ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ފީފާ ވަރލްޑް ކަޕް ޓްރޮފީ ރާއްޖެއަށް ގެނައި ޓީމަށް، ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުން މަރުހަބާ ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު އޮތް މިރަސްމިއްޔާތުގައި, "ވަރލްޑް ކަޕް ޓުއާ"ގެ ތެރެއިން ރާއްޖެ ގެނައި ވޯލްޑް ކަޕް ތަށި ދިވެހިރާއްޖޭގެ ފަސްގަނޑަށް ބާލައިދެއްވި, ފީފާ ވަރލްޑް ކަޕް 1998ގައި ފްރާންސް ޤައުމީ ޓީމާއެކު މުބާރާތް ކާމިޔާބުކޮށްފައިވާ ފުޓްބޯޅަ ތަރި، ކްރިސްޓިއަން ކަރެމްބޫ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެޓީމަށް މަރުހަބާ ދެންނެވުމަށް އެއާރޕޯޓަށް ވަޑައިގެންނެވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.