ރައީސް މުޙަންމަދު ނަޝީދު މެދު ޕްރޮވިންސްގެ ތިން އަތޮޅުކަމަށްވާ މުލަކަތޮޅަށާއި، ނިލަންދެ އަތޮޅު އުތުރުބުރިއަށާއި، ނިލަންދެ އަތޮޅު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި މެދު ޕްރޮވިންސަށް ޚާއްޞަ ކުރައްވައިގެން ލާމަރުކަޒީ އުޞޫލުން އަތޮޅުތައް ހިންގުމާބެހޭ މަސައްކަތު ބައްދަލުވުން އިފްތިތާޙް ކޮށްދެއްވާނެއެވެ. މިކަން އޮންނާނީ މިއަދު މެންދުރުފަހު ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫގައެވެ.

ލާމަރުކަޒީ އުޞޫލުން އަތޮޅުތައް ހިންގުން ތަޢާރުފު ކުރެއްވުމުގެ މަސައްކަތު ބައްދަލުވުންތައް ނިންމެވުމުގެ ގޮތުން ބާއްވަވާ ޖަލްސާއެއް މިރޭ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫގައި އޮންނާނެއެވެ. މިޖަލްސާގައި ރައީސް މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ.