29 ޖުލައި ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައިވަނީ، މިނިވަންދުވަހުގެ މުނާސަބަތާ ގުޅިގެން ބާއްވާ ކުޅިވަރާއި، ހެވިކަމުގެ ރަސްމިއްޔާތު 28 ޖުލައި ވާ ހޮނިހިރު ދުވަހުގެ ރެޔަށް ފަސްކުރެވިފައިވާތީ އާއި އެހަރަކާތްތަކުގައި ގިނަ އަދަދެއްގެ ސުކޫލް ދަރިވަރުންނާއި، ސަރުކާރު މުއައްޒަފުން ބައިވެރިވާތީ، މުވައްޒަފުންނާއި ދަރިވަރުންގެ ލުއި ފަސޭހައަށްޓަކައެވެ.

މި ގޮތަށް ހަމަޖެއްސެވުމާއި ގުޅިގެން ދެން ސަރުކާރު އޮފީސްތައް ހުޅުވޭނީ 30 ޖުލައި ވާ ހޯމަ ދުވަހުއެވެ.