2018 ނޮވެންބަރު 18 ވަނަ ދުވަހު ރިޔާސީ އައު ދައުރު ފެށުމާ ގުޅިގެން، ސަރުކާރު އޮފީސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ސަރުކާރުގެ އޮނިގަނޑަށް ގެންނެވި ބަދަލުތައް ތިރީގައި އެވަނީއެވެ.

 

އަލަށް އުފެއްދެވި ތަންތަން

  1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
  2. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
  3. މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
  4. މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ
  5. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
  6. ޑިޕާޓްމަންޓް އޮފް ސްޕެޝަލް ނީޑްސް އެޑިޔުކޭޝަން
  7. ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް
  8. ސެންޓަރ ފޮރ މެންޓަލް ހެލްތް

 

ނަން ބަދަލުކުރެއްވި ތަންތަން

  1. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަން މިނިސްޓްރީ އޮފް ފިނޭންސްގެ ނަމަށް ބަދަލުކުރެއްވުން.
  2. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނަން މިނިސްޓްރީ އޮފް ޑިފެންސްގެ ނަމަށް ބަދަލުކުރެއްވުން.
  3. މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ނަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ނަމަށް ބަދަލުކުރެއްވުން.
  4. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ނަމަށް ބަދަލުކުރެއްވުން.
  5. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނަން މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނަމަށް ބަދަލުކުރެއްވުން.
  6. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ނަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ނަމަށް ބަދަލުކުރެއްވުން.
  7. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ނަން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނަމަށް ބަދަލުކުރެއްވުން.
  8. ދިވެހިރާއްޖެއިން ޔޫރަޕިއަން ކޮމިއުނިޓީސްއަށް ކަނޑައަޅާފައިވާ ދާއިމީ މިޝަން ގެ ނަން ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ނަމަށް ބަދަލުކުރެއްވުން.

 

އެއް އިދާރާގެ ދަށުން އަނެއް އިދާރާގެ ދަށަށް ބަދަލުކުރެއްވި ތަންތަން

  1. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށަށް ބަދަލުކުރެއްވުން.
  2. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ދަށުން ހިނގަމުންދިޔަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށަށް ބަދަލުކުރެއްވުން.
  3. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީގެ ދަށަށް ބަދަލުކުރެއްވުން.
  4. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ދަށުން ހިނގަމުންދިޔަ ޤައުމީ އަރުޝީފު، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގެ ދަށަށް ބަދަލުކުރެއްވުން.
  5. މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންދިޔަ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީގެ ދަށަށް ބަދަލުކުރެއްވުން.
  6. މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ޑްރަގް އެޖެންސީއާއި، ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށަށް ބަދަލުކުރެއްވުން.
  7. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދިޔަ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށަށް ބަދަލުކުރެއްވުން.
  8. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދިޔަ ދިވެހިބަހުގެ އެކެޑަމީއާއި ޑިޕާޓްމަންޓް އޮފް ހެރިޓޭޖް، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށަށް ބަދަލުކުރެއްވުން.
  9. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދިޔަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދިޔަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގ އޮތޯރިޓީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށަށް ބަދަލުކުރެއްވުން.
  10. މިނިސްޓްރީ އޮފް ހެލްތްގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށަށް ބަދަލުކުރެއްވުން.
  11. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިނގަމުންދިޔަ ފިޔަވައްޗާއި، ކުޑަކުދިންގެ ހިޔާއާއި، އަމާން ހިޔާއާއި، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިނގަމުންދާގޮތަށް ހަމަޖެއްސެވި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ދަށަށް ބަދަލުކުރެއްވުން.
  12. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދިޔަ ޓްރާންސްޕޯޓް އޮތޯރިޓީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށަށް ބަދަލުކުރެއްވުން.
  13. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދިޔަ މޯލްޑިވްސް އިމިގްރޭޝަން، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށަށް ބަދަލުކުރެއްވުން.
  14. މިނިސްޓްރީ އޮފް ޓޫރިޒަމްގެ ދަށުން ހިނގަމުންދިޔަ ރީޖަނަލް އެއަރޕޯޓްސް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށަށް ބަދަލުކުރެއްވުން.
  15. މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއާއި ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަންއާއި ޤައުމީ ކުތުބުޚާނާ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށަށް ބަދަލުކުރެއްވުން.
  16. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިނގަމުންދިޔަ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއާއި، ޕަބްލިކް ވަރކްސް ސަރވިސަސް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން އުފައްދަވާފައިވާ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓްގެ ދަށަށް ބަދަލުކުރެއްވުން.

 

އުވައިލެއްވި ތަންތަން

  1. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން އުވައިލެއްވުން.
  2. ސަރުކާރު މުވައްޒަފުންގެ ނާދީ އުވައިލެއްވުން.