2018 ސެޕްޓެންބަރު 23 ވާ އާދީއްތަދުވަހަކީ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް ހަމަޖެހިފައިވާ ދުވަސްކަމުގައިވާތީ، މި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތަށް ހަމަޖެއްސެވުމުން، ރިޔާސީ އިންތިޚާބަށް ވޯޓުލުމަށް ހަމަޖެހިފައިވާ ދުވަހަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، ސެޕްޓެންބަރު މަހުގެ 24 ވާ ހޯމަދުވަހު ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.