ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާފުށީ ޖަލުގެ ހާލަތު ބައްލަވައިލެއްވުމަށް ޖަލު ހިމެނޭ ސަރަޙައްދަށް މިއަދު މެންދުރު ޒިޔާރަތް ކުރައްވައިފިއެވެ.

 މާފުށީ  ޖަލަށް ކުރެއްވި މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މުޖުތަމަޢުގެ އެއްވެސް މީހަކު ބާކީކޮށްލުމަކީ މި ސަރުކާރުން ބޭނުންވާ ކަމެއްނޫންކަމަށާއި، ޖަލުގައި ހޭދަވާ ވަގުތަކީ ކަންތައްތަކެއް އުނގެނި އަލުން މުޖުތަމަޢަށް އެނބުރި އައުމަށް ލިބޭ ފުރުޞަތަކަށް ވުމީ މި ސަރުކާރުން އެދޭގޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

 ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.