ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް "ޒިޔާރަތް މިސްކިތް" ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު މި މިސްކިތް ހުޅުވައިދެއްވާފައިވަނީ މިއަދު މެންދުރު ނަމާދު ވަގުތުގައެވެ.

މި މިސްކިތަކީ ޔުނިވާސަލް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ހިލޭ އެހީގެ ދަށުން މާލޭގައި ބިނާކުރައްވާފައިވާ މިސްކިތެކެވެ. ޒިޔާރާތް މިސްކިތަކީ ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ ޖާގައިގެ ގޮތުން 1200 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭވަރުގެ މިސްކިތެކެވެ.

މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މިސްކިތުގައި ކުރި ހުކުރު ނަމާދުގެ ޖަމާޢަތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.