ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސްޕެޝަލް އެންވޯއީގެ މަޤާމަށް ހެންވޭރު ތިމާވެށި ޢަބްދުﷲ ޖާބިރު، މިއަދު ޢައްޔަނުކުރައްވައިފިއެވެ.

ޢަބްދުﷲ ޖާބިރު އެމަޤާމަށް ހަމަޖެއްސެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.