ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދުގެ ހިލޭ އެހީގެ ދަށުން، މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫގައި ބިނާކުރެއްވި "މަސްޖިދުލް ތަޤްވާ" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ހުޅުއްވައިދެއްވައިފިއެވެ

"މަސްޖިދުލް ތަޤްވާ" މިސްކިތަކީ ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ބައެއް ރަށްރަށުގައި ސަރުކާރުން ހިންގަވާ ބައެއް މަޝްރޫޢުތަކުގެ ނިންމުން ފާހަގަކުރެއްވުމާއެކު ސަރުކާރުން ބައެއް ރަށްރަށުގައި ކުރިއަށް ގެންދަވާ ބޮޑެތި މަޝްރޫޢުތައް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.