ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ ކަމުގެ މަޤާމަށް، ކ.މާފުށި، މުސްތަރީގެ އަލްފާޟިލް އަޙްމަދު ނަޞީރު މިއަދު އައްޔަނުކުރައްވައިފިއެވެ. ގަވަރނަރކަމަށް އައްޔަނުކުރެއްވި ކަމުގެ ލިޔުން، އަޙްމަދު ނަޞީރާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު 12 ޖެހިއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.