އިޓަލީއަށް އައި ބާރުގަދަ ބިންހެލުމެއްގައި، އެތައް ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެކަމުގެ ހިތާމައިގައި، ރައީސް މުޙަންމަދު ނަޝީދު، އިޓަލީގެ ރައީސް ޖޯޖިއޯ ނަޕޯލިޓާނޯއަށް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި، އިޓަލީއަށް ކުރިމަތިވެފައިވާ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިޓަލީގެ ރައީސަށާއި، އިޓަލީ ސަރުކާރަށާއި ރައްޔިތުންނަށް، އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް، ރައީސް ނަޝީދު އެދިވަޑައިގެންފައިވެއެވެ.