މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުކަމުގެ މަގާމަށާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބުކަމުގެ މަގާމަށް ރައީސް މުޙަންމަދު ނަޝީދު މިއަދު ދެބޭފުޅަކު އިސްކުރައްވައިފިއެވެ. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުކަމުގެ މަގާމަށް އިސްކުރެއްވީ، މާލޭ މުނިސިޕަލްޓިގެ ޚާއްޞަ ދަފްތަރު 94-67 އައްޝައިޚް މުޙަންމަދު ފާރޫޤެވެ. މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު ކަމުގެ މަގާމަށް އިސްކުރެއްވީ، މައްޗަންގޮޅި ކޮމްރެޑްވިލާ އަލްފާޟިލާ ޙައުލާ އަޙްމަދު ދީދީއެވެ.

މީގެއިތުރުން، ދެރަށެއްގެ ކައުންސިލަރުކަމުގެ މަގާމަށްވެސް ބޭފުޅުން އިސްކުރައްވައިފިއެވެ. މިގޮތުން އިސްކުރެއްވީ، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލަރކަމުގެ މަގާމަށް ތުޅާދޫ މަލާޒް އަލްފާޟިލް މުޙަންމަދު އުޘްމާނާއި، މާލެއަތޮޅު ހުރާ ކައުންސިލަރުގެ މަގާމަށް ހުރާ ނަރުގިސްވިލާ އަލްފާޟިލް އަޙްމަދު ނިހާދެވެ.