ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހުޅުމާލެ ހޮސްޕިޓަލާއި ޓްރީ ޓޮޕް ހޮސްޕިޓަލަށް މިއަދު މެންދުރުފަހު ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިޒިޔާރަތަކީ އެހޮސްޕިޓަލް ތަކުގެ އެކި ޑިޕާރޓްމަންޓް ތަކުގައި މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ. މިޒިޔާރަތުގައި ހުޅުމާލެ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލައްވައި ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައިވާ ބަލިމީހުންގެ ހާލުވެސް ބައްލަވައިލެއްވިއެވެ.