6 ރަށެއްގެ ކައުންސިލަރުންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭފުޅުން އިސްކުރައްވައިފިއެވެ. މިދަންނަވާލަނީ ކައުންސިލަރުގެ މަގާމަށް އިސްކުރެއްވި ބޭފުޅުންނާއި، އެބޭފުޅުން އިސްކުރެއްވި ރަށްރަށެވެ.

1. ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލަރުގެ މަގާމަށް ތުރާކުނު ހިކިފިނިފެންމާގޭ އަލްފާޟިލް ޢަލީ ރަޝީދު.

2. ތިލަދުންމަތީ ދެކުނުބުރީ މާވައިދޫ ކައުންސިލަރުގެ މަގާމަށް މާވައިދޫ ހަނދުވަރުމަންޒިލް އަލްފާޟިލް އިބްރާހީމް މުޙަންމަދު.

3. ފެލިދެއަތޮޅު ފެލިދޫ ކައުންސިލަރުގެ މަގާމަށް ފެލިދޫ ޖަނބުރޯލުމާގޭ އަލްފާޟިލް މުޙަންމަދު ޝިފާޙް.

4. ހައްދުންމަތީ މާބައިދޫ ކައުންސިލަރުގެ މަގާމަށް މާބައިދޫ ސޯސަންވިލާ އަލްފާޟިލާ ފާޠިމަތު ޖަމީލު.

5. ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލަރުގެ މަގާމަށް ތިނަދޫ ކޯންފްލޭކް އަލްފާޟިލް މުޙަންމަދު ޒާހިރު.

6. އައްޑުއަތޮޅު މަރަދޫ ކައުންސިލަރުގެ މަގާމަށް މަރަދޫ ޑައިމަންޑްވިލާ އަލްފާޟިލް ޝަރަފުއްދީން ސަޢީދު.