"މިއަދު ދިވެހި ޤައުމު މިއޮތީ، އެތެރޭގެ ހަފޮޅު ގިރާކޮށް، ބައިނަލްއަޤްވާމީ މައިދާނުގައި ޤައުމީ ސަފުތައް ތަރުތީބުކޮށްފައި. ބޭރުގެ ފަންނުވެރިންނާއި މާހިރުންނާއެކު ވާދަކުރަން ނުކުމެ" ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 52 ވަނަ މިނިވަންދުވަހުގެ މުނާޞަބަތާ ގުޅިގެން މިއަދު ޤައުމާ މުޚާޠަބުކުރައްވައި ދެއްވި ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިއަދު ދިވެހިން ވާދަކުރަމުންދަނީ ބޭރުގެ ފަންނުވެރިންނާއި މާހިރުންނާއި އެއް ހަރުފަތެއްގައިކަމުން، މިނިވަންދުވަހުގެ އުފާ ޤައުމު ފާހަގަކުރަމުންދާ ދަނޑިވަޅެއްގައި އަޅުގަނޑުމެންގެ ސުވާލަކަށް ވާންޖެހޭނީ، ދުނިޔޭގެ ފެންވަރުގައި ވާދަކޮށް ޤައުމަށް ކާމިޔާބު ހޯދައިދެވޭނެ ވަރުގެ ހަކަތާއި ފަންވަރު ދިވެހިންގެ ހުރިތޯ ކުރެވޭ ސުވާލުކަމަށެވެ.