ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ހެނދުނު މާލެ އަތޮޅު ދިއްފުށްޓަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދިއްދުށްޓަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު މާލެ އޮތޮޅު ދިއްފުށްޓަށާއި ގިރިފުށްޓަށް ކުރައްވާ މި ދަތުރުފުޅުގައި، ދިއްފުށީގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ފަށްޓަވައިދެއްވައި، ގިރިފުށީގައި ބާއްވާ 20 ވަނަ ކެޑޭޓް ކޭމްޕާ ބެހޭ ބްރީފިންގގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.