ވޭސްޓް މެނެޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ކުނި އުކުމުގެ ޚިދުމަތް ދެއްވަން ފަށްޓަވާފައިވާތީ، ވެމްކޯއިން ކުނި އުކުމުގެ ޚިދުމަތް ދެއްވާ ސަރަހައްދުތަކުގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުން ވެމްކޯއިން ކުނި އުކުމުގެ ޚިދުމަތް ހޯއްދަވާގޮތަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވީމާ، ވެމްކޯއިން ކުނި އުކުމުގެ ޚިދުމަތް ދެއްވާ ސަރަހައްދުތަކުގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުން އެ ކުންފުނީގައި ރަޖިސްޓަރީކުރައްވައިގެން، އެ ކުންފުނިން ކުނި އުކުމުގެ ޚިދުމަތް ހޯއްދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.