މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 127 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވެވި ޙަފްލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކަސްޓަމްސްއަށް 20 އަހަރު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

މިރޭގެ ޙަފްލާގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އާ ވެބްސައިޓް އަދި، އީ-ކަސްޓަމްސް ވަނީ އިފްތިތާޙުކޮށްފައެވެ. ކަސްޓަމްސްގެ އާ ވެބްސައިޓް އަދި، އީ-ކަސްޓަމްސް އިފްތިތާޙުކޮށްދެއްވާފައިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަލްފާޟިލް އިބްރާހިމް ޝަރީފް މުޙައްމަދެވެ.

މީގެ އިތުރުން ކަސްޓަމްސް އިން އަލަށް ފަރުމާކޮށްފައިވާ ކަސްޓަމްސްގެ އާ ޔުނިފޯމް ވެސް މިރޭގެ ޙަފްލާގައި އިފްތިތާޙުކުރިއެވެ. ކަސްޓަމްސްގެ އާ ޔުނިފޯމް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދެވެ.