بســم اللّـه الرّحمـن الرّحيــم

 

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

 

اَلحَمْـدُ لِلّـهِ، اَلحَمْـدُ لِلّـهِ،  اَلحَمْـدُ لِلّـهِ. اللَّـه أَكْبَرُ، اللَّـه أَكْبَرُ، اللَّـه أَكْبَرُ.

 

ޝައްކެއްވެސްނެތް، އެތައް އުފާތަކެއް އެކުލެވިގެން އަޅުގަނޑުމެންނާ ބައްދަލުކުރި ދުވަހެއް. ޝައްކެއްވެސްނެތް. އެތައް ޢީދެއް އެކުލެވިގެން އަޅުގަނޑުމެންނާ ބައްދަލުކުރާ އެންމެ އުފާވެރި ޢީދު.

އާދެ، އަޅުގަނޑު އެންމެ އުފާވަނީ، އަޅުގަނޑު އެންމެ އިސްކަމެއްގެ ގޮތުގައި މި ދެކެނީ، އަޅުގަނޑުމެންގެ މި އުފަލުގައި، އެއަރޕޯޓަށް މި ލިބުނު ކުރިއެރުމާއެކީ، އަޅުގަނޑު ހަމަ އެންމެ އުފަލާއެކީ ފާހަގަކުރަން ބޭނުންވަނީ، އަޅުގަނޑުމެންގެ ޤައުމީ ޓީމު، މި އުފަލުގައި ބައިވެރިވުމަށް ﷲގެ މިންވަރުފުޅާއެކީ، މި އިއްތިފާޤުވެގެން އެއަރޕޯޓަށް އައި އައުން. ކުޑަ އިއްތިފާޤެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޕާޓީގެ ޖަލްސާއެއް ރޭވިފައި އޮތީ، ﷲ މިންވަރު ކުރެއްވީ، ޤައުމީ ޓީމު ކުޅުނު ދުވަހަށް. އެ ރެޔަށް. ޤައުމީ ޓީމު ވަރަށް ޝަރަފުވެރި ޓްރޮފީ އުފުލައިލީ، އަޅުގަނޑުމެން ހުރިހާ ދިވެހީންގެ ޙައްޤުގައި.

އާދެ، އެރޭ އަޅުގަނޑު ޤައުމީ ޓީމަށް މަރްޙަބާ ދެންނެވިން. އަޅުގަނޑުމެންގެ ޕާޓީއާއި، ސަރުކާރުގެ ހުރިހާ ބޭފުޅުން ޤައުމީ ޓީމަށް މަރްޙަބާ ދެންނެވި.

މިއަދުވެސް އަޅުގަނޑަށް ލިބޭ އެންމެބޮޑު އުފަލަކީ، އަޅުގަނޑުމެންގެ ޤައުމީ ޓީމު، ސާފް ޗެމްޕިއަންސްކަން ހޯދައިގެން ޓްރޮފީ އުފުލައިލި އުފުލައިލުން. އާދެ، އަޅުގަނޑުމެން، ޤައުމީ ޓީމުގެ ހަމަ ހުރިހާ ކުދިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި، އައްސަރިބަހާއި ސާބަސް ރައްދުކުރަން.

އަޅުގަނޑު ޤައުމީ ޓީމުގެ ކުދިންނަށް ކުރީގައިވެސް ހިތްވަރުދިނިން. އަޅުގަނޑަށް ޤައުމީ ޓީމުގެ ކުދިންނާ ޖަލްސާއަކުން ބައްދަލުވެވުނީ، ޔޫތު މިނިސްޓްރީގައި އޮތް ކުޅިވަރާބެހޭ ބައްދަލުވުމަކުން. ރާއްޖޭގެ އެތައް ދިމާއެއްގައި ފުޓްސަލް ދަނޑުތައް ހުޅުވައިދިނުމަށްޓަކައި އޮތް ބައްދަލުވުމަކުން. އޭގެފަހުން ހަމަ އެރޭ، ޤައުމީ ޓީމުގެ ކޯޗާއި، ޤައުމީ ޓީމުގެ މެނޭޖަރާއި، އަދި ހުރިހާ ކުޅުންތެރިންނާ އަޅުގަނޑު ބައްދަލުކުރީމު. އަޅުގަނޑުގެ އުއްމީދަކީ އަބަދުވެސް އަޅުގަނޑުމެން ކުރާ މަސައްކަތެއްގައި ކުރިބޯށްޓާ ހަމަޔަށް ވާސިލުވުން.

އަކްރަމް، ގަބޫލުކުރަންވާނެ! މި ރައީސް މިއީ މިފަހަރުގެ ވަރލްޑް ކަޕް ޓްރޮފީވެސް އެންމެ ފުރަތަމަ އުފުލައިލި ރައީސް. އެހެންވީމާ، There is no reason why އަހަރުމެންގެ ދިވެހި ޓީމު ސާފް ޗެމްޕިއަންސަށް ނުވާންވީ އެއްވެސް ސަބަބެއް ނެތް. އެހެންވީމާ، ސާފް ޗެމްޕިއަންޝިޕް، ނޫނީވިއްޔާ ޗެމްޕިއަނުން ކަމަށް ދިވެހި ޤައުމީ ޓީމު ވުމަކީ، ޝައްކެއްވެސްނެތްގޮތުގައި، ޒުވާނުންނަށް ފުރްޞަތުތައް ތަނަވަސްކޮށްދީފައި، ޒުވާނުންނަށް ކުރިއެރުން ދައްކައިދީފި ކަމަށްވަންޏާ، އަދި އެމީހުންނަށް ބޭނުންވާ ހިތްވަރާއި ވަސީލަތްތައް ފަހިކޮށްދީފި ކަމަށްވަންޏާ، ހަމަ sky's the limit އެހެން ބުނާ ބުނުން އަހަރުމެންނަށް ޙަޤީޤަތަކަށްވަނީ.

މިއަދު އަހަރުމެންގެ ޒުވާން ޓީމު ދައްކައިދިނީ، ޒުވާނުންނަށް މި ފުރްޞަތުތައް ފޯރުކޮށްދީފި ކަމަށްވަންޏާ، ދިވެހިރާއްޖެއަށް ޝުހުރަތު، ދިވެހިރާއްޖެ ރީތިގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރުކޮށްދޭ ބައެކޭ ޒުވާނުންނަކީ. އެހެންވީމާ، އަހަރުމެންގެ އުއްމީދުތަކާ ގުޅިފައި މިހިރީ ޒުވާނުންގެ މަސައްކަތް. ޒުވާނުންގެ ހަކަތަ. ފުޓްބޯޅަ ކަމަށްވީނަމަވެސް، އަދި އެހެން ކޮންމެ ކަމެއް ކަމުގައިވީނަމަވެސް، ޒުވާނުން ދައްކައިދީފި، ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަކުޑަ ޤައުމެއް ކަމުގައިވީނަމަވެސް، ދިވެހިރާއްޖެ ދާން ބޭނުންވާ މަންޒިލާ ހަމަޔަށް ދެވޭނެކަން.

އަދި ހަމަ މިއަދު ޒުވާން ޕައިލޮޓުން އަހަރުމެންނަށް މި ދައްކައިދިނީ A380 ކޮމާންޑަރ ކުރުމަކީވެސް އޭނާއަށްވެސް ހަމަ ކުރެވިދާނެ ކަމެއްކަން. އަޙްސަނަށް މަރްޙަބާ މިކިޔަނީ އަޅުގަނޑުގެ ހިތުގެ ހަމަ ހުރިހާ އުފަލާއެކީ، އައްސަރިބަހާއި ސާބަސް ކިޔަމުން.

އާދެ، މިއަދު މިދިޔައީ ކޯޑް F ގެ ރަންވޭ ހުޅުވިގެން. ދުނިޔޭގައި މިހާރު ދަތުރުކުރާ އެންމެބޮޑު މަތިންދާބޯޓު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވައިގެ ބަނދަރަށް   މިއަދު މި ޖެއްސީ.  މި ސަރަޙައްދުގައިވެސް އޮތް އެންމެ ރަނގަޅު، އެންމެ ފެންވަރު ރަނގަޅު ރަންވޭ މިހާރު މިއޮތީ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގައި. މިއީ އަހަރުމެންނަށް ކުޑަ ޝަރަފެއް ނޫން.

އެހެންވީމާ، ހަމަ ދެ ޢީދު އެއްވެގެން އަންނަ ޢީދެއްގެ ގޮތުގައި އަޅުގަނޑު ސިފަކުރަނީ ހަމަ ޙަޤީޤަތުގައިވެސް. އަޅުގަނޑުގެ ހިތުގައި މިހިރަ ޝުޢޫރުތައް، އަޅުގަނޑަށް ހަމަ ކިޔައިދޭން ނޭނގޭތީއާއެކީ. އިނގިރޭސި ބަހުގައިވެސް، ދިވެހި ބަހުގައިވެސް، ޢަރަބި ބަހުގައިވެސް ކިތަންމެ ބޮޑަށް ޝުކުރުވެރިވިޔަސް ހަމަ ބުނަން މި އޮންނަނީ [ޝުކުރިއްޔާއޭ!] އެހެންވީމާ، ކިތަންމެ ބޮޑަށް އެޕްރިޝިއޭޓް ކުރަން ބޭނުންވިޔަސް، އިނގިރޭސި ބަހުގައިވެސް ހަމަ ބަހުގެ މުއްސަނދިކަން ހުންނަ މިންވަރަކީ، އެޕްރިޝިއޭޓް، ތެންކިޔޫ، ތެންކިޔޫ ވެރީ މަޗް. ޝުކުރަން އިކްތީރު. ހަމަ މިކަހަލަ ބަސްބަސް މި ހުންނަނީ. ނަން އިތުރެއް ގެނަޔަސް. އެހެންނަމަވެސް، ހަމަ ބުނަނީ އެންމެ ލަފްޒެއް. [ޝުކުރިއްޔާއޭ!]

އެހެންވީމާ، މި ޝުކުރިއްޔާއޭ މި ބުނަނީ، އާދައިގެ ޝުކުރިއްޔާއެއް ނޫންކަމަށް، ދިވެހި ޓީމުގެ ހަމަ ހުރިހާ ކުދިންވެސް، ފަރުދީގޮތުން މުޅި ޓީމު ޖުމްލަކޮށް ގަބޫލުކުރޭ. ކޯޗް ޕީޓަރ ސަރގްޓްސް، މެނޭޖަރ މޯ ޢީސަ، U have done a wonderful job އަހަރުމެންނަށް ތިޔަ ހޯދައިދިން ފަޚްރަކީ، ޝައްކެއްވެސްނެތްގޮތުގައި، އަހަރުމެން ދުވަހަކުވެސް ހަނދާނުން ފިލައިގެންދާނެ ކަމެއްނޫން. ﷲ އަހަރުމެން ކުރާ މަސައްކަތުގައި، ވަރުގަދަ އިއްތިފާޤުތަކެއް މިންވަރު ކުރައްވާ. ސާފް ޓްރޮފީ، ފުރަތަމަ ދިވެހިރާއްޖެ އުފުލައިލީ 2008 ވަނަ އަހަރު. ސާފް ޓްރޮފީ، ދިވެހިރާއްޖެ ދެވަނަފަހަރު މި އުފުލައިލީ އޭގެ ދިހަ އަހަރު ފަހުން. ރިޔާސީ ޒަޢާމަތަކަށް ބަލާކަމަށްވަންޏާ ދެ  ޓަރމް. 2008 ވަނަ އަހަރު ސާފް ޓްރޮފީ އުފުލާލަދިނީ، މާފަރު ޢަބްދުލްޣަނީ ފެމިލީގެ ކުއްޖެއް. ޢަބްދުލްޣަނީގެ ދަރިއެއް. އަސްޢަދު. މިއަހަރު ސާފް ޗެމްޕިއަންޝިޕް ޓްރޮފީ، ދިވެހިރާއްޖޭގެ ފަރާތުން ތިޔަ އުފުލާލަދިނީ އަކްރަމް. އަނެއްކާވެސް ޢަބްދުލްޣަނީގެ ދަރިއެއް. ކުޑަ އިއްތިފާޤެއްތޯ؟ ކާކުތޯ ބުނީ މާލޭގައޭ ހުރިހާ މޮޅު ކުޅުންތެރިން ތިބޭނީ؟ ކާކުތޯ އަންޑަރ އެސްޓިމޭޓް ކުރަނީ، ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި، ކުޅިވަރުގެ ހުނަރުވެރިކަމާއި، ކުޅިވަރުން ކުރިއަށްދާނެ ކުދިން ނެތްކަމަށް، ކާކުތޯ މިއަދު ސުވާލު އުފައްދާނީ؟

އަނެއް އިއްތިފާޤު. އޭރު ދިވެހިރާއްޖޭގެ ރައީސް ކަމުގައި ހުންނެވީ، ރައީސް މައުމޫން. މިއަދު ދިވެހިރާއްޖޭގެ ރައީސް ކަމުގައި މިހިރީ ﷲގެ މިންވަރުފުޅާއެކީ އަޅުގަނޑު. އެއީ އަޅުގަނޑުގެ ބޭބެ. މިއަދު މިހިރީ އަޅުގަނޑު. ކުޑަ އިއްތިފާޤެއް ނޫން ދޮގެއްތޯ؟

ހަމައެއާއެކީ މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި، ރީޖަނަލް މުބާރާތެއްގައި އެންމެމޮޅު ކުޅުންތެރިޔާގެ ވަނަވެސް ހަމަ މި ލިބިގެންދިޔައީ މިފަހަރު. ފައިޞަލް. ފަށްފަށުން މަރްޙަބާ ކިޔައި، ޝުކުރިއްޔާއޭ،  އަހަރުމެން ހުރިހާ ދިވެހި ރައްޔިތުންގެ ފަރާތުން ބުނަން. ކޯޗް،  އެރޭ އަޅުގަނޑާ ވާހަކަ ދައްކަމުން ބުނި. އަޅުގަނޑު ތިޔަ ދިން ހިތްވަރުން ތިމަންނާއަށް ގަބޫލުކުރެވެޔޭ، އަޅުގަނޑު އުއްމީދުކުރީ، އަޅުގަނޑު ދުށީ، ޑަބަލް އެޖްޑް ވަރޑެއް ބޭނުންކުރިކަމަށް Already more than fifty percent is achieved

 އެއީ ކުޅިވަރުގެ މި އުފުލާލަން ބޭނުންވާ ޓްރޮފީއަށް ކުރާ މަސައްކަތުގައިވިޔަސް، than fifty percent is already achieved More ކުދިންނަށް ދިން ހިތްވަރާއި، ކުދިންގެ ޕަރސީވަރެންސާއި، ކުދިންގެ ކަންތައްތައް ގެންދަންވީގޮތުން ރައީސްގެ ކެރިސްމާއާއި ކެރެކްޓަރއާ، އެ ހުރެއްޖެ ކަމަށްވަންޏާ، އެ ޕޮޒިޓިވް އެޓިޓިއުޑް ހުރެއްޖެ ކަމަށްވަންޏާ، މުޅި ޓީމަށް، މި ޕޮޒިޓިވް އެޓިޓިއުޑް، ޑައުން ދަ ލައިން ފިލްޓަރ ވެގެން އަންނާނެ ކަމަށް ކޯޗް އަޅުގަނޑަށް މޭރުންވާގޮތަށް ވާހަކަ ދެއްކީ.

ހަމަ ޕީޓަރ އެރޭ ވާހަކަ ދައްކަމުން ބުނި. އަޅުގަނޑަށް މާނަކުރެވުނީ، އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތުން ރިޔާސީ އިންތިޚާބަކީވެސް ހަމަ މި މާނައިގައި، އެރޭ އޭނާއަށް ގަބޫލުކުރެވުނު ކަމަށް، އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިޚާބުގައިވެސް ދެބައިކުޅަ އެއްބަޔަށްވުރެ ކުރިއަށް އަޅުގަނޑުމެންނަށް ދެވިއްޖެ ކަމަށް.

އަޅުގަނޑުމެން ޒުވާނުންނާ ދޭތެރޭގައި މިކުރާ އުއްމީދާއި، މުޅި ރާއްޖޭގެ ތަރައްޤީއާ ދޭތެރޭގައި މި ވިސްނާ ވިސްނުމަކީ، ދިވެހި ރައްޔިތުން މިއަދުވެސް މިނެކިރާނެ ކަމެއް. ކާކުތޯ ބުނީ، ދިވެހިރާއްޖޭގައި ކޯޑް F ރަންވޭއެއް ދުވަހަކުވެސް އެޅޭނޭ. އަޅުގަނޑުމެންނަށް ދެންމެ ފެނިގެން އެދިޔައީ ވީޑިއޯ ޕްރެޒެންޓޭޝަން ދޮގެއްތޯ. ދެންމެ ފެނިގެން އެދިޔަ ވީޑިއޯ ޕްރެޒެންޓޭޝަނުން ލައްކަ ވާހަކަ އަޅުގަނޑުމެންނަށް ކިޔައިދީފި.

އަޅުގަނޑު ހަމަ ދިވެހި ފުޓްބޯޅަ ޓީމަށް ފަށްފަށުން މަރްޙަބާ ކިޔައި، އައްސަރިބަހާއި ސާބަސް ރައްދުކުރާއިރުވެސް، ސްޕޯޓްސް މިނިސްޓަރ އިރްތިޝާމާއި، އަދި އެފް.އޭ.އެމް.ގެ ޗެއަރ ބައްސާމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.

ޝައްކެއްވެސްނެތްގޮތުގައި، މިކަހަލަ މަސައްކަތަކީ އެތައް ބައެއްގެ މިންނަތާއި ހިތްވަރާއެކީ ކުރާ މަސައްކަތުގެ ނަތީޖާ. އެކަމަކު ފަސްޓް އެންޑް ފޯރމޯސްޓް، ހަމަ ކުޅިވަރު ޓީމުގެ، ހަމަ ކޮންމެ ކުއްޖެއްގެ ކުޅިވަރުގެ ހިތްވަރާއި، ކުޅިވަރުގެ ފަންވަރާއި ސްކިލްއާއި، އަދި މާޔޫސްނުވުން މީގައި މުހިއްމު ކަމަކަށް ވެގެން މިދިޔައީ.

މިއަދު ތިޔަ ކުދިން ވީޑީއޯ ނޫނީ ޓީ.ވީ އިން މިހާރު އެ ދައްކާ މަންޒަރު ބަލައިލައިފި ކަމަށްވަންޏާ، ތިޔަ ކުދިންގެ އިންތިޒާރުގައި މުޅި ދިވެހިރާއްޖެ، މުޅި މާލެ އެ އޮތް ބުރިޖް މައްޗަށް އަރައި އުތުރެނީ. މުޅި މާލެ އެއޮތީ ތިޔަ ކުދިންގެ އިންތިޒާރުގައި. ތިޔަ ކުދިން މާލެއަށް ފޯރާނީ ކިހާ ހިސާބަކަށްތޯ؟ އެހެންނަމަވެސް، ތިޔަކުދިންނަކަށް ނުދެވޭނެދޯ، ރައީސް ފުރަތަމަ މަރްޙަބާ ކިޔާފައި ނޫނީ.

އެހެންވީމާ، އަނެއްކާވެސް ބުނާނީ، އަހަރުމެންނަށް މި ގެނެސްދިން އުފަލާއި، މި ގެނެސްދިން ޝަރަފުގައި ތިޔަ ހުރިހާ ކުދިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ކިޔަމޭ. އަނެއްކާ ހަމަ Keep up the good work ހަމަ އަނެއްކާވެސް އަހަރުމެން ދެން އުއްމީދު ކުރަނީ، މި ސަރަޙައްދުން ބޭރަށް އަހަރުމެން ދާންޖެހޭކަމަށް. މި ސަރަޙައްދުން ބޭރަށް އަހަރުމެން ކުރާ ދަތުރަކީވެސް، އަހަރުމެން ދެކެން ބޭނުންވޭ، އަނެއްކާވެސް ކުރިބޯށްޓާ ހަމަޔަށް އަހަރުމެން ކުރާ ދަތުރަކަށް ވެގެންދާނެކަމަށް. ދަތުރު ދިގުވެދާނެ. އެކަމަކު who cares A380 މިތަނަށް ޖައްސަންޏާ ދަތުރެއް ދިގެއްނުވާނެތާ!

އެމް.އޭ.ސީ.އެލް.ގެ ބޯޑުގެ ޗެއަރމަން، އަދި އެމް.އޭ.ސީ.އެލް ކަންތައް އޯވަރސީ ކުރައްވާ މިނިސްޓަރ ސަޢީދު. އަދި އަޅުގަނޑުމެންނާއެކީ އެމް.އޭ.ސީ.އެލް.ގެ ބޯޑުގެ ބޭފުޅުން އެބަ ތިއްބެވި. އަޅުގަނޑުމެންގެ މި ޚާއްޞަ ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އަބޫދާބީންވެސް ވަރަށް ރަނގަޅު ޖެސްޓަރއެއް އަޅުގަނޑުމެންނަށް ކުރެއްވި. އަބޫދާބީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފުޑް ސެކިއުރިޓީ އެކްސަލަންސީ މަރްޔަމް ބިންތި މުޙައްމަދު ސަޢީދު އަޅުގަނޑުމެންނާއެކީ މި ޙަފްލާގައި ބައިވެރިވެވަޑައިގެންނެވި. A380 ޖެއްސި ޙަފްލާގައި ބައިވެރިވެވަޑައިގެންނެވި. އަދި ހަމައެހެންމެ، އަބޫދާބީ ފަންޑުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސުވައިދީވެސް އަޅުގަނޑުމެންނާއެކީ ބައިވެރިވެވަޑައިގެންނެވި. އެތަނުން ވަފުދެއް ވަޑައިގެންނެވި.

ޝައްކެއްވެސްނެތްގޮތުގައި، މިއީ އަޅުގަނޑުމެންނާއި އަބޫދާބީއާ، ނޫނީ ޢިމާރާތާ ދޭތެރޭގައި އޮތް ގާތް ގުޅުން ދައްކައިދޭ ކަމެއް. އަދި އަޅުގަނޑުމެންގެ މި ތަރައްޤީގެ މަސައްކަތުގައި އެބޭފުޅުން އަޅުގަނޑުމެންނަށް ދެއްވާ ސަމާލުކަން.

All of you who have arrived from Abu Dhabi to participate in this particular function for us. My deepest deepest appreciation goes all the way to you. Thank you for participating in this memorable momentous occasion. And Abu Dhabi Fund and Saudi Fund, without your support we could have not done this. And of course, my special thanks also to B.U.C.G Contractors. Chinese Ambassador is also here within our Assembly within our presence. My appreciations also goes to Chinese Ambassador as well as the Contractor B.U.C.G.

 

ތިޔަ ހުރިހާ ބޭފުޅުންނަށް ފަށްފަށުން އަޅުގަނޑުމެން މި ޝުކުރު ދަންނަވަނީ، އަޅުގަނޑުމެންނަށް މިހާ ތާރީޚީ، މިހާ ވަރުގަދަ ޙަފްލާއެއް، މި އުފަލާއެކީ، އަޅުގަނޑުމެންނަށް ކުރިއަށް މިގެންދެވެނީ، ތިޔަ ހުރިހާ ފަރާތެއްގެ އެއްބާރުލުމާއި އިތުބާރު އަޅުގަނޑުމެންނަށް އޮވެގެން. އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދަށް އަބޫދާބީ ފަންޑުން، ސަޢޫދީ ފަންޑުން ކުރާ އިތުބާރު، އަދި ރާއްޖެއާއި އަބޫދާބީއާއި އެމިރޭޓްސްއާ ދޭތެރޭގައި މިއޮތް ގާތް އެކުވެރިކަމުގެ ގުޅުން، މި ރަމްޒުކޮށްދެނީ، ދިވެހި ކޮންމެ ޒުވާނެއްގެ ހިތަށް މިއަދު ވައްދައި މިދެނީ އަޅުގަނޑުމެންނާއެކީ، އަޅުގަނޑުމެންގެ ރަޙްމަތްތެރިން އެބަތިބިކަން.

އަޅުގަނޑުމެންނަށް ކަމެއް ބޭނުންވީމާ މިއަދަކު އަޅުގަނޑުމެން އެއަރޕޯޓް މި ހެދީކީއެއް ދިވެހި ރައްޔިތުން، ދިވެހިރާއްޖެދެކެ ލޯބިވާ މީހުން އުދަލި ހިފައިގެން، ފަކީރާ ހިފައިގެން ނުކުމެއެއްނޫން. ހަމަ ސްޓޭޓް އޮފް ދި އާޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން. މުޅި ދުނިޔޭގައި، މި ސަރަޙައްދުގައި އޮތް އެންމެ ވަރުގަދަ  ކޯޑް F ގެ ރަންވޭ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ޤާއިމުކޮށް ނިންމީ. އެހެންވީމާ، މިއީ އަޅުގަނޑުމެންގެ އެއަރޕޯޓް. މިއީ އަޅުގަނޑުމެންގެ ރަންވޭ. މިއީ އަޅުގަނޑުމެންގެ ޝަރަފު. މިއީ އަޅުގަނޑުމެންގެ ޕްރައިޑް.

އަޅުގަނޑު ހަމަ އެމް.އޭ.ސީ.އެލް.ގެ ބޯޑުގެ ހުރިހާ ބޭފުޅުންނަށް މަރްޙަބާ ދަންނަވަމުން، ޝުކުރު ދަންނަވަމުން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވާ އެހެން ވާހަކައެއްވެސް އެބައޮތް. ޚިޔާލުފުޅަށް ގެންނަވާށޭ، އަޅުގަނޑުމެން މިހިސާބަށް މިއައީ ކިހިނެއްތޯ. 1965ގެ ހަނދާންތައް، ނޫނީ އޭގެކުރިން Just few leading to that event އަޅުގަނޑުމެންގެ އިންޑިޕެންޑެންސް. އެ ހިސާބަށްދާއިރު އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ހަމަ މިއަދު އަޅުގަނޑުމެން މި އިޙްތިފާލުކުރާ، މި އުފާވެރި މަޙެފިލްގައި ތިބެގެންވެސް އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ވިސްނަންޖެހޭ. ﷲގެ ހާދަ ބައިވަރު އިއްތިފާޤުތަކެއް. އޭރުވެސް އަޅުގަނޑުމެން އުޅުނީ އަޅުގަނޑުމެންގެ މިނިވަންކަން ހޯދަން. އަޅުގަނޑުމެންނަށް މިނިވަންކަން ނުލިބިގެން. އަޅުގަނޑުމެން އޮތީ އިނގިރޭސި އިސްތިޢުމާރުގެ ދަށުގައި. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުވެސް. އަދި ޚާއްޞަކޮށް، ދިވެހިރާއްޖޭގައި ހިނގާ ހުރިހާ ކަމަކަށް އިނގިރޭސި އިސްތިޢުމާރު މިތަނަށް ނުފޫޒު ފޯރުވާ. ވަރުގަދަ ރައީސެއް އަޅުގަނޑުމެންނަށް ލިބިގެންދިޔައީ. އިބްރާހީމް ނާޞިރު ކުރެއްވި ވަރުގަދަ ޖިހާދީ މަސައްކަތްޕުޅުތަކެއް. ވަރުގަދަ ޤައުމީ މަސައްކަތްޕުޅުތަކެއް.

މިނިވަންކަމާ ގުޅިގެން، ނޫނީ މިނިވަންކަމާ ގުޅުވައިގެން ކުރަންޖެހުނު އެންމެބޮޑު މަސައްކަތެއްގެ ގޮތުގައިވީ އަޅުގަނޑުމެން އިނގިރޭސީންނާ ނުލައި ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުން. ރާއްޖެއިން ބޭރަށް މުޢާމަލާތު ކުރެވުން. ރާއްޖެއިން ބޭރުން މެހްމާނުން ރާއްޖެއަށް ގެނެވުން. އ.ދ. ގައި ބައިވެރިވުންފަދަ ދިވެހިރާއްޖެ ބޭރު ދުނިޔެއަށް ހުޅުވައިލުމުގެ އެންމެ ވަރުގަދަ މަސައްކަތަކީ، އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުން މިތާ އެއަރޕޯޓެއް އެޅުން. އެއީ އިސްތިޢުމާރީ ނުފޫޒު ދިވެހިރާއްޖެއަށް އެންމެ ގަދަވެފައި އޮތް ދުވަސްވަރު. ރާއްޖޭގެ ދެކުނުގައި ބަޣާވާތް ކުރެވުނު. ރާއްޖޭގެ ސަރުކާރާ ތޮޅުމުގެ މަސައްކަތް ކުރެވުނު. އެހެންނަމަވެސް، ﷲގެ ރަޙްމަތާއެކީ ހަމަ ކެރެސްމެޓިކް ވަރުގަދަ ޕެޓްރިއޮޓިކް ލީޑަރެއް އަޅުގަނޑުމެންގެ ތެރޭގައި ހުރީމާ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ﷲ މި މަގު ދެއްކެވީ. އެ ދުވަހު އެ އެޅުނު ފައުންޑޭޝަނަކީ މިޒަމާނުގެ ދިވެހި އިޤްތިޞާދެއް ބިނާކުރުމުގެ ފައުންޑޭޝަން. އެއީ އެ ބިންގާ. އަދި އެއީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދާއިމަށްވެސް، ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާ ނިޢުމަތްތަކާއެކީ، އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށް އަޅުގަނޑުމެންގެ ކެރެކްޓަރ، އަޅުގަނޑުމެންގެ ޝޭޕް، ކުޑަކުޑަ ދިވެހި ދައުލަތެއްގެ ޝޭޕް. އެ ދުވަހަކީ އާކިޓެކްޓް ވެގެންދިޔަ ދުވަސް. ބިންވަޅު ނެގިގެންދިޔަ ދުވަސް.

މިއަދު މި އިޙްތިފާލު ކުރަނީ އެއަށްވުރެ މާ އުފާވެރި މުނާސަބަތެއް. އެހެންނަމަވެސް، ހަމަ އޭރު އެ ދޫކޮށްލި ފަލީތާގައި ހިފައިގެން އަޅުގަނޑުމެން ކުރިއަށް މިދަނީ. މިއަދު މިއީ އެންމެ ވަރުގަދައަށް އަނެއްކާވެސް އިސްތިޢުމާރީ ބާރުތައް އަޅުގަނޑުމެންގެ ކަންކަމާ ބެހޭ ދުވަސް. އެހެންވީމާ، މިއީކީ ކުޑަކުޑަ އިއްތިފާޤެއް ނޫން. މިއީވެސް ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި ކަމެއް.

ދިވެހި ޒުވާން ކުދިންނަށް އަޅުގަނޑު މި ދަންނަވަނީ، ހަމަ މި ދޭ ނަޞޭޙަތަކީ، މިކަމާ ދޭތެރޭ ވިސްނާށޭ. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި އިސްތިޢުމާރީ އެކިއެކި ބާރުތައް، އަޅުގަނޑުމެން ކުރާ ކަންކަމާ ބެހެން ބޭނުންވޭ. މިއީކީ އަޅުގަނޑުމެންނަށް ސަލާމަތްކަން އޮތް ގޮތެއް ނޫން. އެއްކަލަ ނުހިނގި އެއަރޕޯޓް، މިއަދު މިއީ މުޅި ސަރަޙައްދުގެ ފަޚުރެއް ކަމުގައި އޮތް ކޯޑް F ގެ ރަންވޭއެއް އެޅި އެއަރޕޯޓް. އެއްކަލަ ބާލިދީ އެއަރޕޯޓް، މިއަދު މިއީ މުޅި ސަރަޙައްދުގައި އޮތް އެންމެ ވަރުގަދަ އެއަރޕޯޓަށް ވެގެން މިދިޔައީ. އެހެންވީމާ، ކަމެއް ކުރަން ދިމާކޮށްފި ކަމަށްވަންޏާ، އަދި އެކަމަށް އިޚްލާޞްތެރިކަމާއެކީ ކުރިމަތިލައިފި ކަމަށްވަންޏާ، ﷲގެ ރަޙްމަތް އަޅުގަނޑުމެންނަށް ތަނަވަސް އެބަ ކުރައްވާ. އަޅުގަނޑުމެންގެ ރަޙްމަތްތެރިން އެބަ ތިބޭ. އަޅުގަނޑުމެންނެއް މި އެއަރޕޯޓެއް ވިއްކާލާކަށް ނުޖެހޭ، އަޅުގަނޑުމެންނަށް ލާރި ފޮއްޗެއް ނުލިބިގެން، އެއަރޕޯޓް ތަރައްޤީ ނުކުރެވިގެން.

މިއަދު މި ދައްކައިދިނީ އޭގެ ދުވަސްތަކެއް ފަހުން މީގެ ޙަޤީޤަތް. ތާރީޚަކީ އިޢާދަވާ އެއްޗެކޭ ބުނެއުޅޭ ދޮގެއްތޯ. އަޅުގަނޑުމެންނަށް އޭރު ފެނިގެންދިޔައީ ކޮންކަމެއްތޯ؟ އޭރު އަޅުގަނޑުމެންނަށް ފެނިގެންދިޔައީ މިތާ ދަގަނޑު ފިލާ އަޅާފައި އޮތް އެއަރޕޯޓެއް. އަޅުގަނޑުމެން ބޭނުންވީ ރަނގަޅު ފެންވަރުގެ އެއަރޕޯޓަކަށް މިތަން ބަދަލުވެގެންދާން. އެހެންނަމަވެސް، އެދުވަހު އަޅުގަނޑުމެންގެ ތެރޭގައި ކުދި ބޮޑު އެންމެން އަދި އޭރުގެ ވަޒީރުލްއަޢުޡަމްވެސް ނުކުމެވަޑައިގަތީ ހަމަ ޢަމަލީ މަސައްކަތުގައި. އުދައްޔާއި ފަކީރާއާއި، ވީލްބަރޯ ވެއްޖިއްޔާ ވީލްބަރޯ ހިފައިގެން ނުކުތީ. އަޅުގަނޑުމެންގެ އަތުގައި އެ ފޮޓޯތައް އެބަހުރި. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އެ މަންޒަރުތައް. މިއިން ދިވެހި ކޮންމެ ޒުވާން ކުއްޖަކު ފިލާވަޅު ނަގާށޭ. ފިލާވަޅު ނަގަންޖެހޭ ހިސާބު އަކުރު އަޅުގަނޑު ދަންނަވާލާނަން.

އޭރު ދިވެހި ދައުލަތުގައި އެ ފޯރުންތެރިކަން ނެތީ. އިޤްތިޞާދީ ފޯރުންތެރިކަން ނެތީ، އޭރު އަޅަން ބޭނުންވި އެވަރުގެ އެއަރޕޯޓެއް އަޅަންވެސް. ދެން ކީއްތޯ، އަމީރު ނާޞިރު ކުރެއްވީ؟ ނާޞިރު އިލްތިމާސް ކުރެއްވީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް. ކޮންމެ ރައްޔިތަކަށް ދެވުނު އެއްޗެއް  މި ފަންޑަށް ދޭށޭ. އެއަރޕޯޓް އަޅަން ބޭނުމޭ. އަހަރުމެންގެ ކުރިއެރުމާއި، އަހަރުމެންގެ މިނިވަންކަމާ ދޭތެރޭގައި، އަހަރުމެން އަޅަން ބޭނުންވާ އެންމެ މުހިއްމު ފާލަމަކީ މިއީއޭ. އޭރު ފައިސާ ދިންވަރު ތިޔަކުދިންނަށް އެނގޭބާ؟ ގަބޫލުކުރޭ! އަޅުގަނޑުމެންގެ އަތުގައި އެބައޮތް އެ ލިސްޓް. ސާޅީސް ފަސްލާރި، މި ފަންޑަށްލީ މީހުން އެބަތިބި. ދިވެހިރާއްޖޭގެ ޢާއްމު ރައްޔިތުން. އެއް ރުފިޔާ މި ފަންޑަށްލީ މީހުން އެބަތިބި. ސާޅީސް ފަސްލާރި. މިއަދު ތިޔައިން ކުއްޖަކު، ހުޅުމާލޭގައި މި ބްރިޖުން ދުއްވާލާފައި އައިސް، ކެފޭއަކަށްވެސް ނުވަންނާނެ ސާޅީސް ފަސްލާރި ހިފައިގެންނެއް.

So what are we talking  about. Multiple fold development. Multiple fold wealth creation.

ސާޅީސް ފަސްލާރި، އާންމުކޮށް ރައީސް ނާޞިރު އިލްތިމާސް ކުރެއްވީ. ނޫނީވިއްޔާ، އޭރު ބޮޑުވަޒީރު އިލްތިމާސް ކުރެއްވީމާ، ސާޅީސް ފަސްލާރިން، އެއްރުފިޔާއިން މިއީ އަޅުގަނޑުމެންގެ ޓިލްއަށް، ނޫނީވިއްޔާ އަޅުގަނޑުމެން މި އެއަރޕޯޓް ހަދަން އެއްކުރި ފައިސާ އަޅައި ޖަމާކުރާ ފޮށްޓަށް އޭރު ލާރި ލަމުންދިޔަވަރު. އަޅުގަނޑުމެންގެ ޚިޔާލަށް އެއްޗެއް އާދޭތޯ؟

ދެން، ރައީސް މައުމޫންގެ ދައުރު. ޝައްކެއްވެސްނެތްގޮތުގައި، ވަރަށް ވަރުގަދަ މަސައްކަތްތަކެއް ރައީސް މައުމޫން ކޮށްދެއްވި. މިއަދުވެސް ރައީސް މައުމޫންގެ ނަންފުޅާއި، ރައީސް އިބްރާހީމް ނާޞިރުގެ ނަންފުޅު އަޅުގަނޑުމެން ހަނދާނަށް ގެނެސްފައި،އެ ދެ ލީޑަރުންނަށް، އެ ބޭފުޅުން މި އެއަރޕޯޓް ތަރައްޤީ ކުރެއްވުމަށް، އަދި ދިވެހިރާއްޖޭގެ މިނިވަންކަން، މިނިވަން ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް، މި ވަސީލަތުގެ ތެރެއިން ކޮށްދެއްވި މަސައްކަތަށް، ހަމަ ފަށްފަށުން ޝުކުރު ދަންނަވަންޖެހޭނެ. ރައީސް މައުމޫން، އެތައް މިލިއަން ޑޮލަރެއް، އެކިފަހަރުމަތިން ނަންގަވައިގެންވެސް، އަޅުގަނޑުމެން އެއަރޕޯޓް، އޭރު ޖީ.އެމް.އާރާ ހަމައަށް ދިޔައިރު އެ އޮތް ޙާލަތަށް އެއަރޕޯޓް ގެނެސްދެއްވީ ރައީސް މައުމޫން. ޝައްކެއްވެސްނެތް، ވަރުގަދަ މަސައްކަތްޕުޅުތަކެއް ރައީސް މައުމޫން ކޮށްދެއްވި.

އެކަމަކު މިއަދުގެ ވާހަކަ އައްސަވާ! އެއްކަލަ ސާޅީސް ފަސްލާރިން، އެއް ރުފިޔާއިން ޓިލްއަށް، ލާރި އެއްކުރަމުންދިޔަ އެއަރޕޯޓް. އެއަރޕޯޓް އެޅުމަށްޓަކައި. އަޅުގަނޑު ހަމަ ދިވެހި ޒުވާނުންނަށް ދަންނަވާލާ ވާހަކައެއް. މިއަދު މި ދައްކަނީ ކޮން ވާހަކައެއްތޯ؟ މިއަދި މި ދައްކަނީ އެއްހާސް މިލިއަން ޑޮލަރުގެ އެއަރޕޯޓެއްގެ ވާހަކަ. އެއްހާސް މިލިއަން ޑޮލަރުގެ އެއަރޕޯޓެއްގެ ވާހަކަ. އަދި މި އެއަރޕޯޓް ހުޅުވަން، އަދި މި އެއަރޕޯޓަށް ފައިސާ ހޯދާކަށް އިރާދަކުރެއްވިއްޔާ އެއީ ކޮންމެހެން ދިވެހި ރައްޔިތުންގެ ފައިސާ ބޭނުންނުކުރާތީކީނޫން. ދިވެހި ރައްޔިތުންގެ ފައިސާ މީގައި މިހުރީ. އަޅުގަނޑުމެންނެއް، މި ދެންނެވި ގޮތަށް އާންމު އުސޫލުން، އަޅުގަނޑުމެންނެއް ފޮށްޓެއް ހުޅުވައެއްނުލަން. ސާޅީސް ފަސްލާރިތޯ، ސާޅީސް ފަސްރުފިޔާތޯ، ސާޅީސް ފަސްމިލިއަން ރުފިޔާތޯ ދިވެހިން ލާނީ.

އެކަމަކު މިއީ، ޝައްކެއްވެސްނެތްގޮތުގައި، ދިވެހިރާއްޖޭގެ ޝަރަފު. މިއީ އަޅުގަނޑުމެންގެ އިސްތިޤްލާލު، ނޫނީވިއްޔާ އަޅުގަނޑުމެންގެ މިނިވަންކަން މިއޮތީ މި އެއަރޕޯޓުގެ އަތްމަތީގައި. އަދި އަޅުގަނޑުމެންގެ ކުރިއަށް ދިޔުމާއި، އަޅުގަނޑުމެންގެ އިޤްތިޞާދީ ތަރައްޤީއަކީ މި އެއަރޕޯޓުގެ މައްޗަށް ހިންގުވާ ކަމެއް. ބަރޯސާވާ ކަމެއް. މީގެ މައްޗަށް ޑިޕެންޑްވާ ކަމެއް.

އެހެންވީމާ ސާޅީސް ފަސްލާރިން، އެއް ރުފިޔާއިން، މި އެއަރޕޯޓް ހަދަން ލާރި އެއްކުރި ޒަމާން، އަޅުގަނޑުމެންނާ ފާއިތުވެ ހިނގައްޖެ. ފަންސާހަކަށް، ފަސްދޮޅަހަކަށް އަހަރުކަންނޭނގެ ވެގެން އެދިޔައީ. މިހާރު ފަސްދޮޅަހަކަށް އަހަރު މިވަނީ. އެކަމަކު މިއަދު ﷲގެ ރަޙްމަތާއެކީ، އަޅުގަނޑުމެން އައިސްފައި ހުރި ހިސާބަކީ މި ދެންނެވީ. އެއްހާސް މިލިއަން ޑޮލަރުގެ އެއަރޕޯޓެއް އަޅުގަނޑުމެން  މި ހަދަނީ. އަޅުގަނޑުމެންނަށް އެހީވަނީ، ސަޢުދީ ފަންޑާއި، އަބޫދާބީ ފަންޑާއި، އަދި ދިވެހި ސަރުކާރާ، މިކަހަލަ މަސައްކަތްތަކަށް.

އެހެންވީމާ، އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެ ކުރިއަށް ހިނގައްޖެ ނޫންތޯ. އެހެންވީމާ، ދިވެހިރާއްޖެ ކުރިއަށް ހިނގައްޖެ. މިއީ ދިވެހީން މިއަދު ކުރި މަސައްކަތުގެ ނަތީޖާ. ދިވެހީން ކުރި މަސައްކަތުގެ އަގު، ﷲ އަޅުގަނޑުމެންނަށް ދައްކަވާ ގޮތް މިއީ. އެހެންވެގެން އަބަދުވެސް، ނިޢުމަތަތަކަށް ޝުކުރު، އަޅުގަނޑުމެން ކުރަންޖެހެނީ. މިހުރިހާ ކަމެއް އަޅުގަނޑުމެން ދޫކޮށްލާކަން ނުޖެހޭ.

ދެންމެ އަޅުގަނޑުމެންނަށް ޢާދިލްގެ ވާހަކަފުޅުން އިވިގެން ހިނގައްޖެ ދޮގެއްތޯ، ޖީ.އެމް.އާރާ އެއަރޕޯޓް ހަވާލުކޮށްފައި، ފުރަތަމަ އަހަރުކަންނޭނގެ، އަޅުގަނޑުމެންނަށް ލިބިގެންދިޔައީ، އެއަރޕޯޓް ކުންފުންޏަށް ލިބިގެންދިޔަ ސާފު ފައިދާއަކީ އެންމެ ފަނަރަ މިލިއަން ރުފިޔާ. އެއަރޕޯޓް ހަވާލުކުރުމުގެ ކުރިން، އެއަރޕޯޓަށް ލިބޭ ފައިދާގެ ގޮތުގައި ސަތޭކަ ފަންސާސް މިލިއަން، ދުއިސައްތަ މިލިއަން ލިބެމުންދިޔަ ކުންފުންޏެއް ނަގައި މި ހަވާލުކުރީ އަޅުގަނޑުމެންނަށް ނުހިންގިގެންނޭ ކިޔާފައި، ބޭރު ބަޔަކާ ހިންގަން. އެމީހުން ހިންގާފައި، އެމީހުން ދައުލަތަށް ދޭން ބުނި ފައިސާ، އެމީހުންނަކަށް ނުދެއްކުނު. އެގްރީމަންޓް ޓަރމިނޭޓް ކުރި ފުރަތަމަ އަހަރު ފަނަރަ މިލިއަން. ފަނަރަ މިލިއަން ރުފިޔާގެ ވާހަކަ މި ދައްކަނީ. އަޅުގަނޑުމެން ދިވެހި ސަރުކާރުން މިއަދު މިލިއަނަކުން ނޫން މި ގުނަނީ. އަޅުގަނޑުމެން ދިވެހި ސަރުކާރުން މިއަދު މި ގުނަނީ ހާސް މިލިއަނުން. ބިލިއަނުން މި ގުނަނީ. ސިމްޕަލް m އާއި ކެޕިޓަލް B އާ ދޭތެރޭގައި ހުރި ތަފާތު މިއީ.

އެހެންވީމާ، އެއީ ފަނަރަ މިލިއަންގެ ވާހަކަ. އެކަމަކު މިއަދު އަޅުގަނޑުމެން މިކުރާ މަސައްކަތުން މި ހުރިހާ ބޮޑު ފައިސާއެއް، ޖީ.އެމް.އާރު އަތުން އެއަރޕޯޓް އަނބުރާ އަތުލާފައި،އެ ފައިސާ ދައްކަމުން، މި އެއަރޕޯޓްގެ ތަރައްޤީއަށް މަސައްކަތް ކުރަމުން މިއަދު އެއަރޕޯޓް ކުންފުނީގެ ފައިދާއަކީ އެއް ބިލިއަން. އެއްހާސް މިލިއަން ރުފިޔާ. މިއީ އަޅުގަނޑުމެންގެ އިޤްތިޞާދުގެ ނާރެހަކަށްވާނީ. މިއީ އަޅުގަނޑުމެންގެ އިޤްތިޞާދަށް ބޭނުންވާ ހުރިހާ އިމްޕެޓަސް ދޭ ކެޓަލިސްޓަކަށް ވެގެންދާނީ މި އެއަރޕޯޓް.

މި އެއަރޕޯޓާއި، މާފަރު އެއަރޕޯޓާއި، އެހެން ތަންތަނުގައި މި އެޅެމުންދާ އެއަރޕޯޓަކީ، އަޅުގަނޑުމެންގެ ޒުވާނުންނަށާއި، އަޅުގަނޑުމެންނަށް ވަޒީފާތަކަށް އަޅުގަނޑުމެންގެ އިޤްތިޞާދު އުޖާލާވެގެންދާނެކަން، އިޤްތިޞާދީ ގޮތުން އަޅުގަނޑުމެންނަކީ ފުދުންތެރި ބައެއް ކަމަށްވަންޏާ، ދެން އިރާދަކުރެއްވިއްޔާ މިތަން އަޅުވެތިކުރާކަށް އަންނާނެ ބަޔަކު ނާންނާނެ. އަޅުވެތިކަމުގެ ނަތީޖާއަކަށްވާނީ އަޅުގަނޑުމެން ބޭރު މީހުންގެ ކައިރިއަށް ސަލާންޖަހަން ދިޔުން. އެކަމަކު މިހާރު އަޅުގަނޑުމެން މިނަގާ ފައިސާ މި ހޯދަނީ ޝަރަފުވެރިކަމާއެކީ. އެހެންވީމާ، ދުވަހަކުވެސް ޒުވާން ކުއްޖަކު ބޭނުމެއްނުވާނެ، ދުވަހަކުވެސް މި ރައީސް ބޭނުމެއްނުވާނެ، އަޅުގަނޑުމެން ސަލާންޖަހަން ދާކަށް. އަޅުގަނޑުމެން ބޭނުންވާނީ އަޅުގަނޑުމެންގެ ފުދުންތެރި ބައެއްގެ ގޮތުގައި ތިބެން. ފުދުންތެރި ބައެއްގެ ގޮތުގައި ދުނިޔޭގެ ސަފުގައި އަޅުގަނޑުމެން ހިނގާނީ، އެހެން ލީޑަރުންނާއެކީވެސް ހަމަ ކަރާއި ކަރު ޖައްސައިގެން، ކޮނޑާއި ކޮނޑު ޖައްސައިގެން، ހަމަ ހުރިހާ އެންމެންނާއެކީ ހިނިތުންވެގެން. މިއީ، ދިވެހިރާއްޖެއަށް ލިބޭ ޝަރަފަކީ.

އެހެންވީމާ، އަޅުގަނޑުމެން މިއަދު އިސްތިޢުމާރީ ނުފޫޒުތައް އެހާވަރަށް ދިވެހިރާއްޖޭގެ ޚާރިޖީ އަދި ދާޚިލީ ސިޔާސަތުގެ ތެރެއަށް ވަންނަން އަންނައިރު، މިއަދު އަނެއްކާ އިރާދަކުރެއްވިއްޔާ  މި ޤާއިމުވެގެންދިޔައީ މި ނިމިގެންދިޔައީ އަޅުގަނޑުމެންގެ މިނިވަންކަމަށް އިތުރު ތާއީދެއްދޭ އެންމެ ވަރުގަދަ ކަންތައް.

މި އެއަރޕޯޓް ނިމިގެންދާއިރު، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލާނަން. އަޅުގަނޑާ އެއްގޮތަކަށްވެސް ސްކެޕްޓިކުން މިކަމާ ސުވާލުނުކުރައްވާ! އަޅުގަނޑުގެ ޢަޒުމު އިރާދަކުރެއްވިއްޔާ އެއަށްވުރެ ވަރުގަދަ. އަޅުގަނޑު މިކުރަނީ އިޚްލާޞްތެރި މަސައްކަތް. ﷲގެ ރަޙްމަތް އަޅުގަނޑުމެންނަށް މިހާތަނަށް ތަނަވަސްކޮށްދެއްވައިފި. ދެންވެސް އަޅުގަނޑު އެދޭނީ ﷲގެ ރަޙްމަތަށް. ﷲގެ މިންވަރުފުޅަށް.

އަޅުގަނޑުމެން މި އެއަރޕޯޓާއެކީ އަޅުގަނޑުމެން މި ވިސްނަނީ، މިއަދު ދިވެހިރާއްޖެއަށް ލިބޭ ޖުމްލަ އާމްދަނީއަކީ، ދިވެހިރާއްޖެއަށް  އަހަރަކު  ލިބޭ ޖުމްލަ އާމްދަނީއަކީ ވިހިހާސް މިލިއަން ރުފިޔާ ކަމަށްވަންޏާ، ނޫނީވިއްޔާ ވިހި ބިލިއަން ރުފިޔާ ކަމަށްވަންޏާ،  When I am done with this airport އަދި އެއަރޕޯޓުގެ ފައިދާ އަޅުގަނޑުމެންނަށް ލިބޭއިރު، 23އާ ހަމައަށްދާއިރު، އަޅުގަނޑު ޓްރާންސްފޮމޭޝަން ޕެކޭޖްގައި އޭރު ގާތްގަނޑަކަށް މެދާ ހަމަޔަށްދާނީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދިވެހި ސަރުކާރަށް ވައްދާނަން އަށްޑިހަ ދެ ބިލިއަން. ނޫނީ އަށްޑިހަ ދެހާސް މިލިއަން. އެއީ، އުއްމީދާއި ތަރައްޤީ. އެ އަޅުގަނޑުމެން ނުޖެހޭ އެއަށް ފުރަގަސްދޭކަށް. އެހެންވީމާ، ހަމަ މިއަދު މިއީ ﷲ އަށް ޝުކުރުކުރުންމަތީ އަބަދު އަޅުގަނޑުމެން ތިބެންޖެހޭ ދުވަހެއް.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް ދިވހި ޒުވާނުންނަށް އަޅުގަނޑު ދޭ ހިތްވަރަކީ، ޒުވާނުން ކަމަކާ ކުރިމަތިލައިފި ކަމަށްވަންޏާ، އަދި ސަރުކާރުން، މި ސަރުކާރު އޮތިއްޔާ، ޒުވާނުންގެ ކަންކަމަށް ހިތްވަރުދޭނޭ. ކުޅިވަރުވިޔަސް، އަދި އެހެން ކަންކަމުގައިވިޔަސް، ޒުވާނުންގެ ތަރުބިއްޔަތަށް އަޅުގަނޑުމެން ހިތްވަރުދެމޭ. ދެބައިމީހުންގެ ޕާޓްނަރޝިޕެއް މިއީ. ޒުވާން ކުދިންގެ ހިތްވަރާއި، ދެން ބުނަންޖެހޭނީ ހަމަ ރައީސް ޔާމީންގެ ފަންވަރޭދޯ. ރައީސް ޔާމީންގެ ފަންވަރާއެކީ، There is nothing that we can not achieve ހަމަ ކޮންމެ ކަމަކީވެސް އިރާދަކުރެއްވިއްޔާ އަހަރުމެންނަށް ކާމިޔާބު ކުރެވޭނެ ކަމެއް.

އެހެންވީމާ، އިރާދަކުރެއްވިއްޔާ މިގޮތުގައި، މި ޕާޓްނަރޝިޕްގައި އަހަރުމެން ކުރިއަށްދާ ކަމަށްވަންޏާ، ދިވެހިރާއްޖޭގެ ތިޔައިން ކޮންމެ ކުއްޖަކަށް، ތިޔައިން ކޮންމެ ކުއްޖާގެ ޢާއިލާއަކަށް، ބައްޕައަށް، މަންމައަށް އުފާފާގަތިކަން ގެނެސްދޭ އަދި އުއްމީދުން ފުރިގެންވާ ދިވެހިރާއްޖެއަކަށް ނަހަދާންވީ ހަމަ އެއްވެސް ސަބަބެއް ތިޔަ ކުދިންނަކަށް ނޯންނާނެ.

އެހެންވީމާ، ތިޔަ ކުދިންގެ އަތްމަތީގައި ގިނަ ކަންކަން މިހިރީ. ތިޔަ ކުދިންނާއެކީ އަބަދުވެސް، ފުޓްބޯޅަ ދަނޑުގައި ވެއްޖިއްޔާ އަސްޢަދު ނޫނީ އަކްރަމް. މުޅި ޤައުމުގައި ވެއްޖިއްޔާ، ކައްޕިއެއްގެ ގޮތުގައި ރައީސް ޔާމީން ތިޔަކުދިންނާއެކީ މަސައްކަތްކޮށްދޭނެ. އިރާދަކުރެއްވިއްޔާ، އަހަރުމެންނަށް ނުދެވޭނެ ހިސާބަކީ ނެތް ހިސާބެއް.

އަހަރުމެންގެ މި މަސައްކަތުގައި ﷲގެ ތައުފީޤާއި ބަރަކާތް މިންވަރު ކުރައްވާށި!

والسّلام عليكم ورحمة الله وبركاته.