ރައީސް މުޙަންމަދު ނަޝީދު، ނެޕާލްގެ އާ ބޮޑުވަޒީރު މަދަވް ކުމާރު ނެޕާލަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، މިމުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި މަދަވް ކުމާރު ނެޕާލަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި، ދިވެހިރާއްޖެއާއި ނެޕާލާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން، ކުރިމަގުގައިވެސް އިތުރަށް ބަދަހިވަމުންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.