މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް މިނިސްޓަރުގެ ނައިބު ފެންވަރުގައި މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކަރަންކާގޭ އަލްފާޟިލް އަޙްމަދު ރަޝީދު ރައީސުލްޖުމްހޫރިއްޔާ މިއަދު އިސްކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒުގެ ނައިބުކަމުގެ މަގާމަށްވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ބޭފުޅަކު އިސްކުރެއްވިއެވެ. މި މަގާމަށް އިސްކުރެއްވީ ހެންވޭރު އަމްސާވިލާ އަލްފާޟިލް އަޙްމަދު މޫސާއެވެ.