ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ކުރިއަށްދިޔަ ދުޅަހެޔޮ ހަށިހެޔޮ ޢީދުގައި ބައިވެރިވެވަޑައިގެންފިއެވެ. އަދި އެމަނިކުފާނު ވަނީ ދުޅަހެޔޮ ހަށިހެޔޮ ޢީދުގެ ކުޅިވަރުތަކުގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ.

މި ހަރަކާތް ތަކުގައި ބައިވެރިވި އެންމެހާ ބޭފުޅުންނާ ބައްދަލުކޮށްލައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ހަރަކާތްތައް ކުރިއަށްއޮތް ދުވަސްތަކުގައިވެސް ކުރިއަށް ގެންދަވާނެކަމުގައި ވިދާޅުވެފައެވެ. އަދި މި އިވެންޓް ފުރިހަވެގެން ދިޔައީ ހުރިހާ ރައްޔިތުން ދެއްވި އެއްބާރުލުމުގެ ސަބަބުންކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. 

އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ ކުރިއަށްދާ ޖާފަތުގައި ބައިވެރިވުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ. 

މި ޙަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ރައްޔިތުން މަޖިލިހުގެ ރައީސް އަދި ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.