ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފް‏ގެ ދެކަނބަލުންގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރަސްމީ ޖާފަތެއް ބާއްވަވައިފިއެވެ. މި ޖާފަތް އޮތީ މިރޭ ކުރުނބާ މޯލްޑިވްސްގައެވެ.

‏މި ރަސްމީ ޖާފަތުގައި ރާއްޖޭގެ ކުރީގެ ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިނާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދާއި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ އަރިހުގައި މިދަތުރުފުޅުގައި ރާއްޖެ ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންވެސް މިޖާފަތުގައި ‏ބައިވެރިވެވަޑައިގެންނެވިއެވެ.