ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ޕާކިސްތާނުގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ބޭގަމް ކަލްސޫމް ނަވާޒް ޝަރީފާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހަވީރު މުލީއާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އިޖްތިމާޢީ ތަރައްޤީއާ ގުޅޭ އެކި ދާއިރާތަކާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ‏‏ކުރެއްވިއެވެ. މިގޮތުން، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ޙައްޤުތައް ހޯއްދަވައިދެއްވުމަށްޓަކައި ކުރެވޭ މަސައްކަތްތަކާއި، ‏‏އަންހެނުންގެ ތަރައްޤީއާ ބެހޭގޮތުން ދެބޭފުޅުން ‏‏މަޝްވަރާ ކުރެއްވިއެވެ.‏

‏ މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ އާމިނަތު ޒެނީޝާ ޝަހީދު ޒަކީއާއި، ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އަނބިކަނބަލުން ނައުރީން ޢަލީ ޝާޙް ބައިވެރިވެވަޑައިގެންނެވިއެވެ.‏