ތިން ރަށެއްގެ ކައުންސިލަރުންގެ މަގާމަށް ރައީސް މުޙަންމަދު ނަޝީދު ބޭފުޅުން އިސްކުރައްވައިފިއެވެ. މިގޮތުން އިސްކުރެއްވީ، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލަރގެ މަގާމަށް އުނގޫފާރު ޗާނދަނީވިލާ އަލްފާޟިލް އަޙްމަދު ޝާހިދާއި، އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލަރގެ މަގާމަށް ކުނބުރުދޫ ފެންފިޔާޒުގޭ އަލްފާޟިލް އަޙްމަދު އަޝްރަފާއި، އައްޑުއަތޮޅު ހިތަދޫ ކައުންސިލަރގެ މަގާމަށް ހިތަދޫ ރަނައުރާމާގޭ އަލްފާޟިލް އަޙްމަދު ނަޢީމެވެ.