ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދުގެ ހިލޭ އެހީގެ ދަށުން، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ބިނާކުރެއްވި "މަސްޖިދުލް އިޚްލާސް" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ހުޅުއްވައިދެއްވައިފިއެވެ.

"މަސްޖިދުލް އިޚްލާސް" މިސްކިތަކީ، 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މި މިސްކިތުގައި ކުރި މަޣްރިބް ނަމާދުގައި ބައިވެރިވެވަޑައިގެންފައެވެ.