ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 54 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން، މއ. ކޯރަލްބެރީ މުޙައްމަދު ޙަމީދު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް މިއަދު އައްޔަންކުރައްވައިފިއެވެ. 

އަދި ރައީސުލްޖުމްހޫރިއްޔާވަނީ، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު މިވަގުތު ހުސްކޮށް އޮތުމާގުޅިގެން، އެ މަގާމުގެ މަސްއޫލިއްޔަތުތައް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާ ވަގުތީގޮތުން ހަވާލުކުރައްވާފައެވެ.