ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މާލެ އަތޮޅު ތުލުސްދޫއަށް މިއަދު ހެނދުނު ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތުލުސްދޫ ބަނދަރު ހުޅުއްވައިދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު އެރަށު ބަނދަރު ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ތުލުސްދޫ ބަނދަރަކީ 800 ފޫޓު ދިގު، އަދި 300 ފޫޓު ފުޅާ ބަނދަރެކެވެ.

ރައީސުލްޖުމްހޫރިއްޔާ މާލެ އަތޮޅުގެ 3 ރަށަކަށް މިއަދު ކުރައްވާ މިދަތުރުފުޅުގައި މާފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށާއި، ގުރައިދޫ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.