ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު ހެނދުނު ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫއަށް ވަޑައިގެން އެރަށުގައި ސަރުކާރުން ހިންގެވި ހަތް މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ތިނަދޫގައި މިއަދު ނިމުން ފާހަގަ ކުރެއްވި މަޝްރޫޢުތަކުގެ ތެރޭގައި، ތިނަދޫގެ މަގު ހެދުމުގެ މަޝްރޫޢާއި، އިސްލާމީ މަރުކަޒު ބިނާކުރުމުގެ މަޝްރޫޢާއި، އާބާދީ މައިޒާން ތަރައްޤީކުރުމުގެ މަޝްރޫޢާއި، ބިން ހިއްކުމާއި، ހިއްކާފައިވާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢާއި،  120 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢުގެ އިތުރުން ބަރާސިލް ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ހިމެނެއެވެ.