2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 6 ވަނަ ދުވަހަކީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރައްވާގޮތަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
           މި ދުވަހަކީ، ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި، 2017 ވަނަ އަހަރުގެ މާރިޗު މަހުގެ 6 ވަނަ ދުވަހު [ތަރިކަ] މަޝްރޫޢު އިފްތިތާޙު ކުރެއްވި ދުވަސް ކަމަށާއި، މި ދުވަސް ފާހަގަ ކުރައްވާގޮތަށް މި ހަމަޖެއްސެވީ، އެ މަޝްރޫޢަކީ ދިވެހި ޤައުމިއްޔަތާ ގުޅުންހުރި ވަރަށްގިނަ ކަންތައްތަކެއް އެކުލެވޭ މަޝްރޫޢެއް ކަމަށްވާތީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
           ވީމާ، މި ދުވަސް ފާހަގަ ކުރެއްވުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި [ތަރިކަ] ކޮމިޓީ ގުޅިވަޑައިގެން ކަމަށާއި، މިކަމުގައި އެދިވަޑައިގަންނަވާ ކަންކަމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން އެއްބާރުލުން ދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.