5 ރަށެއްގެ ކައުންސިލަރުންގެ މަގާމަށް ރައީސް މުޙަންމަދު ނަޝީދު ބޭފުޅުން އިސްކުރައްވައިފިއެވެ. މިދަންނަވާލަނީ ކައުންސިލަރުގެ މަގާމަށް އިސްކުރެއްވި ބޭފުޅުންނާއި، އެބޭފުޅުން އިސްކުރެއްވި ރަށްރަށެވެ.

1. މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލަރުގެ މަގާމަށް މީދޫ ސީނު އަލްފާޟިލް ޢަބްދުﷲ ސަޢީދު.

2. އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލަރުގެ މަގާމަށް މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 3291 އަލްފާޟިލް މުޙަންމަދު ޢަބްދުﷲ.

3. އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލަރުގެ މަގާމަށް ދިގުރަށު ފެންފިޔާޒުގޭ އަލްފާޟިލް މުޙަންމަދު ޢުޘްމާނު.

4. ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލަރުގެ މަގާމަށް މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 6720 އަލްފާޟިލް ޢަލީ އަސްލަމް.

5. އައްޑުއަތޮޅު މަރަދޫފޭދޫ ކައުންސިލަރުގެ މަގާމަށް މަރަދޫފޭދޫ ބީޗްރެސްޓް އަލްފާޟިލް އަޙްމަދު ޢާޞިފް.