް ކަމަށްވަންޏާ، ހަމަ ގާތްގަނޑަކަށް ފަސް މިނިޓް، ދިހަ މިނިޓުން ނުނިމޭނެ ކަމެއް ނޯންނާނެ. ދެން އަޅުގަނޑުގެ ފަންނުވެސްމެ އެއީ އިނގޭތޯ. އަޅުގަނޑުގެ ފަންނުވެސްމެ އެއީ. ދެން ހަމަ ފުލް ކެބިނެޓަށް ގެންނަނީވެސް ބައެއްކަހަލަ މައްސަލަތައް. މަޝްވަރާކޮށްފައި، ދެ ކައުންސިލްގެ މަޝްވަރާ ބޭނުންވާކަހަލަ ކަންކަން އަޅުގަނޑުގެ ކެބިނެޓަށް ގެންނަން. މިސާލަކަށް، މަރުގެ މައްސަލަ އިނގޭތޯ. މަރުގެ މައްސަލަ، ދެ ކައުންސިލްގައިވެސް ވާހަކަ ދައްކާފައި، ތިން ނަޒަރިއްޔާއަކުން މަރުގެ މައްސަލައާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންޖެހުނު. މިސާލަކަށް ދާޚިލީ. އެއީ ހަމަޖެހުމާއި، ޤާނޫނުގައި، މިކަން މިގޮތަށް ކުރީމާ ރައްޔިތުން ދެކޭނެގޮތް. މިއީ ހަމަ އެކްސްޓެންސިވްކޮށް މަސައްކަތް ކުރަންޖެހުނު ކަމެއް. އެއަށްވުރެ ބޮޑު އުނދަގުލަކަށްވީ ކަމަކީ، ޚާރިޖީ ދާއިރާއިން، މިކަން ބޭރުން ބަލައިގަންނާނީ ކިހާ މިންވަރަކަށްތޯ. މިއީ ހަމަ ވަކިން ވަރަށް ވަރުގަދަޔަށް މަޝްވަރާކޮށް، ދިރާސާ ކުރަންޖެހުނު ކަމެއް. ތިންވަނަޔަށް ކުރަންޖެހުނު ކަމަކީ، ދީނުގައި މިކަން އޮންނަނީ ކިހިނެއްތޯ. މިއީވެސް ވަރަށް ވަރުގަދަޔަށް ކުރަންޖެހުނު ކަމެއް އިނގޭތޯ.

 

އެކަމަކު މިތާ ޔައުމިއްޔާ ބައްލަވާ! މުޅި މައްސަލަ، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، ކެބިނެޓުގެ ދެ ދުވަހުގެ ޖަލްސާގައި، މުޅި މައްސަލައަށް ނޯންނާނެ، ހަތަރު ގަޑިއިރުވެސް ހޭދަވެފައެއް. އެއީ ހަމަ ސްޓްރަކްޗަރކޮށްގެން. ފުރަތަމަ މިސާލަކަށް، ދީނީގޮތުން މިކަން އޮތްގޮތް. ހަމަ އެ ޓޮޕިކް އެކަނި ވާހަކަ ދައްކާފައި ނިމުނީ. ބައެއް ވަޒީރުން އެ ޓޮޕިކް ނިންމާފައި، އެހެން ތީމަކަށް ދިޔައިމާ ހަމަ އަނެއްކާވެސް ދީނީ ކޮންމެވެސް ވާހަކައެއް ވިދާޅުވާނެ. އަޅުގަނޑު ދަންނަވަން މިހާރު ދެން ތިޔަ ފުރްޞަތު ދިޔައީއޭ. އެހެންވީމާ، ޓައިމްކޮށްގެން ކުރެވެންވާނެ ދޮގެއްތޯ.

 

އެހެންވީމާ، ގިނަ ބޮޑެތި މައްސަލަތަކަކީ، ތިޔަ ކުރެއްވި ސުވާލު ހަމަ ކުރުކޮށް ދަންނަވާ ކަމަށްވަންޏާ، މަޝްވަރާ ބޭނުންވާ ކަންކަމުގައި މަޝްވަރާ ކުރެވިގެން ކުރަނީ އިނގޭތޯ. ދެން އެކަމަކު އޭގެ މާނަޔަކީ، ލިބޭ މަޝްވަރާއަކީ އަޅުގަނޑުމެންނަށް މިވަގުތު ލިބެން އޮތް އެންމެ ރަނގަޅު މަޝްވަރާ. އެކަމަކު އެއީ އެހެން ހުރިހާ އެންމެން ޚިޔާލު އެއްގޮތްވާނެ މަޝްވަރާއަށްނުވެ ހިނގައިދާނެ ދޮގެއްތޯ. އެކަމަކު މަޝްވަރާކޮށްގެން ކުރަނީ.

 

ދެން އަޅުގަނޑަކީ ސަރުކާރުގައި ވަރަށްގިނަ ޒަމާނު އުޅެފައި، ރައްޔިތުންގެ މަޖިލީހުގައި އެހާ ގިނަ ޒަމާނު އުޅެފައި، ދެން އަޅުގަނޑަކީ އަޅުގަނޑުގެ އަމިއްލަ ވިސްނުންތަކަކާއި، އަޅުގަނޑުގެ އަމިއްލަ ތަޢުލީމުގެ ތަރުބިއްޔަތު ހުރި މީހަކަށްވާތީ، ހަމަ ވަރަށްގިނަ ކަންކަމަކީ، އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ހަމަ އޭގެ ހުނަރުވެރިކަންވެސް ހުރި ކަންކަން އިނގޭތޯ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެހާ އުނދަގުލެއްނޫން.

 

ޕްރެޒެންޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް:

 

މީގެ ތިން އަހަރު ކުރި އިނގޭތޯ. 2015 ވަނަ އަހަރުގެ ސެޕްޓެންބަރުން 28 ވަނަ ދުވަސް. ވަރަށް ޚުޠޫރަތްތެރި ދުވަހެއް. އެދުވަހު މަނިކުފާނު އިންނެވި ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލުމުގެ ހާދިސާ ހިނގައި، މަނިކުފާނުގެ އަނބިކަނބަލުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް އެދުވަހުވި އިނގޭތޯ. ވަރަށް ސީރިޔަސް ދުވަހެއް. ދެން އަދި އެދުވަހު އެކަންކަން ހިނގައިދިޔަގޮތާއި، ވީގޮތާއި، އަދި އެދުވަހުގެ މަނިކުފާނުގެ އިޙްސާސްތަކާ، އެއީ ވަރަށް ބޮޑަށް މީޑިއާއަށް އަދިވެސް ނޭނގި އޮތް ކަމެއް އިނގޭތޯ.

 

މިކަހަލަ ވަގުތުކޮޅެއް ދެއްވީމާ، އަޅުގަނޑު މަނިކުފާނުގެ އިޒުނަޔާއެކު، އެ ސުވާލުކޮށްލާހިތްވޭ. އެވަގުތު، ނުވަތަ އެ ޚުޠޫރަތްތެރި ދަނޑިވަޅު، އެކަންކަން މަނިކުފާނާއި މަނިކުފާނުގެ އަނބިކަނބަލުން އަދި ޢާއިލާއަށް ކުރިމަތިވެވަޑައިގެންނެވި ވަގުތު، އަދި ދިވެހި ޤައުމަށްވެސް އެ ސިހުން ގެނުވި ވަގުތު، ކޮބައިތޯ މަނިކުފާނުގެ އިޙްސާސްތަކަކީ؟

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

 

އަޅުގަނޑު ހަމަ ޙަޤީޤަތުގައިވެސް ވަރަށް ދައްކާހިތްނުވާ ވާހަކައެއް އިނގޭތޯ. އަޅުގަނޑު ގަބޫލެއްނުކުރަން، މިހާރު ދިވެހިރާއްޖޭގައި މީހުންގެ ވިސްނުން އައިސްފައި ހުރިވަރުން، ޢާއިލާއަކަށް، ފަރުދަކަށް ލިބޭ މިކަހަލަ އުނދަގޫކަމެއް، ޝޮކަކީ މާގިނަ ރައްޔިތުން މާގިނަ ދުވަހު ދައްކާ ވާހަކައެއް ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން އިނގޭތޯ. ދެން އަޅުގަނޑުގެ ވަރަށް ޕަރސަނަލް ޝުޢޫރުތަކެއް، އޭގައި ހުންނާނެ ދޮގެއްތޯ. އެހެންވީމާ، އަޅުގަނޑު ބޭނުމެއްނޫން، އެ ވާހަކަ ރައްޔިތުންގެ ކައިރީގައި ދައްކާކަށް. އެއީ ރައްޔިތުން އެކަންކަން، އަޅުގަނޑު މި ދެންނެވި ގޮތަށް، ރައްޔިތުންގެ ތެރޭގައި އެވަރުގެ ރަޙުމެއް މިކަހަލަ ކަންކަމުގައި ހުރިކަމަކަށް އަޅުގަނޑެއް ގަބޫލެއްނުކުރަން އިނގޭތޯ. އަޅުގަނޑެއް ގަބޫލެއްނުކުރަން. މިހާރުވެސް އެކަންކަން ކުރި މީހުންގެ ސަނާ ކިޔާފައި އުޅޭ މީހުން މަދެއްނޫން. އެކަމަކު އަޅުގަނޑަށް ހަމަ ޔަޤީނުންވެސް އެނގޭ އެއްޗަކީ، ﷲގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭ ދުވަހެއް އެއީ އިނގޭތޯ.

 

އެހެންވީމާ، އަޅުގަނޑު ހަމަ ވަރަށް ޕަރސަނަލް ކަމެއް ތިއީ. އަނެއްކާ ތީގައި އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުން އެކަންޏެއްނޫން އިނގޭތޯ. އެދުވަހު ކަންދިމާވިގޮތުން އަޅުގަނޑުގެ މުޅި ޢާއިލާވެސް ތިޔަ ލޯންޗްގައި އިންނާނެ އިނގޭތޯ. މުޅި ޢާއިލާވެސް އިންނާނެ. އެކަމަކު އެދުވަހު ވީގޮތަކީ، އަޅުގަނޑުގެ ކުޑަ ދަރިފުޅު ސްކޫލްގައި. އޭނާ ސްކޫލަށް ދާންޖެހޭ ދުވަހަކަށްވީ. އޭނާ ބަހައްޓާފައި ދިޔައީ، އަޅުގަނޑުގެ އަންހެން ދަރިފުޅު ކައިރީގައި. އެހެންވީމާ، އޭނާ ސްކޫލަށް ފޮނުވާފައި އަންހެން ދަރިފުޅަށް ނާދެވުނީ. ބަންދު ދުވަހެއް ގޮތަށް، ކުރީގައި އޮތްގޮތަށް ބަންދުވާ ދުވަހެއް ގޮތަށް އޮތްނަމަ، އަޅުގަނޑުގެ އަންހެން ދަރިފުޅުވެސް، އޭނާގެ ފިރިމީހާވެސް، އަޅުގަނޑުގެ ފިރިހެން ދަރިފުޅުވެސް، ބޮޑު ފިރިހެން ދަރިފުޅުވެސް ލޯންޗްގައި އިނީސް އިނގޭތޯ. ދެން އެހާ ރަޙުމްކުޑަކޮށްދިޔަ ކަމެއް ދޮގެއްތޯ އެއީ. އެކަމަކު ދެން އެއީ މާޒީ ދޮގެއްތޯ. އަޅުގަނޑު އެހާ އެ ވާހަކަ ދައްކާކަށް ބޭނުމެއްނޫން.

 

ޕްރެޒެންޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް:

 

މަނިކުފާނު ޑްރީމް ޓީމެއް ނަންގަވަންޏާ އިނގޭތޯ. ކޮންމެ މީހެއްގެވެސް ޑްރީމް ޓީމް އޮވޭ، އަޅުގަނޑު ގަބޫލުކުރާގޮތުންވިއްޔާ، ކުޅިވަރުގެ ގޮތުންވިޔަސް، ސިޔާސީ ގޮތުންވިޔަސް، ޑްރީމް ޓީމެއް ނަންގަވަންޏާ، ކޮބައިތޯ މަނިކުފާނުގެ ޓީމަކީ؟

 

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

 

ޑްރީމް ޓީމަކީ ހަމަ އެމީހަކާ ޓާސްކް ކުރެވޭ ކަމެއްގައި، މިހާތަނަށް އެބޭފުޅެއްގެ ފަންނީ ޤާބިލުކަން، ދައުލަތަށް ބަލާކަމަށްވަންޏާ އިނގޭތޯ. އަޅުގަނޑު ކުޅިވަރު މިދެކެނީ ސެކަންޑްރީ ކަމެއްގެ ގޮތަށް އިނގޭތޯ. ކުޅިވަރަކީ އަޅުގަނޑުގެ ވަރަށް ޕެޝަނޭޓް. އެކަމަކު ސެކަންޑްރީ. އަޅުގަނޑުގެ އަދިވެސް ޓާސްކަކީ ޤައުމު، ހަމަ މަގަށް އެޅުވުން. ޤައުމު ކުރިބޯށްޓާ ހަމަޔަށް ގެންދިޔުން ދޮގެއްތޯ. އަޅުގަނޑު ދިވެހި ޒުވާނުން ކައިރީގައި މި ބުނަނީ މެދުއުޑުގައި އުދުހޭށޭ. އެހެންކަމަށްވަންޏާ ރައީސް ހުންނަންވާނީ އަބަދުވެސް އެ ޚިދުމަތުގައި ދޮގެއްތޯ.

 

އެހެންވީމާ، އަޅުގަނޑުގެ ޑްރީމް ޓީމުވެސް އަންނާނީ ހަމަ މި ކޮންސެޕްޓްގެ ތެރެއިން. ދައުލަތް ހިންގުމުގެ ދޮގެއްތޯ. އަޅުގަނޑު ނުނަގާނަން އަޅުގަނޑުގެ ކެބިނެޓަކަށް، މިސާލަކަށް، ޑްރީމް ޓީމަކަށް އަޅުގަނޑު ނުނަގާނަން، އޭނާގެ ކިޔެވުމުގެ ހުނަރު، ނޫނީ ކިޔެވެލީގެ ގޮތުން ކަމަށް ޤާބިލު ނޫން މީހަކު ނަގާކަށް ބޭނުމެއްނުވޭ. ދެން ސިޔާސީގޮތުން ރައްޔިތުންގެ ކުރިމަތީގައި އެބޭފުޅެއްގެ މަސައްކަތާއި، މުޅި ސަރުކާރު ޖަވާބުދާރީވާންޖެހޭ ޙާލަތްތަކުގައި ޖަވާބުދާރީވުމަށް، ސަރުކާރު ދިފާޢުކުރަން ދާން ޖެހިލުންވާ މީހުން، އަޅުގަނޑުގެ ޑްރީމް ޓީމަކު ނުތިބޭނެ އިނގޭތޯ. އަޅުގަނޑަކީ ސީރިޔަސް މީހެއް. އެހެންވީމާ، އަޅުގަނޑުގެ ވަޒީރުން ސީރިޔަސްވާންޖެހޭނެ. މިކުރަނީ ރައްޔިތުންނަށް ޚިދުމަތް.

 

އެހެންވީމާ، އަޅުގަނޑުމެން ކުރާ މަސައްކަތެއްގައި އެއްވެސް ވުޒާރާއަކަށް، އެއްވެސް ވަޒީރަކަށް ޖަވާބުދާރީނުވެވޭނެ ކަމެއް އޮވެގެން ނުވާނެ. އެހެންވީމާ، އަޅުގަނޑުގެ ޑްރީމް ޓީމުގައި ތިބޭނީ ސީރިޔަސް މީހުން އިނގޭތޯ. އެއީ They should be cut out for the task. މުޅި ސަރުކާރު ދިފާޢު ކުރެވެންވާނެ. މުޅި ރައްޔިތުންނަށް، އަޅުގަނޑުމެން މިކުރާ ކަމެއްގެ ޖަވާބުދާރީނުވެވޭ ކަމެއް ނޯންނާނެ އިނގޭތޯ. އަޅުގަނޑު އެކަނި އެއްކޮޅުގައި އިނދެގެން، ހަމަ ހުރިހާ އެންމެންނާ ޗެލެންޖް ކުރާނަން އިނގޭތޯ. އަޅުގަނޑު މިކުރާ މަސައްކަތުގައި، ރައްޔިތުންގެ ޙައްޤުގައި އަޅުގަނޑަކަށް ޖަވާބުދާރީނުވެވޭނެ ކަމެއް، އެއްވެސް ބޭފުޅަކަށް ހުށައެއްނޭޅުއްވޭނެ.

 

އެހެންވީމާ، އެ ކެރެކްޓަރ، އެ ކޮންވިކްޝަން، އެ ސްޓްރެންތް، އަޅުގަނޑުގެ ވަޒީރުންގެ ހުންނަންވާނެ. އަދި ވަޒީރުން ޑިފެންޑް ކުރައްވަންޏާ، އެއީ އެބޭފުޅާގެ ދާއިރާގެ ކަންތައް. އަޅުގަނޑު މި ޑިފެންޑް ކުރަނީ، ހުރިހާ ވަޒީރުންނާއި މުޅި ދައުލަތުގެ ކަންކަން. އެހެންވީމާ، އެ ސީރިޔަސްކަން ނެތް ބޭފުޅުންނެއް، ނޫނީވިއްޔާ އެ ޢަޒުމާއި، ކިޔެވުމުގެ އެ ކުރިއެރުމާ ނެތް ބޭފުޅުންނެއް، މިއަދު ދިވެހިރާއްޖޭގައި ސިޔާސީ ކަންކަމުގައި ސަރވައިވްއެއް ނުވާނެ ދޮގެއްތޯ. އަޅުގަނޑަކީ ވަރަށްކުރު މުއްދަތެއްގެ ތެރޭގައި، ވަރަށް ލޮފްޓީ އެޖެންޑާއެއް ހާސިލުކުރަން އައިސް އުޅޭ މީހެއް. ވަރަށް ބޮޑެތި ކަންކަމެއް ރައްޔިތުންނަށް ހާސިލުކޮށްދޭން އަންނަ މީހެއް. އެހެންވީމާ، މީގެތެރޭގައި މީޑިއޮކްރަޓީއަކަށް ޖާގައެއް ނޯންނާނެ އިނގޭތޯ. މީގެތެރޭގައި ޓޮޕްމަޗް މީހުންނަށް ހަމަ ޖާގަ އޮންނާނީ. ދެން އެމީހުންނަކީ އެމީހުން ކުރާ މަސައްކަތުގައި، ރައީސާ އެއްވަރަށް، ނޫނީ ރައީސަށްވުރެ ބޮޑަށް ކަންކަން، ސަރުކާރުގެ ސިޔާސަތު، ޚާއްޞަކޮށް، އެބޭބޭފުޅުންގެ ދާއިރާގެ ސިޔާސަތު އޮޅުންފިލުވައިދޭންޖެހޭނެ.

 

މިސާލަކަށް، ހެލްތް މިނިސްޓަރު އިނގޭތޯ. އަޅުގަނޑު އިހަށްދުވަހު ދޮގެއްތޯ، ވާހަކަ ދައްކަމުން ބުނީ. މިއީ ދިވެހި ރައްޔިތުންނަށް އެނގޭ ޙަޤީޤަތެއް. ދެ މިލިއަނެއްހާ ޑޮލަރުގެ އެމް.އާރު.އައި މެޝިނެއް ނެތިގެން އުޅުނު ވާހަކަ ދޮގެއްތޯ. ހަމަ އަޅުގަނޑުމެން ތިބީ، ޤައުމަކުން ދޭތޯ، ސަލާންޖަހާލާ، ޖަހާލާ. މިއީތޯ ދިވެހި ރައްޔިތުން އުޅެންޖެހޭގޮތަކީ. މިއަދު އެމް.އާރު.އައި މެޝިން ހަދާފައި، މިއަދު މި ދައްކަނީ ކޮން ވާހަކައެއްތޯ؟ މިއަދު މާލޭގައި އެމް.އާރު.އައި މެޝިން ހުންނަތާ ދުވަސްގަނޑެއްވީ. މިއަދު ހުޅުމާލޭގައި ހޮސްޕިޓަލްގައި، އެމް.އާރު.އައި މެޝިން އިންސްޓޯލްކޮށް، އެ ކޮމިޝަން ކުރީ އިނގޭތޯ.

 

އެހެންވީމާ، މިއީ އެހާފަސޭހައިން ކުރެވެންހުރި ކަންތައް އިނގޭތޯ، އެކަން ކުރަން ބޭނުމީވިއްޔާ. މިއަދު އަޅުގަނޑުމެން ޞިއްޙީ ދާއިރާއިން މި ދައްކަނީ، އޯގަން ޓްރާންސްޕްލާންޓް ކުރާ ވާހަކަ. އެތެރޭގެ ގުނަވަންތައް ބަދަލުކުރާ ހިސާބަށް ދިވެހިރާއްޖެ ދިޔައީ. ދެން ކީއްވެތޯ، މި ވާހަކަ ދިފާޢުކުރަން، ނޫނީ މި ވާހަކަ ވިއްކަން، ހެލްތް މިނިސްޓަރަށް ނޭރެންވީ ޓީ.ވީ. އަށް؟ ރައްޔިތުން ގާތުގައި މި ވާހަކަ ނުދެއްކެންވީ ކީއްވެގެންތޯ؟ އަޅުގަނޑުމެން ކެތް ލެބެއް، ކާޑިއެކް ޑިޕާޓްމަންޓް އުފެއްދީ. ކިތައް ދިވެހި ރައްޔިތުންތޯ، އެން.ޖީ.އޯ ޕްލާސްޓީ ރާއްޖޭގައި ނުހެދޭތީ، ސްޓެންޓް ނުލެއްވޭތީ، ނޫނީވިއްޔާ އެހެން ކަމެއް ނުކުރެވޭތީ، ބެލޫން ނުކުރެވޭތީ، ކިތައް މީހުންތޯ ރާއްޖެއިން ބޭރަށް ދަނީ؟ މިއަދު އަޅުގަނޑުމެން އެކަން އެބަ ކުރަމޭ. އަނެއްކާ ކެތް ލެބަށް، ނޫނީވިއްޔާ މި ޚިދުމަތަށް އެދޭ މީހުންގެ ކިޔޫ ލިސްޓް އެހާބޮޑު. ކީއްވެގެންތޯ މި ދިފާޢު ނުކުރެވެންވީ؟ މި ވާހަކަ ދެއްކެންވާނެ ދޮގެއްތޯ. މިއީ ކޮންފަދަ ނިޢުމަތެއްތޯ؟

 

އެހެންވީމާ، މިއަދު ކިތައް މީހުންތޯ، އެހެންޏާ އޭނާގެ ކޮންޑިޝަން ސްޓޭބަލް ނުވަނީސް މަތިންދާބޯޓުގައި ދަތުރުކޮށްގެން، އެންމެކައިރި އަވަށްޓެރި ޤައުމަކަށްވެސް ނުދެވިއުޅެނިކޮށް، ފުރާނަ ގެއްލޭ ޙާލަތަށް ހުށަހެޅިފައި ތިބި މީހުން، މިއަދު އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތުން އެކަން ދިވެހިރާއްޖޭގައި އެބަ ކުރެވޭ ނޫންތޯ.

 

އެހެންވީމާ، މިވާހަކަތައް ކީއްވެގެންތޯ ރައްޔިތުންގެ ކައިރީގައި ދައްކަން، އަޅުގަނޑުމެންގެ ވަޒީރުންނަށް އަރަން ނުކެރިގެން މިއުޅެނީ؟ ކެރިވަޑައިގަންނަވާ އިނގޭތޯ މިހާރު. އަޅުގަނޑު މި ދެންނެވީ އަޅުގަނޑުގެ ޑްރީމް ޓީމެއްގައި ތިއްބަވާ ބޭފުޅުން، ދެންވެސް ޖެހޭނޭ މިކަހަލަ ވާހަކަ ރައްޔިތުންނާ ދައްކަން. އަޅުގަނޑުމެންނާ މިކަންކަމުގައި ޗެލެންޖް ކުރަން އަންނާނީ ކޮންބައެއްތޯ. ކޯއްޗެކޭ ކިޔާފައިތޯ އަންނާނީ؟ ނާދެވޭނެ ޗެލެންޖް ކުރާކަށް. އެއީ މިއިން ކޮންމެ މީހަކަށް، އަޅުގަނޑާ ވާދަކުރާ ސިޔާސީ ކޮންމެ މީހަކަށް، އެމީހަކު މި ޚިދުމަތް ރައްޔިތުންނަށް އަދާކުރުމަށް އެމީހުންނަށް ފުރްޞަތު ލިބުނު ދޮގެއްތޯ. އެހެންވީމާ، ދެން ކޮން ވާހަކައެއްތޯ މިއަދު އައިސް އަޅުގަނޑާ ދައްކަން އޮތީ؟ އެބޭފުޅުންނަކަށް ނުދެއްކެވޭނެ މިކަހަލަ ވާހަކައެއް އިނގޭތޯ.

 

ޕްރެޒެންޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް:

 

ކޮންމެ ވެރިޔަކުވެސް އަދި ޤައުމަށް ޚިދުމަތްކުރާ ކޮންމެ ލީޑަރަކުވެސް ބޭނުންފުޅުވާނެ، ތާރީޚުގެ ތެރެއަށް އެބޭފުޅެއްގެ ލެގަސީ، ނޫނީ ތަރިކައިގެ ގޮތުގައި މުހިއްމު ކަންތަކެއް ދޫކުރައްވަން. މަނިކުފާނުގެ ލެގަސީއެއްގެ ގޮތުގައި، މި ޤައުމަށް ދޫކުރައްވަން ބޭނުންފުޅުވާ ކަންތަކަކީ ކޮބައިތޯ؟

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

 

އަޅުގަނޑަށް ހީވަނީ ދެން ތާރީޚު މިހާރު ލިޔެވިއްޖެ ދޮގެއްތޯ. ހަމައެކަނި ފުދޭ ދޮގެއްތޯ. އެންމެ އުނދަގޫ ރިޔާސީ ދައުރެއް ނިންމާލަންޖެހުނު މީހަކީ ރައީސް ޔާމީނޭ ބުންޏަސް، ތާރީޚުގައި އެ ވާހަކަ ލިޔާއިރު، ވަރަށްގިނަ ވާހަކަތަކެއް ލިޔާނެ ދޮގެއްތޯ. ވަރަށްގިނަ ވާހަކަތަކެއް ލިޔާނެ. ވަރަށްގިނަ ބައެއްގެ މަކަރުވެރިކަމާއި، ހީލަތްތެރިކަމާއި، ނުބައިކަން ސިފަވެގެންދާނެ. އަނެއްކާ އޭގެތެރޭގައި، ހަމަ އެކި މުއައްސަސާތަކުގައި ތިބި އެތައް ބައެއްގެ މަކަރުވެރި ރޭވުންތަކާއި، ރައްޔިތުންނާ ދޭތެރޭގައި ނުވިސްނާ މިންވަރާއި، ބަޔަކު ކަމެއް ބޭނުންވެއްޖެ ކަމަށްވަންޏާ، ޤާނޫނީ ނިޒާމުގެ ބޭރުން ދައުލަތެއް ވައްޓާލަން މަސައްކަތް ކުރުމާ. މިކަހަލަ ލައްކަ ހުތުރު ތާރީޚު ލިޔާނެ ދޮގެއްތޯ. ދެން އެއީ އޭގެ ފަތިފުށް ދޮގެއްތޯ. އެހެން ނޫންތޯ. އެއީ އެއިން ކޮންމެ މީހަކަށް އެބަ އެނގޭ، ވޯޓާ ހަމަޔަށް ގޮސްގެން، 2018ގެ ވޯޓާ ހަމަޔަށް ގޮސްގެން، އެތަނުން އެއްވެސް ލީޑަރަކަށް، ރައީސް ޔާމީނާ ވާދަނުކުރެވޭކަން އެބަ އެނގޭ. އެހެންވީމާ، ހުރިހާ އެންމެން، މިސާލަކަށް، މަސްދަޅެއްގެ ތެރެއަށް ވަދެތިބޭގޮތަށް މިހާރު ތިބެދާނެ އިނގޭތޯ.

 

އެހެންނަމަވެސް، ދެން އޮތީ މީގެ އަނެއް ސައިޑް. ރައްޔިތުންގެ ތަރައްޤީ ދޮގެއްތޯ. މިއަދު ކުޑަކުއްޖާ އައިސް އަޅުގަނޑު ކައިރީގައި އެބުނީ އެއަރޕޯޓް އަޅައިދޭށޭ. މިއަދު ބޮޑެތި މީހުންވެސް އަޅުގަނޑު ކައިރީގައި އެ ބުނަނީ ބްރިޖް އަޅައިދޭށޭ.

 

އެހެންވީމާ، މިއަދު ރައްޔިތުންނަށް އުއްމީދު ލިބިއްޖެ ދޮގެއްތޯ. އެހެން ނޫންތޯ. ކުރީގައި ކިހިނެއްތޯ؟ 2013 ގައި އަޅުގަނޑުމެން މިކަމާ ކުރިމަތިލައިގެން ނުކުތްއިރު، މުޅި ރައްޔިތުން ތިބީ ނާއުއްމީދުގައި. އޭރު ދޮގެއްތޯ، ބޭސްމަލަންކޮޅެއް ނެތް ވާހަކަ ދައްކަނީ. ބޭސްކޮޅެއް ނެތް ވާހަކަ، އޭރު ދެއްކި މީހުން މިއަދު އެތިބީ ބޭސްމަލަންކޮޅު އޭރު ނެތް މީހުންނާއެކީ ނޫންތޯ އެތިބީ. އެހެން ނޫންތޯ. އެހެންވީމާ، ދެން ތާރީޚުގެ ތެރެއަށް، ތާރީޚު ލިޔުއްވާ ބޭފުޅުން ގެންނަވާނެ ނަޒަރިއްޔާއަކުން ގެންނަވަންވީ. އެކަމަކު އަޅުގަނޑު ގަބޫލުކުރާގޮތުން ވެއްޖިއްޔާ، ހަމަ ވަރަށްގިނަ ކަންތައްތަކެއް، ރައްޔިތުންނަށް ދަތިވެފައި ހުރި ކަންތައްތަކެއް، އިރާދަކުރެއްވިއްޔާ ފުދިގެން ހިނގައްޖެ ދޮގެއްތޯ.

 

ދެން އަޅުގަނޑަށްވުރެ ބޮޑަށް، ވެރިކަމުގެ ތެރޭގައި، ވެރިކަމުގައި މަސައްކަތްކުރިއިރު، އަޅުގަނޑަށްވުރެ ބޮޑަށް ދުއްތުރާ ކުރިމަތިވި ރައީސަކު ނުހުންނާނެ އިނގޭތޯ. އަދި މަރު އެހާ ކައިރިން ބައްދަލުކުރި އެހެން ރައީސަކުވެސް ނުހުންނާނެ އިނގޭތޯ. އެއީ އަޅުގަނޑުމެންނަށް މީގެކުރީގައި އިވެނީ، ވެރިޔަކު މަރާލަން ފިސްތޯލަ ގެންނަ ވާހަކަ. ގެންނަން އުޅުނު ވާހަކަ، ނޫނީ ގެންނަ ވާހަކަ. އެތެރެކުރެވުނަސް، އެތެރެކުރެވޭނީ ވަރަށް އުނދަގުލުން. އަދި ވެރިޔަކާ ހަމަޔަށް ގޮސް ފިސްތޯލަ ބޭނުންކުރުމަކީ، ލައްކަ ގިނަ ވަގުތާއި، ލައްކަ ގިނަ ގަޓްސް ނަގާނެ ކަމެއް. ހަމަ ޖީބުން ނެގުމާއެކީ ފަޔަރއެއްވެސް ނުކުރާނެ ދޮގެއްތޯ. ދެން އަޅުގަނޑުމެންނަށް މީގެކުރިން އިވިފައި އޮންނަނީ، މުޙައްމަދު އަމީން ވެއްޖިއްޔާ، ރޭގަނޑު ކޮންމެވެސް ތަނަކުން ހިންގަވާފައި، އަތިރީގެޔަށް ވަޑައިގަންނަވާއިރު، ކޮންމެވެސް ދިމާއެއްގައި މީހުން އެއްވެ ވަޅި ހިފައިގެން ތިބޭ ވާހަކަ. ވަޅިއަކުން ޙަމަލާ ދިނުމަކީ ކުރެވިދާނެ ކަމެއް. އެކަމަކު މުޙައްމަދު އަމީންވެސް ހިންގަވާނީކީ ގިނިކަންޏަކާވެސް ނޫން ދޮގެއްތޯ. އެހެންވީމާ، އެއީކީ އެހާ ނުރައްކާ ކަމެއްނޫން. މި ހުރިހާ އެއްޗަކަށްވުރެ ނުރައްކާ ދޮގެއްތޯ، އެކްސްޕްލޯސިވްސް، ޑައިނަމައިޓް. އެހެން ނޫންތޯ. އޭގައި ޑައިނަމައިޓް ޓޭކް އިޓްސް އޯން ކޯރސް. އެކަން ކުރި މީހާއަށްވެސް އޭތި ކޮންޓްރޯލެއްނުކުރެވޭނެ އިނގޭތޯ. އެހެންވީމާ، އެމީހާގެ ހަށިގަނޑު ކުދިކުދިވެގެންދާނީ، ބުރަބުރައިގެންދާނީ، ކިހާވަރަކަށްތޯ، އެއީ ހަމަ ޑައިނަމައިޓްގެ ބާރު ދޮގެއްތޯ އެއިން އެނގެނީ. އެހެންވީމާ، މިހާ ކައިރިން، މިހާ ނުރައްކާކޮށް، މިކަން ދިމާވި މީހަކު، ދިމާވި ރައީސަކު ނުހުންނާނެ އިނގޭތޯ.

 

ދެން އަޅުގަނޑުމެންގެ ރައީސުން އިނގޭތޯ. ޚިދުމަތްތެރި ބޭފުޅުން، ހަމަ ޤައުމުގެ ޙައްޤުގައި ހަނގުރާމަ ކުރައްވައިގެން ޝަހީދުވެފައި އެބަހުރި ދޮގެއްތޯ. އެކަމަކު އެއީ އެ ހަނގުރާމަޔަށް އެބޭފުޅުން ނުކުމެވަޑައިގަންނަވައިގެން. ހަމަ ނުކުމެވަޑައިގަންނަވަންޖެހޭތީ ނުކުމެވަޑައިގަތީ. ވަގުތު ލިބިވަޑައިގަންނަވާ. ދެން އެހެންނަމަވެސް، ﷲގެ ނިންމެވުމާ އެއްގޮތަށް ކަންކަން ނިމިގެންދަނީ ދޮގެއްތޯ. ރައީސް ޔާމީން އިންތިޒާރެއް ނުކުރަން، ރައީސް ޔާމީން މަރާލަން އެވަރުގެ މަސައްކަތެއް ކޮށްފާނެ ކަމަކަށް އިނގޭތޯ. އަޅުގަނޑު އިންތިޒާރެއް ނުކުރަން. އަނެއްކާ އެކަން ކުރަންޏާ، ކީއްތޯވާނީ އަޅުގަނޑު އެކަނި މަރާލަން މަސައްކަތް ކުރިއްޔާ. އަޅުގަނޑާއެކީ ދަތުރުކުރި އެތައް ޙައްޖާޖީންނެއް އޭގައި ތިބި. އަޅުގަނޑުގެ މުޅި ޢާއިލާ އޭގައި ހިމެނުނީސް އިނގޭތޯ.

 

އެހެންވީމާ، އެއީކީ އަޅުގަނޑު އިންތިޒާރުކުރި ކަމެއްނޫން. އަޅުގަނޑު ނުދެކެން، އަޅުގަނޑު ކުރި ޚިދުމަތުގެ އަގު ކަމަކަށް، އަޅުގަނޑުގެ ނައިބު ރައީސަކަށް މަސައްކަތް ކުރެއްވި ބޭފުޅަކު އަގު އަދާކުރައްވާނީ އެގޮތަށް ކަމަކަށް. އަޅުގަނޑެއް ގަބޫލެއްނުކުރަން އިނގޭތޯ. ދެން ނައިބު ރައީސް ދޮގެއްތޯ، އޭގައި ފެންނަން ހުރީ އިސްކޮށް. އެކަމަކު ނައިބު ރައީސާއެކީ މީގައި ބައިވެރިވި މީހުން މަދެއްނޫން ދޮގެއްތޯ. އޭގައި އެންމެ މުހިއްމު ތަޙުޤީޤުތައް ނިންމާފައި، އަޅަންވާ ފިޔަވަޅުތައް އެޅި. އެކަމަކު އޭގެ މާނަޔަކީ އޭގެ މުޅި ސްޓޯރީ އަޅުގަނޑަށް ނޭނގޭކަމަށް، ބައެއް ބޭފުޅުންނަށް ހީފުޅުވަންޏާ، އެއީވެސް ކުށްހީއެއް އިނގޭތޯ. އެއީވެސް ކުށްހީއެއް. އެއްގޮތަކަށްވެސް އަޅުގަނޑު އަންޑަރ އެސްޓިމޭޓް ކުރުމަކީ ރަނގަޅު ކަމަކަށްނުވާނެ، އެއްވެސް މީހަކަށް.

 

ޕްރެޒެންޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް:

 

ފަހު ސުވާލު އިނގޭތޯ. ފަހު ސުވާލެއްގެ ގޮތުގައި، ތަންކޮޅެއް ޢާއިލީ ސުވާލެއް. މަނިކުފާނުގެ ވާހަކަފުޅު ފަށްޓަވަމުންވެސް އިޝާރާތް ކުރެއްވި. ކާފަ ދަރިކަލުންނާ އެކީގައި މިހާރު ވަރަށް ވަގުތު ހޭދަކުރައްވާ ކަމަށް. ދެން ރިޔާސީ މި ދައުރުގެ ތެރެއިން ކާފަ ދަރިކަލަކު މި ލިބިވަޑައިގަތީވެސް. ތުއްޕުޅު ދަރިކަލުން ޢަބްދުﷲ މިހާރު ދެން މަޑުމަޑުން ﷲ އިރާދަކުރެއްވިއްޔާ ބޮޑުވަމުން އެ އަންނަނީ. މަނިކުފާނު މި މަޤާމުގައި އިންނަވައިގެން ތުއްޕުޅު ދަރިކަލުންނަށް، ޢަބްދުﷲ އަށް، ކާފަ ދަރިކަލުންނަށް ދެއްވަން ބޭނުންފުޅުވާނެ މެސެޖަކީ ކޮބައިތޯ؟

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

 

އަޅުގަނޑު ދިނިން ނޫންތޯ އެ މެސެޖް. ހަމަ ލިޓްލް ޢަބްދުﷲޒް އެންޑް ލިޓްލް ޢާއިޝާޒް ކިޔާފައި، އަޅުގަނޑު ބުރިޖް ހުޅުވިރޭ އެ މެސެޖް ދިނީމޭ އިނގޭތޯ. އަޅުގަނޑު ބޭނުންވަނީ އެމީހުންނަކީ، އަޅުގަނޑުމެން މި ހޭދަކުރިކަހަލަ ނާއުއްމީދީ ދުވަސްތަކެއް ހޭދަކުރަން ނުޖެހި އަދި އަޅުގަނޑުމެން އެމީހުންނަށް މި ހޯދައިދޭ ރިސޯސްގެ ތެރެއިން، މި ހޯދައިދޭ ކުރިއެރުމުގެ ތެރެއިން ތަހުޒީބީ، ތަޢުލީމީ އަދި ދިވެހިރާއްޖެ އަޅުގަނޑު ދެކެން ބޭނުންވާ ހިސާބަށް ގެންދާވަރުގެ، ޤައުމަށް ޒިންމާދާރުކަމާއެކީ މަސައްކަތްކުރާވަރުގެ، ޞުލްޙައަށް ލޯބިކުރާ އިނގޭތޯ. ބޮޑެތި ނުރައްކާތަކުން ދުރުގައި ތިބޭ، ތަރުބިއްޔަތުވެގެން އުފެދޭ ކުދިންތަކަކަށްވާން، އެރޭ އަޅުގަނޑުގެ ނަސޭހަތަކަށްވީ. އެމީހުންގެ އުއްމީދުތައް ފުއްދައިދޭ ވާހަކަ އަޅުގަނޑު ބުނިން، ބުރިޖުން މި ގުޅައިދެނީ އެމީހުންގެ އުއްމީދުތަކޭ.

 

އެހެންވީމާ، އެރޭވެސް އަޅުގަނޑު ނަސޭހަތް މިދިނީ ހަމަ އަޅުގަނޑުގެ ތުއްތު ޢަބްދުﷲ އާއި، ހަމަ މި ޢަބްދުﷲ ކަހަލަ ތުއްތު ހުރިހާ ފިރިހެން ކުދިންނަށާއި، ޢާއިޝާ ކަހަލަ ތުއްތު ހުރިހާ އަންހެން ކުދިންނަށް.

 

އެހެންވީމާ، އެކުދިންނަކަށް އަޅުގަނޑެއް ބޭނުމެއްނުވޭ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި މި ފެނިގެންދިޔަ ރަޙުމްކުޑަ ދިވެހިރާއްޖެ ފެންނާކަށް އިނގޭތޯ. ދިވެހިރާއްޖެއަކީ ހަމަ ވަރަށް ނަސީބުގަދަ، ވަރަށް އުފާވެރި ރައްޔިތުންތަކެއް މިހާތަނަށް ދިރިއުޅެމުން އައި. ހަމަ އަބަދުވެސް ދިވެހިރާއްޖޭގެ ހިމޭންކަން ނަގާލައި، ޢާއްމު ރައްޔިތުންގެ މި އޮންނަ މަޞްލަޙަތަކީ، އެމީހުންގެ އެންމެ ބޮޑު ޙައްޤު. އެ ޙައްޤަށް އަރައިގަންނަނީ، ޙަޤީޤަތުގައި އަނިޔާވެރިން. އެ ވާހަކަ ދައްކަން ނުކެރިގެން އެއުޅެނީ. އެ ޙައްޤަށް އަރައިގަންނަ އަނިޔާވެރިންނަކީ، ސިޔާސީގޮތުން މިތަން ގަޑުބަޑު ބޮޑުކުރާ މީހުން. އެ ޙައްޤަށް އަރައިނުގަންނަ ކަމަށްވަންޏާ، ސިޔާސީގޮތުން ގަޑުބަޑެއް ނުކުރާނެ. އެމީހުންވެސް މަސައްކަތް ކުރާނީ. އެމީހުންގެ ސިޔާސީ މަސައްކަތް ކޮށްގެން، ވޯޓުން ނަތީޖާ ހޯދަން މަސައްކަތް ކުރަންވާނީ. އޭގެކުރިން މީހުން މަރާލައި، އޭގެކުރިން އެހެން ކަންކަން ކުރުމަކީ، ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުން. އެއަށްވުރެ ބޮޑު އަނިޔާއެއް، އެއަށްވުރެ ބޮޑެތި އަނިޔާވެރިންނެއް އަޅުގަނޑެއް ހަމަގައިމުވެސް އަޅުގަނޑުގެ ފޮތަކު ޑިސްކްރައިބް ކޮށްފައެއް، ނޫނީވިއްޔާ އެއްގޮތަކަށްވެސް ޝަރަޙަދީފައި ހުންނަ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ އިނގޭތޯ. އެއީ އެންމެ ބޮޑު އަނިޔާއަކީ. މުޅި ރަށެއްގެ ރައްޔިތުންގެ ޙައްޤަށް މިގޮތަށް އަރައިގަތުމަކީ އެންމެބޮޑު އަނިޔާ. އެ ވާހަކަ ނުކެރޭނެ މިހާރު އަނިޔާގެ ވާހަކަ ދައްކާ މީހުންނަކަށް ދައްކާކަށެއް.

 

ޕްރެޒެންޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް:

 

އާދެ، އަޅުގަނޑުމެންގެ މި ޚާއްޞަ ވަގުތުކޮޅު މަނިކުފާނު ހުސްކޮށްލަދެއްވައި، މި އިންޓަރވިޔު ދެއްވީތީ ވަރަށް ޝުކުރު އަދާކުރަން. އަދި އެއާއެކީ ދުރާއި ގާތުން ޓީ.ވީ ބެއްލެވި އެންމެ ބޭފުޅުންނަށްވެސް ވަރަށް ޝުކުރު އަދާކުރަމުން، އަޅުގަނޑުމެންގެ މި ޕްރޮގްރާމްގެ މި ވަގުތުކޮޅު އެއްވެސް އެއްޗެއް އިތުރަށް ވިދާޅުވާން އޮތިއްޔާ ވިދާޅުވެލައްވާ.

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

 

އާދެ، ވަރަށް ބޮޑަށް ޝުކުރިޔާ އިނގޭތޯ، މިކަހަލަ ވަގުތުކޮޅެއް އަޅުގަނޑަށް ދެއްވީތީ. ދެން އަޅުގަނޑު ހިތަށް މިއަރަނީ އަޅުގަނޑުގެ ހަމަ އެންކަރެއްގެ ގޮތުގައި ސުވާލު ތިޔަ ކުރައްވަނީ އިކްރާމް. އިކްރާމަށާއި، ދިވެހި ރައްޔިތުންނަށް މިހާރު ގަބޫލުކުރެވޭބާވައޭ، އަޅުގަނޑަކީވެސް ހަމަ އިންސާނެއް ކަމަށް. އިންސާނެއް ކަމަށް ގަބޫލުކުރެވޭ ކަމަށްވަންޏާ އަޅުގަނޑު ވަރަށް އުފާވާނެ. އެކަމަކު އެއާއެކީ ގަބޫލުކުރައްވާ! އަޅުގަނޑަކީ މަސައްކަތަކާ ހަވާލުވެގެން ހުރި މީހެއް.

 

އެހެންވީމާ، އިރާދަކުރެއްވިއްޔާ، ގޮންޖެހުންތަކާއެކީވެސް އަޅުގަނޑުގެ މަސައްކަތް އަޅުގަނޑު ކުރާނަން. ދެން އެއީ އަޅުގަނޑުގެ ހަތުރުންވެސް، މިތުރުންވެސް އެ ކްރެޑިޓް އަޅުގަނޑަށް ދޭންވާނެ އިނގޭތޯ. އަޅުގަނޑު ޑިޓަރކުރާކަށް، އަޅުގަނޑު ޑިޓަރކުރަންޏާ ކުރަންޖެހޭނެ ކަމަކީ އަޅުގަނޑު މަރާލުން. އެހެން ނޫންކަމަށްވަންޏާ، އަޅުގަނޑު ހަމަ އަޅުގަނޑު މިކުރާ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރާނަން. 

 

ޕްރެޒެންޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް:

 

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ! ޓީ.ވީ ބެއްލެވި އެންމެ ބޭފުޅުންނަށްވެސް ވަރަށް ޝުކުރު އަދާކުރަން. އަދި ރައީސް މިވަގުތު ހުސްކޮށްލަދެއްވީތީ، ވަރަށް ޝުކުރު އަދާކުރަމުން، ބާއްޖަވެރި ވަގުތުކޮޅަކަށް އެދެމުން އަޅުގަނޑުމެން ވަކިވެލާނަން.

 

والســّلام عليــكم ورحـمــة اللّـه وبـركاتـه.