ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މާޅޮސްމަޑުލު އުތުރުބުރީ މީދޫއަށް މިއަދު މެންދުރު ވަޑައިގެން އެ ރަށުގެ މަސްޖިދުލް އައްވާބީން ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުން މިސްކިތް ހުޅުއްވައިދެއްވުމަށް އެދި ދެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދެވެ. "މަސްޖިދުލް އައްވާބީން" އަކީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މިސްކިތުގައި ކުރި ޢަޞްރު ނަމާދުގެ ޖަމާޢަތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.