މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ 63 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާ ކުރުމުގެ ރަސްމިއްޔާތު‏ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ބަންޑާރަކޮށީގައެވެ.

އަސާސީ ތަމްރީން ކޯހުގެ ދަރިވަރުން ހުވާ ކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި، ދަރިވަރުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ އިސް ގާޒީ، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަލީއެވެ.

މިރަސްމިއްޔާތުގައި ‏މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފާއި، ‏‏ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ އިތުރުން ސިފައިންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.