ދިވެހިރާއްޖޭގައި ނުކުންނަ ބައެއް ދުވަހު ނޫސްތަކުގައި، ކޮސޯޥޯގެ މިނިވަންކަން ގަބޫލު ކުރުމަށްޓަކައި ދިވެހި ސަރުކާރުގެ ބައެއް އިސްވެރިން ދެ މިލިއަން ޑޮލަރުގެ ރިޝްވަތެއް ނަގާފައިވާ ކަމަށް ބުނެ ލިޔަމުންދާތީ، މި ވާހަކައިގައި އެއްވެސް ޙަޤީޤަތެއްވޭތޯއާއި، ކޮސޯވޯގެ މިނިވަންކަން ދިވެހިރާއްޖެއިން ގަބޫލުކުރުމަށް އެއްވެސް ފަރާތަކުން ރިޝްވަތެއް ހިފާފައިވޭތޯއާއި، އަދި އެއްވެސް ފަރާތަކުން ކޮރަޕްޝަނަށް މަގުފަހިވާފަދަ ޢަމަލެއް ކޮށްފައިވޭތޯއާއި، މިއިން އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ކޮށްފައިވާނަމަ އެމައްސަލައެއް ތަޙުޤީޤު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މޯލްޑިވްސް ޕޮލީސް ސަރވިސްއަށް މިއަދު އަންގަވައިފިއެވެ. މިކަން އަންގަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮމިޝަނަރ އޮފް ޕޮލީސް އަޙްމަދު ފަސީޙަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައެވެ.