ކައުންސިލްތަކުން ނަގާފައިވާ ބާރުތައް އެ ކައުންސިލްތަކަށް އަނބުރާ ދިނުމަށްޓަކައި ކުރައްވަން ހުރި މަސައްކަތްތައް ވީހާވެސް އަވަހަކަށް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ކައުންސިލްތަކުން ނަގާފައިވާ ބާރުތައް އެ ކައުންސިލްތަކަށް އަނބުރާ ދިނުމަށްޓަކައި ސަރުކާރުގެ މިނިސްޓްރީތަކުން އެކަން ކުރެއްވޭނެ ގޮތްތަކެއް ކަނޑައަޅުއްވައި، އެކަންކަން ކުރެވޭނެ މަރުހަލާތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.