ކުރައްވާ ކޮންމެ ކަމެއް ރައްޔިތުންގެ ރުހުމާއި ރައްޔިތުންގެ އެދުމާއި ރައްޔިތުން ބޭނުންވާ ގޮތަށް ރަނގަޅަށް ކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބިލެތްދުއަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައްޗަށް ބައްލަވާލައްވަމުން، އިރާދަކުރެއްވިއްޔާ ބިލެތްދޫގެ ނަރުދަމާގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ބަނދަރުގެ ނުނިމިއޮތްބައި މަރާމާތާ އެކީގައި މިއަހަރުގެ ތެރޭގައި ހައްދަވާ ނިންމަވާދެއްވާނެ ކަމަށާއި އެތަން ހައްދަވައި ދެއްވާނީ އެންމެ ޒަމާނީކޮށް ވަރުގަދަކޮށް ދެމިހުންނާނޭ ގޮތަކަށް ކަމުގައި ވިދާޅުވިއެވެ. މިހާރު އަޅާފައިވާ ރަށުއޮފީހުގެ ބިންގަލުގެ މަތީގައި ރަށުއޮފީސްވެސް ހައްދަވައި ދެއްވާނެކަމަށާއި، ދިގުމުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން ބިލެތްދޫގައި 50 ގެ ޢިމާރާތް ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށްޓަވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ރައްޔިތުން، ޚާއްޞަކޮށް އަންހެން ބޭފުޅުން މަޝްވަރާ ކުރައްވައިގެން ރަށުގެ އިޤްތިޞާދީ ތަރައްޤީގެ މަސައްކަތްތަކަށް އެހީތެރިވެދޭނެ ދެތިންކަމެއް ފާހަގަކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މިކަންތައްތައް ކޮށްދެއްވޭތޯ ސަރުކާރުން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި ހެޔޮވެރިކަމެއް ޤާއިމުކުރެއްވުމަށް ބިލެތްދޫ ރައްޔިތުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި އެބޭފުޅުންނަށް ޝުކުރުއަދާކުރެއްވިއެވެ.