ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫއަށް މިއަދު ހެނދުނު ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.

ހެނބަދޫ ބަނދަރު ސަރަހައްދުގައި މިއަދު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ފައްޓަވައިދެއްވުން އެދި ދެންނެވީ ޗަމްޕާ މުޙައްމަދު މޫސާއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ބައެއް ރަށްރަށުގައި ސަރުކާރުން ހިންގަވާ ބައެއް މަޝްރޫޢުތަކުގެ ނިންމުން ފާހަގަކުރެއްވުމާއެކު ސަރުކާރުން ބައެއް ރަށްރަށުގައި ކުރިއަށް ގެންދަވާ ބޮޑެތި މަޝްރޫޢުތައް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.