މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒްގެ ނައިބު ކަމަށް މައްޗަންގޮޅީ ނަސީމީ ހަނދުވަރު އަލްފާޟިލް ފަރްޙަތު ޢަލީ އިސްކުރައްވައިފިއެވެ. އަދި މާލޭ މުނިސިޕަލްޓީގެ ރައީސްގެ ނައިބު ކަމަށް ހުޅުމާލެ ފްލެޓް 04-3-2 އަލްފާޟިލް މުޙަންމަދު ޢާރިފް އިސްކުރައްވައިފިއެވެ. މުޙަންމަދު ޢާރިފް މި އިސްކުރެއްވީ، ހުޅުމާލޭގެ އެންމެހާ ކަންތައް ބެލެހެއްޓެވުމަށްޓަކައެވެ. މީގެއިތުރުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ޗެއަރމަންގެ މަގާމަށް މިނިސްޓަރުގެ ނައިބު ފެންވަރުގައި މާފަންނު ބަނަފްސާވިލާ އަލްފާޟިލް އިބްރާހީމް ވަޙީދު އިސްކުރައްވައިފިއެވެ.