8 ރަށެއްގެ ކައުންސިލަރުންގެ މަގާމަށް ރައީސް މުޙަންމަދު ނަޝީދު ބޭފުޅުން އިސްކުރައްވައިފިއެވެ. މިދަންނަވާލަނީ ކައުންސިލަރުގެ މަގާމަށް އިސްކުރެއްވި ބޭފުޅުންނާއި، އެބޭފުޅުން އިސްކުރެއްވި ރަށްރަށެވެ.

1. ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލަރގެ މަގާމަށް ތިލަދުންމަތީ އުތުރުބުރީ މުރައިދޫ މައިމަގުމަތީގޭ އަލްފާޟިލް ޢަބްދުﷲ ޢަފީފް.

2. މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލަރގެ މަގާމަށް ރަސްމާދޫ ސިމްލާ އަލްފާޟިލް ޢަބްދުﷲ ޙަމީދު.

3. މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލަރގެ މަގާމަށް މަޑުއްވަރީ ހިތިލާގޭ އަލްފާޟިލް އަޙްމަދު ރަފީޢު.

4. މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލަރގެ މަގާމަށް އިނގުރައިދޫ ކަނީރުގޭ އަލްފާޟިލް މުޙަންމަދު ނިޒާމް.

5. މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލަރގެ މަގާމަށް ފައިނު ޗަނބޭލީގޭ އަލްފާޟިލް މޫސާ ޢުމަރު މަނިކު.

6. މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލަރގެ މަގާމަށް ކިނޮޅަހު ފިޔާތޮށިގޭ އަލްފާޟިލް ނިޒާރު ޒަކަރިއްޔާ.


7. މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލަރގެ މަގާމަށް މާކުރަތު ކެތި އަލްފާޟިލް ޢަލީ ރަޝީދު.

8. މާލެއަތޮޅު ގުޅީ ކައުންސިލަރގެ މަގާމަށް ގުޅީ ލައިޓް ހައުސް އަލްފާޟިލް އަޙްމަދު ޔާސިރު.